Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ސުލްހައިގެ އެއްބަސްވުމުގެ ފަހުން ޣައްޒާ ގައި 100 އަށް ވުރެ ގިނަ ކުޑަކުދިން އިޒްރޭލުން ޝަހީދު ކޮށްލައިފި

ޝަހީދުވި ކުދިންގެ ތެރޭގައި ހިމެނޭ 60 ފިރިހެން ކުދިންނާއި 40 އަންހެން ކުދިންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ކުދިންނަކީ ވެސް ވައިގެ ހަމަލާތަކާއި، ޑްރޯން ހަމަލާތަކާއި، ޓޭންކުތަކުން ދިން ހަމަލާތަކުގެ އިތުރުން، ބަޑީގެ ހަމަލާތަކާއި ކުއަޑްކޮޕްޓަރު ބޭނުންކޮށްގެން ދިން ހަމަލާތަކުގައި މަރުވި ކުދިން.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 12:05
2024 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް އަށް ދިން ހަމަލާ އެއްގައި ޝަހީދު ކޮށްލި ކުޑަކުއްޖެއްގެ ހަށިގަނޑު ހިފައިންގެ ކުއްޖާގެ މަންމަ ހިތާމަ ކުރަނީ.

2024 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް އަށް ދިން ހަމަލާ އެއްގައި ޝަހީދު ކޮށްލި ކުޑަކުއްޖެއްގެ ހަށިގަނޑު ހިފައިންގެ ކުއްޖާގެ މަންމަ ހިތާމަ ކުރަނީ. | ގެޓީ އިމޭޖަސް

އޮކްޓޫބަރު މަހުގެ ކުރީކޮޅު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް ފަހު، ޣައްޒާ ގައި 100 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށާއި، މީގެ ތެރޭގައި ޑްރޯން އަދި ކުއަޑްކޮޕްޓަރު ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކުގެ ޝިކާރައަކަށްވި ކުދިން ހިމެނޭ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ އެޖެންސީން ހާމަކޮށްފި އެވެ.

ޣައްޒާ ގައި ހުންނަވައިގެން ވީޑިއޯ މެދުވެރިކޮށް އދ.ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމުގެ ފަހުން ވެސް ޣައްޒާ ގައި 100 އަށްވުރެ ގިނަ ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

"ދިރިހުރުމުގެ ފުރުސަތު އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައި. ސުލްހައިގެ މުއްދަތުގައި ބޮން އެޅުމާއި ބަޑީގެ ހަމަލާތައް މަދުވި ނަމަވެސް، އެ ހަމަލާތައް މުޅިން ހުއްޓިފައެއް ނުވޭ،" އެލްޑާ ވިދާޅުވިއެވެ.

ޝަހީދުވި ކުދިންގެ ތެރޭގައި ހިމެނޭ 60 ފިރިހެން ކުދިންނާއި 40 އަންހެން ކުދިންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ކުދިންނަކީ ވެސް ވައިގެ ހަމަލާތަކާއި، ޑްރޯން ހަމަލާތަކާއި، ޓޭންކުތަކުން ދިން ހަމަލާތަކުގެ އިތުރުން، ބަޑީގެ ހަމަލާތަކާއި ކުއަޑްކޮޕްޓަރު ބޭނުންކޮށްގެން ދިން ހަމަލާތަކުގައި މަރުވި ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ކުދިން މަރުވެފައި ވަނީ ހަނގުރާމައިގެ ތެރޭގައި ގޮވާފައިނުވާ ބޮން ފަދަ ތަކެތި ގޮވުމުގެ ސަބަބުން ނެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އަދަދަކީ ހަމައެކަނި އެކަށީގެންވާ މައުލޫމާތު ލިބިފައިވާ މަރުތަކަށް ބިނާކޮށްފައިވާ އަދަދަކަށް ވާތީ، މިއީ އަސްލު މަރުވި ކުދިންގެ އަދަދަށްވުރެ މަދު އަދަދަކަށް ވުން ވަރަށް ގާތެވެ.

ޔުނިސެފްޖޭމްސް އެލްޑާޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

އިޒްރޭލު ފުލުހުން ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް ހައްޔަރު ކޮށްފި

11 ޖެނުއަރީ 2026
އިޒްރޭލު ފުލުހުން ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް ހައްޔަރު ކޮށްފި
09 ޖެނުއަރީ 2026

އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި

09 ޖެނުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި
04 ޖެނުއަރީ 2026

އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

04 ޖެނުއަރީ 2026
އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި
31 ޑިސެމްބަރު 2025

ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމަކުން ހާމަ ކޮށްފި

31 ޑިސެމްބަރު 2025
ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމަކުން ހާމަ ކޮށްފި
30 ޑިސެމްބަރު 2025

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު