Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރީންލޭންޑް

ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

17 ޖެނުއަރީ 2026 | ހޮނިހިރު 15:51

އެމެރިކާގެ ބާރުގެ ދަށަށް އެ ތަން ގެނައުމަށް ޑެންމާކާއި ގްރީންލޭންޑްގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް ދަނީ ދެކޮޅު ހަދަމުން.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 15:51
ޑެންމާކުގެ ކޯޕަންހޭގަންގައި ގްރީންލޭންޑްގެ ދިދަތަކާއެކު މުޒާހަރާކުރާ މީހުން އެމެރިކާގެ ސިޔާސަތާ ދެކޮޅަށް އިހުތިޖާޖު ކުރަނީ - ޖެނުއަރީ 14، 2026

ޑެންމާކުގެ ކޯޕަންހޭގަންގައި ގްރީންލޭންޑްގެ ދިދަތަކާއެކު މުޒާހަރާކުރާ މީހުން އެމެރިކާގެ ސިޔާސަތާ ދެކޮޅަށް އިހުތިޖާޖު ކުރަނީ - ޖެނުއަރީ 14، 2026 | ގެޓީ އިމޭޖަސް

ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ނުދޭ ގައުމުތަކަށް ޓެރިފްގެ ޒަރީއާ އިން އަދަބު ދިނުމަށް ވިސްނަވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ރަށް، ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވާތާ މަސްތަކެއް ވެފައިވާއިރު، އެ ނޫން ގޮތަކީ ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށް މި ހަފުތާގެ ކުރީކޮޅު އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނޭޓޯގެ މެންބަރު ގައުމެއް ކަމަށްވާ ޑެންމާކުގެ ދަށުގައި އޮންނަ އަމިއްލަ އިދާރީ ބާރުތަކެއް ލިބިފައިވާ މި ބިން އެމެރިކާ އިން ހޯދުމަކީ ގައުމީ ސަލާމަތަށް މުހިންމު ކަމެއް ކަމަށާއި، އޭގެ ސަބަބުން ދިފާއީ އިއްތިހާދު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.

ހުކުރު ދުވަހު ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، މި ރޭވުމަށް އެއްބާރުލުން ނުދޭ ގައުމުތަކަށް ޓެރިފްގެ ޒަރީއާ އިން އަދަބު ދެއްވާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ. ސިއްހީ ދާއިރާއާ ގުޅޭގޮތުން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ގްރީންލޭންޑްގެ މައްސަލައިގައި އެއްބާރުލުން ނުދޭ ގައުމުތަކަށް އަޅުގަނޑު ޓެރިފް ކުރިމަތިކުރުވަފާނަން. އެއީ ގައުމީ ސަލާމަތަށްޓަކައި އަޅުގަނޑުމެންނަށް ގްރީންލޭންޑް ބޭނުން ވާތީ،" ކަމަށެވެ. މީގެ އިތުރުން، އެމެރިކާގައި ބޭހުގެ އަގު ހެޔޮކުރުމަށްޓަކައި އެހެން ގައުމުތަކަށް މަޖުބޫރު ކުރުވުމަށް ޓެރިފް ބޭނުންކުރެއްވި ގޮތް ވެސް އޭނާ ހަނދާން އާކުރެއްވި އެވެ.

ގްރީންލޭންޑްގެ މައްސަލަ ކުރިއަށް ގެންދިއުމަށް އިމްޕޯޓް ޓެކްސް ބޭނުންކުރަން ހުށަހެޅުއްވި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް، އަމާޒުކުރާނީ ކޮން ގައުމުތަކަކަށް ކަމެއް ނުވަތަ އެކަމަށް ބޭނުން ކުރައްވާނީ ކޮން ގާނޫނީ ބާރެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ގްރީންލޭންޑަކީ ތެލާއި، ގޭސް އަދި މަދުން ނޫނީ ނުފެންނަ މައުދަނުތަކުން މުއްސަނދި ތަނެކެވެ. މީގެ އިތުރުން، އުތުރު އެމެރިކާ އާއި އާކްޓިކް ދެމެދުގައި އެ ރަށް އޮތް ސަރަހައްދުގެ ސަބަބުން، މިސައިލްތަކުގެ އިންޒާރު ކުރިއަށްދޭ ނިޒާމުތައް ގާއިމުކުރުމަށާއި ކަނޑުގެ އުޅަނދުތައް މޮނިޓަރ ކުރުމަށް އެއީ ވަރަށް މުހިންމު ތަނެކެވެ.

އެމެރިކާގެ ބާރުގެ ދަށަށް އެ ތަން ގެނައުމަށް ޑެންމާކާއި ގްރީންލޭންޑްގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ.

ސީއެންއެން އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، މި ކަމަށް ތާއީދު ކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެންމެ 25 އިންސައްތަ މީހުންނެވެ.

ގްރީންލޭންޑްރައީސް ޓްރަމްޕްއެމެރިކާޑެންމާކްޓެރިފްނޭޓޯ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2026

ޓްރަމްޕް ގްރީންލޭންޑް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި

15 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި
15 ޖެނުއަރީ 2026

ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

15 ޖެނުއަރީ 2026
ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން
15 ޖެނުއަރީ 2026

ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

15 ޖެނުއަރީ 2026
ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް
14 ޖެނުއަރީ 2026

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ޖެނުއަރީ 2026

އީރާނާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޓެރިފްގެ އިންޒާރަށް ޗައިނާ އިން ދެކޮޅުހަދައިފި

13 ޖެނުއަރީ 2026
އީރާނާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޓެރިފްގެ އިންޒާރަށް ޗައިނާ އިން ދެކޮޅުހަދައިފި
13 ޖެނުއަރީ 2026

އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

13 ޖެނުއަރީ 2026
އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި
12 ޖެނުއަރީ 2026

ޑެންމާކުގެ ބޮޑުވަޒީރު: ގްރީންލޭންޑުގެ މައްސަލަ އޮތީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު މަރުހަލާ އެއް ގައި"

12 ޖެނުއަރީ 2026
ޑެންމާކުގެ ބޮޑުވަޒީރު: ގްރީންލޭންޑުގެ މައްސަލަ އޮތީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު މަރުހަލާ އެއް ގައި"
11 ޖެނުއަރީ 2026

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

11 ޖެނުއަރީ 2026
އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް
10 ޖެނުއަރީ 2026

އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި

10 ޖެނުއަރީ 2026
އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި
10 ޖެނުއަރީ 2026

ޓްރަމްޕްގެ ބިރު ދެއްކުމާ ދެކޮޅަށް ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން ތެދުވެއްޖެ

10 ޖެނުއަރީ 2026
ޓްރަމްޕްގެ ބިރު ދެއްކުމާ ދެކޮޅަށް ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން ތެދުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް