Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގްރީންލޭންޑް

ޑެންމާކުގެ ބޮޑުވަޒީރު: ގްރީންލޭންޑުގެ މައްސަލަ އޮތީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު މަރުހަލާ އެއް ގައި"

ޖަރުމަނާއި ސްވިޑްން އާއި އިނގިރޭސިވިލާތުން ދަނީ ޑެންމާކަށް ތާއީދުކޮށް، ރަޝިޔާ އާއި ޗައިނާގެ ނުފޫޒުން ގްރީންލޭންޑް ހިމާޔަތްކުރުމަށް އާކްޓިކްގައި ނޭޓޯގެ މިޝަނެއް ފެށުމަށް ތައްޔާރުވަމުން. ގްރީންލޭންޑަކީ ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ އަމިއްލަ ދާހިލީ އިދާރީ ހިންގުމެއް އޮންނަ ސަރަހައްދެއް ނަމަވެސް، ގިނަ ރައްޔިތުން އެމެރިކާގެ ބާރުގެ ދަށަށް ދިއުމާ ދެކޮޅު.

ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 14:39
ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑެރިކްސަން

ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑެރިކްސަން | ގެޓީ އިމޭޖަސް

އާކްޓިކް ސަރަހައްދުގައި އޮންނަ ގްރީންލޭންޑް، ބާރުގެ ބޭނުންކޮށްގެން އެމެރިކާގެ ބާރުގެ ދަށަށް ގެންދާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކާ ގުޅިގެން، އެ ސަރަހައްދުގެ މުސްތަގުބަލާމެދު ގައުމަށް މިހާރު ކުރިމަތިވެފައިވަނީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު ދަނޑިވަޅެއް" ކަމަށް ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑްރިކްސަން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ބާރުތަކުން މުހިންމު ރައުސްމާލުތަކާއި ވަސީލަތްތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވޮޝިންޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކުގެ ކުރިން ވާހަކަދައްކަވަމުން ފްރެޑްރިކްސަން ވިދާޅުވީ، ގްރީންލޭންޑާ ގުޅޭގޮތުން މިހާރު "ކުރިމަތިލުމެއް" އުފެދިފައިވާ ކަމަށެވެ. ޑެންމާކުގެ އެހެން ސިޔާސީ ލީޑަރުންނާއެކު ބޭއްވި މަޝްވަރާ އެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ގްރީންލޭންޑުގެ މުސްތަގުބަލާ ގުޅޭ ކަމެއް ނޫން ކަމަށާއި، މީގެ ނަތީޖާ މުޅި ސަރަހައްދަށް ކުރާނެ ކަމަށެވެ.

ފްރެޑްރިކްސަންގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އާކްޓިކް ސަރަހައްދު ހިމެނޭހެން ކޮންމެ ތަނެއްގައި ވެސް ޑެންމާކުން ގެންގުޅޭ ހަމަތަކާއި އުސޫލުތައް ދިފާއުކުރުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށެވެ. 

ގްރީންލޭންޑަކީ ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ، ނަމަވެސް އަމިއްލަ ދާހިލީ އިދާރީ ހިންގުމެއް އޮންނަ ސަރަހައްދެކެވެ. ޓްރަމްޕްގެ މި ނިންމުމާ ދެކޮޅަށް ޖަރުމަނާއި ސްވިޑްން އިން ވެސް ވަނީ ޑެންމާކަށް ތާއީދުކޮށްފަ އެވެ.

ގްރީންލޭންޑުގެ ރައްޔިތުން ގަބޫލުވިޔަސް ނުވިޔަސް، އެމެރިކާ އިން އެތަނާ މެދު "ފިޔަވަޅެއް އަޅާނެ" ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވުމާ ގުޅިގެން، ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ވަނީ އެމެރިކާގެ އެ އިންޒާރުތައް ކުށްވެރިކުރައްވާފަ އެވެ. "ސްވިޑްން އާއި، ނޯޑިކް ގައުމުތަކާއި، ބޯލްޓިކްގެ ގައުމުތަކުގެ އިތުރުން ޔޫރަޕްގެ ބޮޑެތި ގައުމުތައް މިވަނީ ޑެންމާކާ އެކު ސާބިތުކަމާ އެކު،" ނޭޓޯގެ އިސް ޖެނެރަލުން ބައިވެރިވެވަޑައިގެންނެވި ދިފާއީ ކޮންފަރެންސެއް ގައި އޭނާ ވިދާޅުވިއެވެ.

ކްރިސްޓަސަން އިތުރަށް ވިދާޅުވީ، ގުދުރަތީ މައުދަނުން މުއްސަނދި ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެންދިއުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން އެހެން ގައުމުތަކުންވެސް މިފަދަ އަމަލުތައް ހިންގުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

ޖަރުމަނުން ވެސް ވަނީ ވޮޝިންޓަންގެ ބައްދަލުވުންތަކުގެ ކުރިން ޑެންމާކާއި ގްރީންލޭންޑަށް އޮތް ތާއީދު އާކޮށްފައެވެ. ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހަން ވެޑެފުލް ވަނީ އައިސްލޭންޑްގެ އޮފިޝަލުންނާ ބައްދަލުކުރައްވައި، އުތުރުގެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ސްޓްރެޓީޖިކް ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އާކްޓިކް ސަރަހައްދުގެ ސަލާމަތީ ކަންކަމަކީ ނޭޓޯގެ މެންބަރު ހުރިހާ ގައުމުތަކެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެކެވެ.

އިނގިރޭސިވިލާތުގެ 'ޓެލެގްރާފް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތާއި ޔޫރަޕްގެ އަސްކަރީ އިސްވެރިން ދަނީ ގްރީންލޭންޑްގައި ނޭޓޯގެ މިޝަނެއް ފެށުމަށް ތައްޔާރުވަމުންނެވެ. މީގެ މަގުސަދަކީ ރަޝިޔާ އާއި ޗައިނާގެ ނުފޫޒުން ގްރީންލޭންޑް ހިމާޔަތްކުރުމަށްޓަކައި އެ ސަރަހައްދަށް ސިފައިންނާއި، މަނަވަރުތަކާއި އަދި އަސްކަރީ ބޯޓުތައް ފޮނުވުމެވެ.

އިނގިރޭސި ޓްރާންސްޕޯޓް ސެކްރެޓަރީ ހެއިޑީ އެލެގްޒެންޑާ ވިދާޅުވި ގޮތުގައި، އާކްޓިކް ސަރަހައްދުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ނުފޫޒު ހުއްޓުވުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކަކީ އާންމުކޮށް ކުރެވެމުންދާ މަސައްކަތްތަކެކެވެ. އަދި އެ ސަރަހައްދަކީ ޖިއޯޕޮލިޓިކަލް ގޮތުން ވާދަވެރިކަން ބޮޑުވަމުންދާ ތަނަކަށް ވުމުން، ނޭޓޯގެ އެކުވެރިންނާ ގުޅިގެން ރަޝިޔާގެ އުދުވާނުތައް ހުއްޓުވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބެލްޖިއަމްގެ ޑިފެންސް މިނިސްޓަރު ތިއޯ ފްރެންކަން ވިދާޅުވީ، އެމެރިކާގެ ސަލާމަތީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ނޭޓޯ އިން އާކްޓިކް ގައި އޮޕަރޭޝަނެއް ފަށަންޖެހޭ ކަމަށެވެ. އޭނާ ލަފާދެއްވީ "އާކްޓިކް ސެންޓްރީ" ގެ ނަމުގައި، ޑްރޯން އާއި ސެންސަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ސަރަހައްދު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމަށެވެ.

ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި، އާކްޓިކް ގައި ރަޝިޔާ އާއި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާތީ، ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެކެވެ.

1953 ވަނަ އަހަރާ ހަމައަށް ޑެންމާކުގެ ކޮލޮނީއެއްގެ ގޮތުގައި އޮތް ގްރީންލޭންޑަށް، އޭގެ 26 އަހަރު ފަހުން ވަނީ އަމިއްލަ ދާހިލީ ވެރިކަމެއް ދީފައެވެ. އަދި މިހާރު ގްރީންލޭންޑުން ދަނީ ޑެންމާކާއެކު އޮތް ގުޅުން އިތުރަށް ކުޑަކޮށް، ފުރިހަމަ މިނިވަންކަމަކާ ދިމާލަށް ދިއުމަށް ވިސްނަމުންނެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ގްރީންލޭންޑްގެ ގިނަ ރައްޔިތުން އެމެރިކާގެ ބާރުގެ ދަށަށް ދިއުމާ ދެކޮޅެވެ.

ގްރީންލޭންޑްޑެންމާކްމެޓެ ފްރެޑެރިކްސަންނޭޓޯއާކްޓިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ބިރު ދެއްކުމާ ދެކޮޅަށް ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން ތެދުވެއްޖެ

ޓްރަމްޕްގެ ބިރު ދެއްކުމާ ދެކޮޅަށް ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން ތެދުވެއްޖެ

10 ޖެނުއަރީ 2026
ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

08 ޖެނުއަރީ 2026
ވިލާތުން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް! "ގްރީންލޭންޑް ހިފައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން"

ވިލާތުން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް! "ގްރީންލޭންޑް ހިފައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން"

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު