Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގްރީންލޭންޑް

ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

ބުދަ ދުވަހު އޯވަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރަމްޕް ވަނީ، އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި ގްރީންލޭންޑްގެ މިލްކުވެރިކަން ބޭނުންވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 05:53
ގްރީންލޭންޑް ގެ ވެރިރަށް ނޫކް

ގްރީންލޭންޑް ގެ ވެރިރަށް ނޫކް | ގެޓީ އިމޭޖަސް

ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ހުންނެވި ކަމަށް ބުނެފި އެވެ.

ވޮޝިންގޓަނުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް، ޑެންމާކާއި ގްރީންލޭންޑްގެ ޚާރިޖީ ވަޒީރުން އެމެރިކާ އަށް ވަނީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.

ނަމަވެސް، ބުދަ ދުވަހު ބޭއްވުނު މި ބައްދަލުވުންތަކަށްފަހު އެނގިގެން ދިޔައީ، ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ އަމިއްލަ ދާޚިލީ މިނިވަންކަން ލިބިފައިވާ ގްރީންލޭންޑް ހޯދުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްޕުޅު ހުއްޓުވުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމެވެ.

ޑެންމާކުގެ ފޮރިން މިނިސްޓަރު ލާރސް ލޮކް ރަސްމުސެން އާއި ގްރީންލޭންޑްގެ ފޮރިން މިނިސްޓަރު ވިވިއަން މޮޓްޒްފެލްޑްޓް (ކ) ވޮޝިންގޓަނުގައި ހުންނަ ޑެންމާކުގެ އެމްބަސީގައި މީޑިއާއާ ވާހަކަ ދައްކަވަނީ ޖެނުއަރީ 14، 2026.

ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑެންމާކުގެ ޚާރިޖީ ވަޒީރު ލާސް ލޮކޭ ރަސްމުސެން ވިދާޅުވީ، އެމެރިކާގެ ވިސްނުން ބަދަލުކުރުމަށް ކުރި މަސައްކަތުން ނަތީޖާއެއް ނުފެނުނު ކަމަށެވެ. އަދި ރައީސް ޓްރަމްޕްގެ ބޭނުންފުޅަކީ ގްރީންލޭންޑްގެ މައްޗަށް ވެރިވެގަތުން ނުވަތަ އެ ބިން ހިފުން ކަމަށް ވަރަށް ސާފުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރަސްމުސެން އާއި ގްރީންލޭންޑްގެ ޚާރިޖީ ވަޒީރު ވިވިއަން މޮޓްޒްފެލްޑް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ނައިބު ރައީސް ޖޭ.ޑީ ވޭންސްއާ ބައްދަލުކުރެއްވީ ގްރީންލޭންޑާ މެދު އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯދުމުގެ އުންމީދުގަ އެވެ.

ނަމަވެސް، މި ބައްދަލުވުމުގައި މައިގަނޑު ޚިޔާލުތަފާތުވުންތަކަށް އެދެވޭ ހައްލެއް ނުލިބުނެވެ. އޭގެ ބަދަލުގައި، ދެ ފަރާތުގެ އޮފިޝަލުން ނިންމެވީ ގްރީންލޭންޑްގެ ކޮންޓްރޯލާއި އާކްޓިކް ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް "ވާކިންގ ގްރޫޕް" އެއް އެކުލަވާލުމަށެވެ.

ރަސްމުސެން ވިދާޅުވި ގޮތުގައި، މި ގްރޫޕުގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނީ ޑެންމާކުގެ އިސްތިޤްލާލަށް އުނިކަން ނާންނާނެހެން، އެމެރިކާގެ ސަލާމަތީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމެވެ.

ގްރީންލޭންޑްގެ ވަޒީރު މޮޓްޒްފެލްޑް ވިދާޅުވީ، އެމެރިކާއާ އެކު ގުޅިގެން މަސައްކަތް ކުރަން ބޭނުންވި ނަމަވެސް، އޭގެ މާނައަކީ ގްރީންލޭންޑަކީ އެމެރިކާގެ މިލްކަކަށް ވުން ނޫން ކަމަށެވެ. އެމެރިކާ ގައި ހުންނަ ގްރީންލޭންޑްގެ މަންދޫބުންގެ އޮފީހުން ވެސް ވަނީ އެ ގައުމުގެ އަސްލު ވަޒަންވެރިން ކަމަށްވާ "ކަލާލިޓް" މީހުންގެ ބަސް، ގްރީންލޭންޑާ ގުޅޭ ކޮންމެ ނިންމުމެއްގައި ވެސް ހިމަނަންޖެހޭނެ ކަމަށް ބުނެފަ އެވެ.

އާކްޓިކް ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ ނުފޫޒު ގަދަވަމުންދާތީ، އެމެރިކާ އާ އެކު ސަލާމަތީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރަން ޔޫރަޕްގެ ގައުމުތަކުން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް، މި ހުށަހެޅުންތަކުން ވެސް ޓްރަމްޕްގެ ވިސްނުންފުޅަށް ބަދަލެއް ނައެވެ. އޭނާ އަދިވެސް ހުންނެވީ އެ ސަރަހައްދުގެ މިލްކުވެރިކަން ހޯއްދެވުމުގެ އަޒުމުގައެވެ.

ބުދަ ދުވަހު އޯވަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރަމްޕް ވަނީ، އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި ގްރީންލޭންޑްގެ މިލްކުވެރިކަން ބޭނުންވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި ބޭރުގެ ހަމަލާއަކުން ދިފާއުވުމުގެ ގާބިލުކަން ޑެންމާކުގެ ކިބައިގައި ހުރިތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"ރަޝިޔާ ނުވަތަ ޗައިނާ އިން ގްރީންލޭންޑަށް އަރައިގަންނަން ބޭނުންވެއްޖެ ނަމަ، އެކަން ހުއްޓުވަން ޑެންމާކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެކަމަކު އަހަރެމެންނަށް އެކަން ކުރެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، ޑެންމާކާ އެކު ބަދަހި ގުޅުމެއް އޮންނަ ކަމަށާއި، ބުދަ ދުވަހުގެ ބައްދަލުވުންތަކުގެ ތަފްސީލު ފަހުން އޮޅުންފިލުއްވާނެ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގްރީންލޭންޑްޑެންމާކްއެމެރިކާ-ޑެންމާކްލާސް ލޮކޭ ރަސްމުސެން

ކޮމެންޓް

އިތުރަށް ކިޔާލަން

75 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ ވިސާ ވަކި މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމައިފި

75 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ ވިސާ ވަކި މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމައިފި

14 ޖެނުއަރީ 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

14 ޖެނުއަރީ 2026
ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު