Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވްލަޑިމިއަރ ޕުޓިން

ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

ކްރެމްލިންގައި ސަފީރުންނާ މުޚާޠަބުކޮށް ވާހަކަދައްކަވަމުން ބާރު ބޭނުންކޮށްގެން އެހެން ޤައުމުތަކަށް އަމުރު ކޮށް ފާޑުކިޔުމުގެ ބަދަލުގައި ދުނިޔޭގެ ބާރުތައް އެކި ފަރާތްތަކަށް ބެހިފައި އޮންނަން ޖެހޭ ކަމަށް ވިދާޅުވި.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 18:27
ރަޝިޔާގެ ރައީސް ވުލަޑިމިއާ ޕުޓިން

ރަޝިޔާގެ ރައީސް ވުލަޑިމިއާ ޕުޓިން | އޭޕީ ފޮޓޯ

ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ނުރައްކާވަމުންދާ ކަމަށާއި، ދުނިޔެ އަކީ ކުރިއަށްވުރެ ނުރައްކާތެރި ތަނަކަށް ވަމުންދާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ނުފޫޒުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މަޤާމުން ދުރުކުރުމަށް ކުރި މަސައްކަތްތަކާއި، އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ އިތުރުން، ގްރީންލޭންޑާ ގުޅޭގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކާ ގުޅިގެން ޕުޓިން އަދިވެސް އާންމުކޮށް އެއްވެސް ބަހެއް ވިދާޅުވެފަ އެއް ނުވެއެވެ.

ޕުޓިން ހިނިތުންވުމާއެކު ވިދާޅުވީ، "ބައިނަލްއަޤުވާމީ މަސްރަޙުގެ ޙާލަތު ދަނީ އިންތިހާ އަށް ގޯސްވަމުން. މިއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫން. ދުވަސްވީ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވަމުންދާ އިރު، އައު ނުރައްކާތެރި މައްސަލަތައް ދަނީ ފެންމަތިވަމުން."

މިއަހަރުގެ ތެރޭގައި ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ޕުޓިން ދެއްވި ފުރަތަމަ ރަސްމީ ތަޤުރީރުގައި، ކްރެމްލިންގައި އަލަށް އައްޔަންކުރެވުނު ސަފީރުންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން، އެމެރިކާ ނުވަތަ ޓްރަމްޕްގެ ނަން ސީދާ ގޮތެއްގައި ބޭނުންފުޅެއް ނުކުރައްވަ އެވެ.

"އަޅުގަނޑުމެންނަށް މި އިވެނީ، ބާރުގެ ބޭނުންކޮށްގެން އެހެން މީހުންނަށް އަމުރުތައް ނެރެ، އެ މީހުންގެ ބާރު އެހެން ޤައުމުތަކުގެ މައްޗަށް ހިންގުމަކީ ހުއްދަ ކަމެއް ކަމަށް ދެކޭ ބައެއްގެ އަޑު،" ޕޫޓިން ވިދާޅުވިއެވެ. "ރަޝިޔާއިން އިޚްލާޞްތެރިކަމާއެކު ވަކާލާތު ކުރަނީ ދުނިޔޭގެ ބާރުތައް އެކި ފަރާތްތަކަށް ބެހިފައި އޮންނަ ނިޒާމަކަށް."

މީގެ އިތުރުން، ޔޫރަޕްގެ ސަލާމަތީ އޮނިގަނޑު އައު ކުރުމަށް ރަޝިޔާ އިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު މަޝްވަރާ ކުރުމަށް ޕޫޓިން ބާރުއެޅުއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، "މިކަމުގެ މުހިންމުކަން މިއަދު ނޫނީ މާދަމާ ވެސް އެންމެން ބަލައިގަންނާނެ ކަމަށް އުންމީދު ކުރަން. އެހިސާބަށް ދަންދެން ރަޝިޔާ އިން ދާނީ ސާބިތުކަމާއެކު އެޤައުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރަމުން."

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕް ގައި ހިނގަމުންދާ އެންމެ ނުރައްކާތެރި ހަނގުރާމަ ކަމަށްވާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، 1962 ވަނަ އަހަރުގެ ކިއުބާގެ މިސައިލް ކްރައިސިސްއަށް ފަހު ރަޝިޔާ އާއި ހުޅަނގުގެ ޤައުމުތަކާ ދެމެދު އުފެދުނު އެންމެ ބޮޑު ކުރިމަތިލުން މިހާރު ވަނީ އުފެދިފަ އެވެ.

ވްލަޑިމިއަރ ޕުޓިންނިކޮލަސް މަދޫރޯވެނެޒުއޭލާގްރީންލޭންޑްޔުކްރެއިން

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2026

ސުލްޙަ އަށް ހުރަސް އަޅަނީ ޔޫކްރެއިން އިން، ރަޝިޔާާ އަކުން ނޫން: ޓްރަމްޕް

15 ޖެނުއަރީ 2026
ސުލްޙަ އަށް ހުރަސް އަޅަނީ ޔޫކްރެއިން އިން، ރަޝިޔާާ އަކުން ނޫން: ޓްރަމްޕް
15 ޖެނުއަރީ 2026

އެމެރިކާ އިން ވެނެޒުއޭލާގެ ތެޔޮ ރަސްމީކޮށް ވިއްކަން ފަށައިފި

15 ޖެނުއަރީ 2026
 އެމެރިކާ އިން ވެނެޒުއޭލާގެ ތެޔޮ ރަސްމީކޮށް ވިއްކަން ފަށައިފި
15 ޖެނުއަރީ 2026

ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

15 ޖެނުއަރީ 2026
ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް
13 ޖެނުއަރީ 2026

"ލަދުކުޑަ" އެމެރިކާ އިން ގެންދަނީ އދ. ގެ އަގު ވައްޓާލަމުން: އުތުރު ކޮރެއާ

13 ޖެނުއަރީ 2026
"ލަދުކުޑަ" އެމެރިކާ އިން ގެންދަނީ އދ. ގެ އަގު ވައްޓާލަމުން: އުތުރު ކޮރެއާ
13 ޖެނުއަރީ 2026

ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

13 ޖެނުއަރީ 2026
ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު