Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރީންލޭންޑް

ޓްރަމްޕްގެ ބިރު ދެއްކުމާ ދެކޮޅަށް ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން ތެދުވެއްޖެ

10 ޖެނުއަރީ 2026 | ހޮނިހިރު 09:18

"އަހަރެމެންގެ ގައުމުގެ މުސްތަގުބަލު ނިންމާނީ އަހަރެމެން އަމިއްލަ އަށް،" ކަމަށް ގްރީންލޭންޑްގެ ފަސް ސިޔާސީ ޕާޓީން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައިވޭ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 09:18
ގްރީންލޭންޑްގެ ބޮޑުވަޒީރު އަދި ޑިމޮކްރަޓިޓް ޕާޓީގެ ލީޑަރު ޖެންސް-ފްރެޑެރިކް ނިއެލްސަން (މ)، ގްރީންލޭންޑް ޕާލަމެންޓް ގެ ކުރިމަތީގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން - އޭޕްރީލް 7، 2025

ގްރީންލޭންޑްގެ ބޮޑުވަޒީރު އަދި ޑިމޮކްރަޓިޓް ޕާޓީގެ ލީޑަރު ޖެންސް-ފްރެޑެރިކް ނިއެލްސަން (މ)، ގްރީންލޭންޑް ޕާލަމެންޓް ގެ ކުރިމަތީގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން - އޭޕްރީލް 7، 2025 | ގެޓީ އިމޭޖަސް

އެމެރިކާގެ ބާރުގެ ދަށަށް ގްރީންލޭންޑް ގެންދިއުމަށްޓަކައި އަސްކަރީ ބާރުގެ ބޭނުންކޮށްފާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކާ ގުޅިގެން، ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން އެކަމާ ދެކޮޅަށް ތެދުވެއްޖެ އެވެ.

ގްރީންލޭންޑަކީ ގުދުރަތީ މައުދަނުން މުއްސަނދި، ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ އަމިއްލަ ދާޚިލީ ބާރުތައް ލިބިފައިވާ ސަރަހައްދެކެވެ. 

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ގްރީންލޭންޑްގެ ރައްޔިތުން ގަބޫލުވިޔަސް ނުވިޔަސް، އެމެރިކާ އިން އެ ގައުމާ މެދު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން މުޅި ދުނިޔޭގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފަ އެވެ.

ގްރީންލޭންޑް ބައްލަވައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، އަސްކަރީ ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމަށް ވައިޓް ހައުސް އިން ބުނުމާ ގުޅިގެން، ވިލާތުގެ ގައުމުތަކުން ދަނީ މިކަމާ މެދު ގުޅިފައިވާ ރައްދެއް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ގްރީންލޭންޑުގެ ޕާލަމެންޓުގައި ހިމެނޭ ފަސް ޕާޓީއެއްގެ ލީޑަރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ބޭފުޅުން ބޭނުން ވަނީ އެމެރިކާގެ ނުވަތަ ޑެންމާކުގެ ބާރުގެ ދަށުގައި ތިބުމުގެ ބަދަލުގައި، މިނިވަން "ގްރީންލޭންޑަރުން" ގެ ގޮތުގައި ދެމިތިބުމަށެވެ. އަދި ގައުމުގެ މުސްތަގުބަލު ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނީ ހަމައެކަނި އެ ގައުމުގެ ރައްޔިތުންނަށް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"އެހެން އެއްވެސް ގައުމަކަށް މިކަމުގެ ތެރެއަށް ނުފޫޒެއް ނުފޯރުވޭނެ. އަވަސް އަރުވާލައިގެން ގޮތް ނިންމުމަށް މަޖުބޫރުކުރުމެއް ނެތި، އަދި އެހެން ގައުމުތަކުގެ ބިރުދެއްކުމެއް ނެތި، އަހަރެމެންގެ ގައުމުގެ މުސްތަގުބަލު ނިންމާނީ އަހަރެމެން އަމިއްލަ އަށް،" އެ ބަޔާނުގައި ބާރުއަޅުއްވައި ވިދާޅުވެފައިވެއެވެ.

ގްރީންލޭންޑަކީ އުތުރު އެމެރިކާ އާއި އާކްޓިކް ސަރަހައްދާ ދެމެދު އޮންނަ، ސްޓްރެޓީޖިކް ގޮތުން މުހިންމު ރަށެކެވެ. ދެވަނަ ބޮޑު ހަނގުރާމައިން ފެށިގެން އެމެރިކާގެ އަސްކަރީ މަރުކަޒެއް އެތަނުގައި ގާއިމުކޮށްފައިވެ އެވެ. ޓްރަމްޕްގެ މި އިންޒާރުތަކުގެ ސަބަބުން ޑެންމާކާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި، އާކްޓިކް ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާތީ، ގްރީންލޭންޑްގެ ކޮންޓްރޯލް ހޯދުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

"އަހަރެމެން ރަޝިޔާ ނުވަތަ ޗައިނާ އިން ގްރީންލޭންޑް ހިފިޔަކަ ނުދޭނަން. އަހަރެމެން ފިޔަވަޅެއް ނާޅައިފި ނަމަ އެމީހުން އެކަން ކުރާނެ. އެހެންކަމުން، ފަސޭހަ ގޮތުގައި ނުވަތަ އުނދަގޫ ގޮތަކުން ވިޔަސް ގްރީންލޭންޑާ މެދު ގޮތެއް ނިންމާނަން،" އެމެރިކާގެ ރައީސް ވިދާޅުވި އެވެ.

ގްރީންލޭންޑްޑެންމާކްއެމެރިކާ-ގްރީންލޭންޑް

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
09 ޖެނުއަރީ 2026

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް
08 ޖެނުއަރީ 2026

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

08 ޖެނުއަރީ 2026
ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!
07 ޖެނުއަރީ 2026

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން
07 ޖެނުއަރީ 2026

ގްރީންލޭންޑް އެމެރިކާގެ މިލްކުވެރިކަމުގެ ދަށަށް ގެންނަން އަސްކަރީ ބާރުގެ ބޭނުން ޓްރަމްޕް ކުރައްވާފާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި

07 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ މިލްކުވެރިކަމުގެ ދަށަށް ގެންނަން އަސްކަރީ ބާރުގެ ބޭނުން ޓްރަމްޕް ކުރައްވާފާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި
06 ޖެނުއަރީ 2026

އެމެރިކާ އިން ގްރީންލޭންޑް ހިފުމަށް އެއްވެސް މަސައްކަތެއް ކޮށްފި ނަމަ ނޭޓޯ ނިމުމަކަށް އަންނާނެ: ޑެންމާކުގެ ބޮޑު ވަޒީރު

06 ޖެނުއަރީ 2026
އެމެރިކާ އިން ގްރީންލޭންޑް ހިފުމަށް އެއްވެސް މަސައްކަތެއް ކޮށްފި ނަމަ ނޭޓޯ ނިމުމަކަށް އަންނާނެ: ޑެންމާކުގެ ބޮޑު ވަޒީރު
05 ޖެނުއަރީ 2026

ގްރީންލޭންޑަށް އަމާޒުކޮށް ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރުތައް ހުއްޓާލުމަށް ޑެންމާކުގެ ބޮޑުވަޒީރު ގޮވާލައްވައިފި

05 ޖެނުއަރީ 2026
ގްރީންލޭންޑަށް އަމާޒުކޮށް ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރުތައް ހުއްޓާލުމަށް ޑެންމާކުގެ ބޮޑުވަޒީރު ގޮވާލައްވައިފި
30 އޯގަސްޓު 2025

އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ

30 އޯގަސްޓު 2025
އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ
19 ނޮވެމްބަރު 2024

ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި

19 ނޮވެމްބަރު 2024
ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި
13 އޮކްޓޯބަރު 2024

ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް

13 އޮކްޓޯބަރު 2024
ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް