Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގްރީންލޭންޑް

ޓްރަމްޕް ގްރީންލޭންޑް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި

ފްރާންސް ގެ ރައީސް މެކްރޮން ވިދާޅުވީ، ގްރީންލޭންޑަކީ ވިލާތުގެ އިއްތިހާދުގެ ބައެއް ކަމަށްވެފައި، އެއީ ނޭޓޯގެ ބައިވެރިއަކަށް ވާތީ، އެ ސަރަހައްދު ހިމާޔަތްކުރުމަކީ ވިލާތުގެ ގައުމުތަކުގެ ޒިންމާ އެއް ކަމަށް.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 19:32
ޑެނިޝް އެއަރފޯސް ގެ ބޯޓެއް ގްރީންލޭންޑަށް ސިފައިންނާ އެކު ޖައްސާފައި

ޑެނިޝް އެއަރފޯސް ގެ ބޯޓެއް ގްރީންލޭންޑަށް ސިފައިންނާ އެކު ޖައްސާފައި | ރޮއިޓަސް

އެމެރިކާ އިން ގްރީންލޭންޑް ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވަމުން ދަނިކޮށް، ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި އެވެ.

ގްރީންލޭންޑުގެ ވެރިރަށް ނޫކް އަށް ފްރާންސުގެ އަސްކަރީ ފައުޖެއް ގޮސްފައިވާ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. މިއީ "ރިކޮނައިސަންސް" ނުވަތަ މައުލޫމާތު އެއްކުރުމުގެ މިޝަނެއްގެ ދަށުން ވިލާތުގެ ބައެއް ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޑެންމާކުގެ ސަރަހައްދެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދަވާ ދަނިކޮށް، އެތަނަށް ފޮނުވި ފައުޖުގައި ފްރާންސުގެ އިތުރުން ޖަރުމަނު، ސުވިޑަން، ނޯވޭ، ފިންލޭންޑް، ނެދަލޭންޑްސް އަދި އިނގިރޭސިވިލާތުގެ މަދު އަދަދެއްގެ ސިފައިން ހިމެނިފައިވެ އެވެ.

ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ، މިހާރު ފޮނުވާފައިވާ ފައުޖު ވަރުގަދަކުރުމުގެ ގޮތުން އެއްގަމާއި، ވައިގެ އަދި ކަނޑުގެ އަސްކަރީ ވަސީލަތްތައް ކުރިއަށް އޮތް ތަނުގައި ފޮނުއްވާނެ ކަމަށެވެ.

ސީނިއާ ޑިޕްލޮމެޓެއް ކަމަށްވާ އޮލިވިއޭ ޕޮއިވްރޭ ޑި އާވޯ ފާހަގަކުރެއްވި ގޮތުގައި، މިއީ ސިޔާސީ ގޮތުން ވަރުގަދަ މެސެޖެއް ދިނުމަށް ކުރާ ކަމެކެވެ. އޭނާ ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި، ނޭޓޯގެ ބާރު އެ ސަރަހައްދުގައި އޮތްކަން އެމެރިކާ އަށް ދައްކައިދޭނެ ކަމަށެވެ. ފްރާންސުން ފޮނުވި ފުރަތަމަ ފައުޖުގައި 15 މީހުން ހިމެނެ އެވެ. މިއީ ޑެންމާކާއި ގްރީންލޭންޑުގެ ފޮރިން މިނިސްޓަރުން ވޮޝިންޓަނަށް ވަޑައިގެން އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް އާ ބައްދަލުކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހިނގި ކަމެކެވެ.

އެ ބައްދަލުވުމަށްފަހު ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކޭ ރަސްމުސެން ވިދާޅުވީ، މަޝްވަރާތައް ބިނާކުރަނިވި ނަމަވެސް، ދެ ފަރާތުގެ މެދުގައި "އަސާސީ ޚިޔާލުތަފާތުވުންތަކެއް" އެބަހުރި ކަމަށެވެ. އަދި ފަހުން އޭނާ ވަނީ ގްރީންލޭންޑް ގަތުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ޓްރަމްޕް ވަނީ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި ގްރީންލޭންޑް ބޭނުންވާ ކަމަށެވެ. އަދި ރަޝިޔާ ނުވަތަ ޗައިނާއިން އެ ރަށް ހިފަން އުޅުނަސް ޑެންމާކަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި، ނަމަވެސް އެމެރިކާ އަށް އެކަން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް އިންޒާރު ދެއްވި ގޮތުގައި، އެމެރިކާ އިން ގްރީންލޭންޑަށް އަސްކަރީ ގޮތުން އަތްގަދަކޮށްފި ނަމަ، އެއީ ސިޔާސީ ބޮޑު ކާރިސާއަކަށް ވާނެއެވެ. ނޭޓޯގެ މެންބަރު ގައުމަކުން އަނެއް މެންބަރު ގައުމެއްގެ ސަރަހައްދެއް ހިފުމަކީ ދުނިޔޭގެ ސަލާމަތީ ނިޒާމު ފުނޑުފުނޑުވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބެލްޖިއަމް ގައި ހުންނަ ރަޝިޔާގެ އެމްބަސީން ވަނީ އާކްޓިކް ސަރަހައްދުގައި ހިނގަމުންދާ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމްބަސީން ތުހުމަތުކުރި ގޮތުގައި ނޭޓޯ އިން އެ ސަރަހައްދުގައި އަސްކަރީ ބާރު ގަދަކުރަނީ ރަޝިޔާ އާއި ޗައިނާގެ ނުރައްކާ އޮތް ކަމަށް ބުނެ ދޮގު ބަހަނާތަކެއް ދައްކައިގެންނެވެ.

ވިލާތުގެ ގައުމުތަކުން ފޮނުވި ސިފައިންނަކީ ޑެންމާކުން އިސްވެ އޮވެ ހިންގާ "އޮޕަރޭޝަން އާކްޓިކް އެންޑިއުރެންސް" ގެ ބައެއް ކަމަށް ބުނެފައިވެ އެވެ. މިއީ ރަމްޒީ ގޮތުން މުހިންމު ހަރަކާތެއް ނަމަވެސް، މި ފައުޖުތައް އެތަނުގައި ތިބޭނީ ކިހާ ދުވަހަކަށް ކަމެއް ސާފެއް ނޫނެވެ.

ޖަރުމަނުން ވަނީ 13 ސިފައިންނާއެކު އޭ400އެމް މަރުކާގެ މަތިންދާބޯޓެއް ނޫކްއަށް ފޮނުވާފައެވެ. ނަމަވެސް އެ މީހުން އެތަނުގައި މަޑުކުރާނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކަމަށް ވަނީ ބުނެފަ އެވެ.

ޑެންމާކުގެ އަސްކަރީ އޮފިޝަލުން ވިދާޅުވީ، ގްރީންލޭންޑުގެ ސަރުކާރާ ގުޅިގެން އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުކުރުމަށް ނިންމާފައިވަނީ، އާކްޓިކް ސަރަހައްދުގައި ނޭޓޯގެ ބާރު ވަރުގަދަކޮށް، ވިލާތާއި އެޓްލާންޓިކް ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށެވެ.

ފްރާންސުގެ އަސްކަރިއްޔާ އާ މުޚާތަބުކުރައްވައި ދެއްވި އައު އަހަރުގެ މެސެޖުގައި ރައީސް މެކްރޮން ވިދާޅުވީ، ގްރީންލޭންޑަކީ ވިލާތުގެ އިއްތިހާދުގެ ބައެއް ކަމަށްވެފައި، އެއީ ނޭޓޯގެ ބައިވެރިއަކަށް ވާތީ، އެ ސަރަހައްދު ހިމާޔަތްކުރުމަކީ ވިލާތުގެ ގައުމުތަކުގެ ޒިންމާ އެއް ކަމަށެވެ.

ފިންލޭންޑުން ވެސް ވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ދެ އޮފިސަރަކު މި މިޝަންގެ ތެރެއިން މައުލޫމާތު އެއްކުރުމަށް ފޮނުވާފަ އެވެ. ފިންލޭންޑުގެ ޑިފެންސް މިނިސްޓްރީގެ ޕޮލިސީ ޑިޕާޓްމަންޓުގެ ވެރިޔާ ޔާން ކޫސޭލާ ބީބީސީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ވަގުތު އެއްވެސް ކަމެއް ނުކުރާނެ ކަމަށް ނިންމާފައި ނުވާ ކަމަށާއި، ނަމަވެސް ވަކި ޚާއްޞަ ކަމެއް ކުރުމަށް ވެސް އަދި ރާވާފައި ނުވާ ކަމަށެވެ.

ފިންލޭންޑަކީ ވެސް އާކްޓިކް ސަރަހައްދުގެ ގައުމަކަށް ވާއިރު، ކޫސޭލާ ފާހަގަކުރެއްވި ގޮތުގައި މި ހަރަކާތުގެ މަގްސަދަކީ ގްރީންލޭންޑުގައި ނޭޓޯގެ ބާރު އޮތް މިންވަރާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި، އެ ސަރަހައްދުގެ ދިފާއީ ކަންކަން ވަރުގަދަކުރުމެވެ.

މަސްދަރު: ބީބީސީ

ގްރީންލޭންޑްނޭޓޯޑެންމާކްއެމެރިކާ-ޑެންމާކް

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

15 ޖެނުއަރީ 2026
ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

15 ޖެނުއަރީ 2026
ޑެންމާކުގެ ބޮޑުވަޒީރު: ގްރީންލޭންޑުގެ މައްސަލަ އޮތީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު މަރުހަލާ އެއް ގައި"

ޑެންމާކުގެ ބޮޑުވަޒީރު: ގްރީންލޭންޑުގެ މައްސަލަ އޮތީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު މަރުހަލާ އެއް ގައި"

12 ޖެނުއަރީ 2026
ޓްރަމްޕްގެ ބިރު ދެއްކުމާ ދެކޮޅަށް ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން ތެދުވެއްޖެ

ޓްރަމްޕްގެ ބިރު ދެއްކުމާ ދެކޮޅަށް ގްރީންލޭންޑުގެ ސިޔާސީ ޕާޓީތަކުން ތެދުވެއްޖެ

10 ޖެނުއަރީ 2026
ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު