Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ. ވެލިދޫ

ހައިމާކު ދަތްގަނޑު ދެ ފަހަރަކު ޖައްސާލި ގޮތަށް، ވެލިދޫ ބަނދަރު ގެ މަސައްކަތް ހުއްޓިފަ

މިދިޔަ އަހަރު ރައީސް މުއިއްޒު ވެލިދޫ އަށް ވަޑައިގަތުމުން ރައްޔިތުން ހުށަހެޅި ޕެޓިޝަންގެ ޖަވާބެއް އަދިވެސް ނުލިބޭ ކަމަށާއި ވެލިދޫ ގައި ތަރައްގީގެ މަޝްރޫޢުތައް އެކަށީގެންވާ ގޮތަށް ނުހިނގާކަން ރައްޔިތުން ފާހަގަކުރޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 13:59
ރަށެއްގެ ފަޅު ފުންކުރުމުގެ މަސައްކަތުގައި ހައިމާކެއް ހަރަކާތްތެރިވަނީ

ރަށެއްގެ ފަޅު ފުންކުރުމުގެ މަސައްކަތުގައި ހައިމާކެއް ހަރަކާތްތެރިވަނީ | އެމްޓީސީސީ

ނ. ވެލިދޫ ބަނދަރު ގެ ދެކޮޅުން ކުޑަ ތަންކޮޅެއް ކޮނެލުމަށް ފަހު، އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ނުގޮސް ހުއްޓިފަ ވާކަމަށް ވެލިދޫ ކައުންސިލް މެމްބަރު ޙާފިޡާ އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ވެލިދޫ ބަނދަރުގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ޙާފިޡާ ވިދާޅުވީ، ބަނދަރު މިހާރު އޮންނަ ގޮތުން ހާއްސަކޮށް އިރުވައި މޫސުމުގައި އޮޑިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ. ވެލިދޫ ބަނދަރަކީ ފުދޭވަރަކަށް ގިނަ އޮޑިދޯނި ފަހަރު ވަދެ ނިކުމެ ހަދާ ބަނދަރެއް ކަމަށާއި، ވެލިދޫ އޮންނަ ލޮކޭޝަންގެ ސަބަބުން މާލެ ދަތުރު ކުރާ ބޯޓުތަކުން ވެސް މޫސުން ގޯސްވެއްޖެ ނަމަ، ރޭގަނޑު މަޑުކުރުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ވެސް ވެލިދޫ ބަނދަރުގައި އާންމު ގޮތެއްގައި މަޑުކުރާކަމަށް ޙާފިޡާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ޙާފިޡާ ވިދާޅުވީ ވެލިދޫ އަކީ ގިނަ ސަފާރީ އުޅަނދުތަކެއް ވެސް އޮންނަ ރަށަކަށް ވުމުން މި ބަނދަރުގެ މުހިންމުކަން އިތުރުވާ ކަމަށެވެ.  ނަމަވެސް ބަނދަރު މިހާރު އޮންނަ ގޮތުން ގޮތުން އިރުވައި މޫސުމުގައި އޮއިދައުރު ކުރާ ގޮތުން އޮޑިދޯނި ފަހަރަށް ގިނަ ގެއްލުންތަކެއް ލިބޭ ކަމަށް ޙާފިޡާ ފާހަގަކުރެއްވި އެވެ. ވެލިދޫ ބަދަރަކީ އިރުމަތި ފަރާތުގައި އޮންނަ ބަނދަރަކަށް ވުމުން، އިރުވައި މޫސުމުގައި  އޮޑިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި އެބަހުރިކަމަށް ވެސް ޙާފިޡާ ފާހަގަކުރެއްވި އެވެ. 

ކައުންސިލުން ރިކުއެސްޓް ކޮށްގެން ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށިކަމަށާއި، ނަމަވެސް މިހާރު މި މަސައްކަތް ކުރިޔަށް ނުގޮސް ހުއްޓިފައި މި އޮތީ ކީއްވެކަމެއް އެއްވެސް ގޮތަކަށް ނޭނގޭކަމަށް ޙާފިޡާ ވިދާޅުވި އެވެ. މި ސަރުކާރުން ވެލިދޫގައި ފެށި އެހެން މަސައްކަތްތަކެކޭ އެއްގޮތަށް ބަނދަރުގެ މަސައްކަތް ވެސް މި އޮތީ ހުއްޓިފައި ކަމަށާއި، މަސައްކަތް ހުއްޓިފައި އޮއްވައި އަނެއްކާ މި އޮތީ މި އަހަރުގެ އިރުވައި މޫސުން ކުރިމަތިވެފައިކަމަށް ހާފިޡާ ވިދާޅުވި އެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެލިދޫ އަށް ވަޑައިގަތުމުން ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ސޮއިކޮށް ޕެޓިޝަނެއް ވެސް ހުށަހެޅިކަމަށާއި، އޭގެ ފަހުން އެތަކެއް މަހެއް ފާއިތުވެގެން ދިޔަ އިރުވެސް އެ ޕެޓިޝަންގެ ޖަވާބެއް އަދި ކައުންސިލަށް ނުލިބޭ ކަމަށް ޙާފިޡާ ވިދާޅުވި އެވެ.  

މިދިޔަ އަހަރު ރައީސް މުއިއްޒު ވެލިދޫ އަށް ވަޑައިގަތުމުން ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ސޮއި ކޮށް ޕެޓީޝަނެއް ވެސް ހުށަހެޅި. އޭގެ ފަހުން އެތަކެއް މަހެއް ފާއިތުވެގެން ދިޔަ އިރުވެސް އެ ޕެޓިޝަން ގެ ޖަވާބެއް އަދި ކައުންސިލަށް ނުލިބޭ. ރައީސް ވިދާޅުވި ބަނދަރު ގެ ކަން ކަން ހައްލު ކޮށްދޭން. އެހެން ނަމަވެސް އަދިވެސް މި ބަނދަރު އޮތް ގޮތް ފެންނަން މި އޮތީ. މިކަން މިހެން އޮތުމުގެ ސަބަބުން ރައްޔިތުން ވަރަސް ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހޭ، ހާއްސަކޮށް އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ތަކުލީފަކާ އެކު ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދޭ މިކަން މިހެން އޮތުމާ ގުޅިގެން.
ނ. ވެލިދޫ ކައުންސިލް މެމްބަރު ޙާފިޡާ އިބްރާހިމް

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ވެލިދޫގައި ތަރައްގީގެ އެއްވެސް މަޝްރޫޢެއް އެކަށީގެންވާ ގޮތަށް ނުހިނގާކަން އެރަށު ރައްޔިތުން ބުނެ އެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެރަށުގައި ފަށާފައިވާ މަޝްރޫޢުތައް ވެސް މިހާރު މަޑުޖެހިފައިވާކަމަށް ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ. އެހެން ނަމަވެސް، މި ސަރުކާރުން އެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި ލަސްވެފައިވާކަން ރައްޔިތުން ފާހަގަކުރެ އެވެ.

ޙާފިޡާ އިބްރާހިމްރައީސް ޑރ. މުހައްމަދު މުއިއްޒުނ.ވެލިދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން: ރައީސް ސޯލިހް

ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން: ރައީސް ސޯލިހް

16 ޖެނުއަރީ 2026
މި ސަރުކާރުގެ ވިސްނުމަކީ ގަސްތުގައި ދިވެހި ރައްޔިތުން ފުނޑާލާ، އަޅުވެތިކޮށް ނިކަމެތި ކުރުން: ޔައުގޫބު

މި ސަރުކާރުގެ ވިސްނުމަކީ ގަސްތުގައި ދިވެހި ރައްޔިތުން ފުނޑާލާ، އަޅުވެތިކޮށް ނިކަމެތި ކުރުން: ޔައުގޫބު

16 ޖެނުއަރީ 2026
''މިހާރު ބާޒާރުމަތީ ފިހާރައިގެ ވިކުރާ ކޮންމެ މަހެއްގެ 5 ން ފެށިގެން ހީވަނީ ވަޅިއަކުން ކަނޑާ ވައްޓާލާ އެއްޗެއްހެން'': އިބޫ

''މިހާރު ބާޒާރުމަތީ ފިހާރައިގެ ވިކުރާ ކޮންމެ މަހެއްގެ 5 ން ފެށިގެން ހީވަނީ ވަޅިއަކުން ކަނޑާ ވައްޓާލާ އެއްޗެއްހެން'': އިބޫ

16 ޖެނުއަރީ 2026
2.0 ގެ ދަށުން ޑިޖިޓަލައިޒް ކުރާ ވަރަކަށް އިތުރުވަނީ ޑެސްކް!

2.0 ގެ ދަށުން ޑިޖިޓަލައިޒް ކުރާ ވަރަކަށް އިތުރުވަނީ ޑެސްކް!

15 ޖެނުއަރީ 2026
ކައުންސިލުން ބިން ދިނުމުން ވެސް ރ.ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި

ކައުންސިލުން ބިން ދިނުމުން ވެސް ރ.ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު