Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

ޔައުގޫބު ވިދާޅުވީ މިހާރު ސަރުކާރުގެ މަތިފަޑިން ފެންނަމުންދަނީ ނެގެން އޮތް ގޮތަކަށް ނެގެން އޮތް އެއްޗެއް ނަގާ މަންޒަރު ކަމަށާއި، ތަރައްގީގެ މަޝްރޫއުތަކުން ވެސް ކަޓު ނެގުން ނޫން ކަމެއް ނެތް ކަަމަށް. އަދި ރައީސް މުއިއްޒުގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަން އާންމުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 07:27
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒު 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަންއާ ގާތަށް ފައިސާ ނަގާފައިވާ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޔައުގޫބް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް 3 ވަނަ އަހަރު ގުނަމުންދާއިރު، ގައުމަށް އަދި ރައްޔިތަކަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށާއި، މުޅި ގައުމުގައި ވައްކަމާއި ކޮރަޕްޝަން އާއްމު ވެފައިވާ ކަަމަށެވެ. 

Advertisement - newsAdvertisement

ޔައުގޫބު ވިދާޅުވީ މިހާރު ސަރުކާރުގެ މަތިފަޑިން ފެންނަމުންދަނީ ނެގެން އޮތް ގޮތަކަށް ނެގެން އޮތް އެއްޗެއް ނަގާ މަންޒަރު ކަމަށާއި، ތަރައްގީގެ މަޝްރޫއުތަކުން ވެސް ކަޓު ނެގުން ނޫން ކަމެއް ނެތް ކަަމަށެވެ. 

މިސާލަކަށް ބަރު ހަތިޔާރު އެމްއެންޑީއެފަށް ގެނައީ. އޭގެން ވެސް ދެބައިކުޅަ އެއްބަޔަކީ ހަމަ ސީދާ ރައީސް މުއިއްޒަށް ލިބުނު ފައިސާ.  އާރްސީއެންސީއަށް ދިން ޕްރޮޖެކްޓް ވެސް ދެބައި ކުޅަ އެއްބައި  ސީދާ ރައީސް މުއިއްޒަށް. އޭގެތަނެއް ގާތްގަނޑަކަށް އޮފީސް އިމާރާތެއް އެއީ 11 މިލިއަން އަޅުގަނޑު ހަނދާންވަނީ ޔުނިޓެއް. އެކަމަކު އޭގެ އަސްލު އަގަކީ  5 މިލިއަން ރުފިޔާ އޭ. އެ ޑަބަލް ކޮށްފައޭ. 5 މިލިއަން ރުފިޔާ އަކީ ވެސް ކޮންޓްރެކްޓަރު އެކަން ކުރާއިރު އެއަށް ފައިދާ ލާފައި  އިންނަ އަގު އެއީ. އޭގެ އެނެއް 5 މިލިއަން 6 މިލިއަން ރުފިޔާ ބާކީ. ކޮންމެ ޔުނިޓަކުން އެވަރު ލިބޭ. މިއީ މިކުރާ ކަމަކީ. 
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

2.7 ބިލިއަން ރުފިޔާގެ މަޝްރޫއު އަމިއްލަ ކުންފުނިތަކަށް ބަހާލި މައްސަލައަށް އިޝާރާތް ކުރައްވައި ޔައުގޫބު ވިދާޅުވީ މި މިޝްރޫއުތައް ދީފައިވަނީ ރައީސް މުއިއްޒާއި ސަރުކާރުގެ އިސްބޭފުޅުންގެ އަރިސް ބޭފުޅުންނަށް ކަމަށާއި، އޭގެން ވެސް ބައެއް ރައީސް މުއިއްޒަށް ދޭންޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވާ ކަމަށެވެ. ކޮންމެ މަޝްރޫއަކުން ވެސް ގާތްގަނޑަކަށް 30 ނުވަތަ 40 ޕަސެންޓް ދޭން ޖެހޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

މީގެ އިތުރުން ޔައުގޫބު ވިދާޅުވީ 2024 ވަނަ އަހަރާއި، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ވެސް ވީ ގޮތް ނޭނގުނު ކަމަށާއި، އެ މައްސަލަ ބަޖެޓަށް ވީ ގޮތް ސާފު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އެކިއެކި މެންބަރުނާއި، އެމްޑީޕީން ގޮވާލާފައިވާ ކަމަށެވެ. ނަަމަވެސް ބަޖެޓު ހުސްވި ގޮތް ސަރުކާރަށް ސާފު ކޮށްދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޔައުގޫބު ވިދާޅުވީ ސަރުކާރުގެ އެތެރެއިން ލިބޭ މައުލޫމާތަށް ބަލާއިރު، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އެކަނި ވެސް 2 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަށް ރައީސް މުއިއްޒު ނަހަމަ ގޮތުގައި ފައިސާ ނަންގަވާފައިވާ ކަމަށެވެ.

މިއީ އަޅުގަނޑުމެން އެއްކަލަ ބަޖެޓުން ގެއްލިގެން އަޅުގަނޑުމެން 2024 ނިމިގެން ދިޔައިރު ވެސް އޭރު އެމްޑީޕީން ވަރަށް ބޮޑަށް ފާހަގަކުރަމުން ދިޔަ ބަޖެޓަށް ވީ ގޮތް ކިޔައިދޭށޭ. މަޖިލީހުގައި ވެސް އަޅުގަނޑުމެން އެވާހަކަ ދެއްކިން އަދި އެމްޑީޕީގެ އެކިއެކި ޕޯޑިއަމްތަކުގައި އެކިއެކި ފޯރަމްތަކުގައި އެވާހަކަ ދެއްކިން. ބަޖެޓަށް ވީ ގޮތް ކިޔާށޭ. އަޅުގަނޑުމެން ބަޖެޓަށް ވީ ގޮތް އަޅުގަނޑުމެން ބަލާލިއިރު އެބަ އެނގޭ. އެކަމަކު އަޅުގަނޑުމެން ބޭނުންވީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ނޫނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ނޫނީ ރައީސުލްޖުމްހޫރިއްޔާ އެ ވާހަކަ ރައްޔިތުންނާ ހާމަކޮށްދޭތޯ.  އެކަމަކު މިއަދާ ހަމައަށް އައިރު ވެސް ނުކޮށްދިނެއްނުންތޯ. އޭގެން ބަޖެޓުގެ ފައިސާއިން މިއޭ ކުރިކަމަކީ. ރައީސް މުއިއްޒު އޭގެން އެއްބައި ނަގަމުން މިދަނީ. ކުންފުނިތަކަށް ވެސް އެގޮތް މިހަމުން މިދަނީ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ޔައުގޫބު ވިދާޅުވީ ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ވައްކަންތައް މިސަރުކާރުން ފޮރުވުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެންމެފަހުން ހިނގައި ދިޔަ ވައްކަމާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން އެޗްޑީސީ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ގޯތީގެ ހިޔާނާތާއި ސްޓެލްކޯގެ ކުރީގެ އެމްޑީ ޝަމާހު ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ސަރުކާރުން އަމަލު ކޮށްފައިވާ ގޮތަށް އެކަނި ބަލާލި ނަމަވެސް ރައީސް  މުއިއްޒު މި ގައުމުގައި އިންސާފު ގާއިމް ކުުރުމަށް މަސައްކަތް ކުރައްވާ މިންވަރު ހާމަވާ ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުކޮރަޕްޝަން ޔައުގޫބް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

"ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތް ކުރިން. ވީކަމެއް ނެތް، ކަންކަން ރަނގަޅުކުރަން ވެރި މީހާ އުޅޭ ތަނެއް ނުފެނޭ."

"ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތް ކުރިން. ވީކަމެއް ނެތް، ކަންކަން ރަނގަޅުކުރަން ވެރި މީހާ އުޅޭ ތަނެއް ނުފެނޭ."

13 ޖެނުއަރީ 2026
ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި

ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި

13 ޖެނުއަރީ 2026
ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"

ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"

13 ޖެނުއަރީ 2026
ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން

ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން

13 ޖެނުއަރީ 2026
ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް

ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް

12 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު