Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުވާފަރު އެމްއައިބީ އޭޓީއެމް

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވީ، ޑިސެމްބަރު 10 ގައި ރައީސް މުއިއްޒު އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔަވާ ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 04:07
ދުވާފަރު ގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ގާއިމް ކުރި އޭޓީއެމް

ދުވާފަރު ގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ގާއިމް ކުރި އޭޓީއެމް | ރާއްޖެ އެމްވީ

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު ކަމަށް ދުވާފަރު ކައުންސިލްގެ މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ. 

ދުވާފަރު ކައުންސިލް މެންބަރު ޔަޝްފާ ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްގެ މަސައްކަތަކީ ވަރަށް ކުރީގެ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް އޭޓީއެމްގެ ތަޅު ހުޅުވިގެން ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުން ކަމަށެވެ. 

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެމްއައިބީ އޭޓީއެމް އަކީ ސަރުކާރުގެ ވައުދެއް ނޫން ކަމަށެވެ. ނަމަވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެރަށަށް ވަޑައިގެން ޕްރޮޖެކްޓްތައް އިތުރުކުރެއްވުމަށްޓަކައި، އަދި ރައްޔިތުންނަށް މަލަމަތި ދައްކާލުމަށްޓަކައި އޭޓީއެމް ހުޅުވައިދެއްވި ކަމަށެވެ. 

16 ޕްރޮޖެކްޓުގެ ތެރޭގައި، އެ ދުވަހު ރިބަން ކެނޑުމަގަޔާއި، ބިންގާ އެޅުމުގެ ތެރޭގައި މި އޭޓީއެމްވެސް ހިމެނިގެންދިޔަ. ރައީސް އޮފީހުން  އަންނަނީ ފޯނު ކޯލެއް. ކޮންމެ ރަސްމިއްޔާތެއް ވެސް ފެށުމުގެ ކުރިން އެބަ އިނދޭ ކީރިތި ޤުރުއާނުގެ ބަރާކަތުން ފެށުމަށް. އަދި ޤުރުއާނުގެ ބަރަކާތުން ފަށާއިރު، އޭޓީއެމް ހުޅުވާ އިރު ޤުރުއާން ކިޔަވާ ކުއްޖާގެ އާއިލާއަށް ރައީސް އޮފީހުން އަންނަނީ ފޯނު ކޯލެއް. އަހަނީ ކޮން އާޔަތެއްހޭ ކިޔަވަނީ. ދެން އާއިލާއިން ސުވާލުކުރި ކީއްވެގެންތޯ ކޮން އާޔަތެއްތޯ ކިޔަވަނީ ތި ސުވާލު ކުރެއްވީ؟ ދެން ރައީސް އޮފީހުން އަންގަނީ ކޮންމެސް ކޮންމެސް  ރިބާގެ އާޔަތެއް ނުހިމަނައްޗޭ، ނުކިޔަވާށޭ. 
ދުވާފަރު ކައުންސިލްގެ މެންބަރު މަރިޔަމް ޔަޝްފާ 

ނިމިގެން ދިޔަ މަސްވެރިންގެ ދުވަސް ރ. ދުވާފަރުގައި ފާހަގަ ކުރުމަށް ރައީސް މުއިއްޒު އެރަށަށް ވަޑައިގެން 16 ޕްރޮޖެކްޓެއް ފައްޓަވާފައިވެ އެވެ. މީގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ހެދި އޭޓީއެމް ވެސް ހުޅުވާފައިވެ އެވެ. 

ދުވާފަރުމޯލްޑިވްސް އިސްލާމިކް ބޭންކްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

14 ޖެނުއަރީ 2026
"ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތް ކުރިން. ވީކަމެއް ނެތް، ކަންކަން ރަނގަޅުކުރަން ވެރި މީހާ އުޅޭ ތަނެއް ނުފެނޭ."

"ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތް ކުރިން. ވީކަމެއް ނެތް، ކަންކަން ރަނގަޅުކުރަން ވެރި މީހާ އުޅޭ ތަނެއް ނުފެނޭ."

13 ޖެނުއަރީ 2026
ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި

ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި

13 ޖެނުއަރީ 2026
ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"

ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"

13 ޖެނުއަރީ 2026
ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން

ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު