Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާން އިއްވާ ދުވަސް

ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި

ރައީސް އޮފީހު ގެ ދެންނެވުމަކުން ހާމަކުރި ގޮތުގައި 2026 ފެބްރުއަރީ 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސެވި ކަމަށް. 2024 ވަނަ އަހަރު ރައީސް މުޢިއްޒު ވަނީ ރިޔާސީ ބަޔާން އިއްވާ ދުވަސްތަކަކީ ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 14:16
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއް ނޫން ކަމަށް ނިންމެވީ 18 ޖެނުއަރީ 2024 ގައި، ނަމަވެސް މިދިޔަ އަހަރު ވެސް އެ ދުވަސް ބަންދު ކުރި.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއް ނޫން ކަމަށް ނިންމެވީ 18 ޖެނުއަރީ 2024 ގައި، ނަމަވެސް މިދިޔަ އަހަރު ވެސް އެ ދުވަސް ބަންދު ކުރި. | ރާއްޖެއެމްވީ

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ "މީގެ ފަހުން ސަރުކާރުން ބަންދު ނޫން ދުވަހެއް ކަމަށް" ކަނޑައެޅުއްވުމަށް ފަހު މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމުގައިވާ 5 ފެބްރުއަރީ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި އެވެ. 

ރައީސް އޮފިހުން ބުނީ 2026 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 3/2026 ނަމްބަރު ދެންނެވުމުގަ އެވެ.

Advertisement - newsAdvertisement

މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ނަމަވެސް ރައީސް މުއިއްޒު ގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމުގެ ކުރިން 2024 ވަނަ އަހަރު ރައީސް ވަނީ ކޮންމެ އަހަރެއްގެ ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ. 

އެގޮތުން 18 ޖެނުއަރީ 2024 ގައި ރައީސް އޮފީހުން އެއިރު ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާފައިވާ ކަމަށެވެ. 

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ނޫން ދުވަހެއް ކަމުގައި ކަނޑައަޅުއްވައި އެކަން ހާމަކުރެއްވީ 18 ޖެނުއަރީ 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވި ދެންނެވުން ނަންބަރު 4/2019 ވަނީ ބާތިލު ކޮށްފަ އެވެ. 

މި ދެންނެވުމުގައި ކުރިން އޮތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގަ އެވެ. އެއީ 21 ޖެނުއަރީ 2019 ގަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުރައްޔިތުންގެ މަޖިލިސްރިޔާސީ ބަޔާން

ކޮމެންޓް

އިތުރަށް ކިޔާލަން

ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"

ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"

13 ޖެނުއަރީ 2026
ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން

ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން

13 ޖެނުއަރީ 2026
ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް

ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް

12 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް، ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް ދެވަނަ ދައުރެއް ނުލިބޭނެ: އިބްރާހިމް ރަޝީދު

ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް، ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް ދެވަނަ ދައުރެއް ނުލިބޭނެ: އިބްރާހިމް ރަޝީދު

12 ޖެނުއަރީ 2026
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

11 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު