Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބާޒާރުމަތީ ފިހާރަ

''މިހާރު ބާޒާރުމަތީ ފިހާރައިގެ ވިކުރާ ކޮންމެ މަހެއްގެ 5 ން ފެށިގެން ހީވަނީ ވަޅިއަކުން ކަނޑާ ވައްޓާލާ އެއްޗެއްހެން'': އިބޫ

އިބޫ ވިދާޅުވީ އިގްތިސާދު ފުޅާ ކުރެވެނީ ސިޔާސަތެއްގެ ތެރެއިން ކަމަށާއި، މިސަރުކާރުގައި އެ ސިޔާސަތެއް ނެތް ކަމަށް. އެހެންކަމުން މިއަދު ޕްރައިވެޓް ސެކްޓަރ މުޅިން އެއްކޮށް ހަލާކުވާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 07:46
ފަލަސުރުހީ ޕްރޮގްރާމްގައި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

މިސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ބާޒާރުމަތީ ފިހާރައިގެ ވިކުރާ ކޮންމެ މަހެއްގެ 5 އަކުން ފެށިގެން ވަރަށް ބޮޑަށް ދަށްވާ ކަމަށާއި، ވިޔަފާރިވެރިން ތިބީ މާޔޫސްވެފައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ފަލަސުރުހީ ޕްރޮގްރާމްގައި އިބޫ ވަނީ ވަރަށް ބޮޑަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމުގައި އަމަލުކުރާ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ބާޒާރުމަތީގައި ހުންނަ ފިހާރަތަކުގެ ވިކުރާއަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ ކޮންމެ މަހެއްގެ 5 ގެ ފަހުން ވިކުރާ ވަރަށް ބޮޑަށް ދަށްވާ ކަމަށާއި، އޭގެފަހުން މަސް އެއްކޮށް ނިމެނީ އެހާލަތުގައި ކަމަށެވެ.

އެވާ ގޮތަކީ ދައުލަތުން މުސާރަ ލިބޭނެ މަހުގެ 28 މަސް ނިމޭހިސާބުގައި. ސިވިލް ސަރވިސް މުވައްޒަފުންނާ ސަރުކާރުގެ ވަޒީފާއެއްގައި ތިއްބަވާ ބޭފުޅުންނަށް މުސާރަ ލިބުނީމަ އެއްކަލަ މަސް ދުވަހަށް ބާޒާރު ކޮށްލުމާ މިކަންކަން އެނގިގެން މިދަނީ. ދެން އެދާ ގޮތަށް ގޮސްފައި އަނެއްކާ ވެސް އަނެއް މަސް ނިމެންދެން ނާރާ މިއޮންނަނީ ޕްރައިވެޓް ސެކްޓަރ ނުހިނގާތީ. އަމިއްލަ ކުންފުނިތަކުގައި ވިސްނަވާލައްވާ އަޅުގަނޑުމެން އެންމެނަށް އެނގޭ ކަމެއް އަމިއްލަ ކުންފުނިތަކުގައި މުސާރަ ދެވޭނީ 5 ނުވަތަ 10 ހިސާބުގައި. އެގޮތަށް މުޅި އިގްތިސާދުގެ މުސާރަ މަސް ދުވަހުގެ ތެރެއަށް ބެހިގެން ނުވަތަ ދެތިން ހަފްތާއަށް ބެހިގެންދާއިރު، ވިކުރާ ވެސް އެގޮތަށް ފެންނަމުން ދިޔަ. އެހެންނަމަވެސް މިހާރު ބާޒާރުމަތީ ފިހާރާގެ ވިކުރާ މަހުގެ 5 އަކާ ހަމައަށް ހީވަނީ ހަމަ ވަޅިއަކުން ކަނޑާ ވައްޓާލާ އެއްޗެއްހެން. 
ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު 

ޕްރައިވެޓް ސެކްޓަރއަށް އަލިއަޅުއްވާލައްވާ އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަންތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް މިސެކްޓަރއަށް ދީފައިވާ ކަމަށާއި، ކުރިއަރުވާފައިވާ ކަމަށެވެ. އެއާއެކު ރައްޔިތުންނާއި ގައުމުގެ ހާލަތު އެއްކޮށް ރަނގަޅު ވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރާއްޖެއަށް ގެސްޓްހައުސް ވިޔަފާރި ގެނައީ އެމްޑީޕީން ކަމަށާއި، އެއީ ރަނގަޅު ސިޔާސަތަކާއެކު ކުރިއަށް ގެންދިޔަ ވިޔަފާރިއަކަށްވާތީ، އެކަމުގެ ނަތީޖާ ރަނގަޅު ކަމަށެވެ. ގެސްޓްހައުސް ތަކާއެކު ގިނަ ވަޒީފާތައް އުފެދިފައިވާ ކަމަށާއި، ދަތުރުފަތުރުގެ ނިޒާމު ވެސް ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. ރަށްރަށަށް ފަތުރުވެރިން ދިއުމުގެ ސަބަބުން މިއަދު ފެރީތައް ދަތުރުނުކުރާ ރަށެއް މިރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އިބޫ ވިދާޅުވީ އިގްތިސާދު ފުޅާ ކުރެވެނީ ސިޔާސަތެއްގެ ތެރެއިން ކަމަށާއި، މިސަރުކާރުގައި އެ ސިޔާސަތެއް ނެތް ކަމަށެވެ. އެހެންކަމުން މިއަދު  ޕްރައިވެޓް ސެކްޓަރ މުޅިން އެއްކޮށް ހަލާކުވާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ދައުލަތުގެ ކުންފުނިތަަކަށް ވައްދާ މުވައްޒަފުން އިތުރުވެ، ވަޒީފާ ނެތި ކޮފީތަކުގައި ތިބޭ މީހުން ގިނަވުމުން އިގްތިސާދާއި، އުފެއްދުންތެރިކަން ކުރިނާރާނެ ކަމަށެވެ.

އިބްރާހިމް ރަޝީދުރައީސް ޑރ. މުހައްމަދު މުއިއްޒުބާޒާރުމަތީވިޔަފާރި

ކޮމެންޓް

އިތުރަށް ކިޔާލަން

2.0 ގެ ދަށުން ޑިޖިޓަލައިޒް ކުރާ ވަރަކަށް އިތުރުވަނީ ޑެސްކް!

2.0 ގެ ދަށުން ޑިޖިޓަލައިޒް ކުރާ ވަރަކަށް އިތުރުވަނީ ޑެސްކް!

15 ޖެނުއަރީ 2026
ކައުންސިލުން ބިން ދިނުމުން ވެސް ރ.ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި

ކައުންސިލުން ބިން ދިނުމުން ވެސް ރ.ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި

15 ޖެނުއަރީ 2026
ސަރުކާރުން އެދުނުގޮތަށް ބިން ދިނުމުން ވެސް 1 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އަދިވެސް ނުނިމޭ

ސަރުކާރުން އެދުނުގޮތަށް ބިން ދިނުމުން ވެސް 1 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އަދިވެސް ނުނިމޭ

15 ޖެނުއަރީ 2026
ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

15 ޖެނުއަރީ 2026
ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

14 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު