Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރ. ދުވާފަރު

ކައުންސިލުން ބިން ދިނުމުން ވެސް ރ.ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި

ރައީސް މުއިއްޒު ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުން ބިން ނުދޭތީ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 10:45
ރ.ދުވާފަރު ޕޮލިސް ސްޓޭޝަން އެޅުމަށްޓަކާ ދުވާފަރު ކައުންސިލުން ބިން ދީފައިވާ ސަރަހައްދުގައި ހަރުކޮށްފައިވާ، މަސައްކަތުގެ ސްކޯޕް އާއި ގުޅޭ ބޯޑު

ރ.ދުވާފަރު ޕޮލިސް ސްޓޭޝަން އެޅުމަށްޓަކާ ދުވާފަރު ކައުންސިލުން ބިން ދީފައިވާ ސަރަހައްދުގައި ހަރުކޮށްފައިވާ، މަސައްކަތުގެ ސްކޯޕް އާއި ގުޅޭ ބޯޑު | ރާއްޖެ އެމްވީ

ރ.ދުވާފަރު ޕޮލިސް ސްޓޭޝަން އެޅުމަށްޓަކާ ދުވާފަރު ކައުންސިލުން ބިން ދިނުމުން ވެސް ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާކަން ހާމަވެއްޖެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މަޝްރޫޢުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުން ބިން ނުދޭތީ ކަމަށެވެ. އެހެންނަމަ ވެސް  ރ.ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވަނީ ކައުންސިލުން ސަރުކާރުން އެދުނު ގޮތަށް މިނުން މިނަށް ބިން ދިނުމުން ވެސް ދުވާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކުރައްވާފަ އެވެ. އެހެން ވީމަ މަސައްކަތްތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ނުދީގެން ކަމަށް ބުނުމަކީ ރަނގަޅު ވާހަކަ އެއް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

Advertisement - newsAdvertisement

"ބިންގާ އެޅުމުގެ ކުރިން މި މަސައްކަތް ފެށި. އެއީ ބިން ދޫކުރި ތަނާހެން. އެހެން ނަމަވެސް ބާރު ސްޕީޑުގައި މަސައްކަތް ނުދާކަން ފާހަގަކޮށްލެވޭ. މި އޮތީ ބިން ދައްކާފަ އޭ. ސަރުކާރުން މަސައްކަތް ކުރާށޭ. މިއީ ބިމާއި ގުޅިގެން ދިމާވެގެން އުޅޭ މައްސަލަ އެއް ނޫނޭ." ޔަޝްފާ ވިދާޅުވި އެވެ.

ރ.ދުވާފަރު ޕޮލިސް ސްޓޭޝަން އިމާރަތް ކުރަން މި ސަރުކާރުން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. 

10 ޑިސެމްބަރުގައި އެ މަސައްކަތް ފެއްޓުމަށް ބޭއްވި ރަސްމީޔާތުގައި މިކަން ފައްޓަވައިދެއްވާފައި ވަނީ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން، ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ، ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް، އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.

އެ ކަމަށްޓަކާ ބޭއްވި ރަސްމީޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި އިދާރާތަކުގެ އިސްވެރިން އަދި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

36.03 މިލިއަން ރުފިޔާގެ މި މަޝްރޫޢު އަކީ 365 ދުވަސްތެރޭ ނިންމަން އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 

ސަރުކާރުން ހަމަކޮށްފައިވާ ގޮތުގައި މި ޕޮލިސް ސްޓޭޝަންގައި ތަހުގީގު ކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރ. ދުވާފަރުރައީސް ޑރ. މުހައްމަދު މުއިއްޒުމަރިޔަމް ޔަޝްފާއެމްޓީސީސީޕޮލިސް ސްޓޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން އެދުނުގޮތަށް ބިން ދިނުމުން ވެސް 1 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އަދިވެސް ނުނިމޭ

ސަރުކާރުން އެދުނުގޮތަށް ބިން ދިނުމުން ވެސް 1 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އަދިވެސް ނުނިމޭ

15 ޖެނުއަރީ 2026
ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

15 ޖެނުއަރީ 2026
ކުރީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި ދުވާފަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިސަރުކާރުން އުވާލުމަށް ފަހު އަލުން ފެށި ނަމަވެސް މަޝްރޫއު ކުރިއަކަށް ނުދޭ: ކައުންސިލް މެންބަރު ޔަޝްފާ

ކުރީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި ދުވާފަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިސަރުކާރުން އުވާލުމަށް ފަހު އަލުން ފެށި ނަމަވެސް މަޝްރޫއު ކުރިއަކަށް ނުދޭ: ކައުންސިލް މެންބަރު ޔަޝްފާ

14 ޖެނުއަރީ 2026
ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

14 ޖެނުއަރީ 2026
ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން އޮތް ތަނެއްގައި 50 ޔުނިޓު އަޅާކަން އެނގުނީ ހަރުކޮށްފަ ހުރި ބޯޑުން: ކައުންސިލް މެމްބަރު ޔަޝްފާ

ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން އޮތް ތަނެއްގައި 50 ޔުނިޓު އަޅާކަން އެނގުނީ ހަރުކޮށްފަ ހުރި ބޯޑުން: ކައުންސިލް މެމްބަރު ޔަޝްފާ

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު