Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުވާފަރު

ސަރުކާރުން އެދުނުގޮތަށް ބިން ދިނުމުން ވެސް 1 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އަދިވެސް ނުނިމޭ

ޔަޝްފާ ވިދާޅުވީ އޭނާ އަކީ އެމްޑީޕީ ކައުންސިލަރެއް ކަމަށާއި ސަރުކާރާއި އިދިކޮޅު މީހެއް ކަމަށާއި ނަމަވެސް ރަށު ތަރައްގީއަށް އަންނަ ކޮންމެ ކަމަކަށް ލަހެއްފަހެއް ނެތި ތާއީދު ކުރާ ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 05:28
1 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި ވޮލީކޯޓުގެ މަސައްކަތް ހުއްޓިފައި

1 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި ވޮލީކޯޓުގެ މަސައްކަތް ހުއްޓިފައި | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންގެ ދުވަހަށް ރ. ދުވާފަރަށް ވަޑައިގަންނަވާތީ ކުއްލި ގޮތަކަށް އައުޓްޑޯ ވޮލި ކޯޓެއް އެޅުމަށް ބިން ހަމަޖައްސައި ދިނުމަށް ކައުންސިލްގައި އެދުމުން އެކަން ކޮށްދިން ނަމަވެސް، 1 މަސް ތެރޭގައި ނިންމާނެކަމަށް ރައީސް ވިދާޅުވި ވޮލީކޯޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ދުވާފަރު ކައުންސިލްގެ މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަރވިއުއެއްގައި ޔަޝްފާ ވިދާޅުވީ އައުޓްޑޯ ވޮލީ ކޯޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުގެ ބަރާބަރު 1 ހަފްތާ ކުރިން ޒުވާނުންނަށް ވޮލީކޯޓެއް ތަރައްގީ ކުރުމަށް ބިން ދެއްކުމަށް ކައުންސިލަށް އެންގި ކަމަށެވެ. ޔަޝްފާ ވިދާޅުވީ އެއީ ކުއްލިއަކަށް އެންގި އެންގުމެއް ނަމަވެސް ކައުންސިލުން އެކަމަށް ވަރަށް އަވަހަށް އިޖާބަ ދިން ކަމަށެވެ. 

ޔަޝްފާ ވިދާޅުވީ އޭނާ އަކީ އެމްޑީޕީ ކައުންސިލަރެއް ކަމަށާއި، އޭނާ އަކީ ރައީސް މުއިއްޒު ވިދާޅުވާ ސަރުކާރާއި އިދިކޮޅު މީހެއް ކަމަށާއި، ނަމަވެސް ރަށު ތަރައްގީއަށް އަންނަ ކޮންމެ ކަމަކަށް ލަހެއްފަހެއް ނެތި އޭނާ ގެ ތާއީދަ އެކު ވެސް ބިން ދައްކާފައިވާނެ ކަމަށެވެ. 

ބިން ސާފުކުރީ އެމްޓީސީީ އިން. އަޅުގަނޑުމެން މިން އަޅައިދީ، އިން ވަކިކޮށްދިނީ ކައުންސިލުން. އައުޓްޑޯ ވޮލީކޯޓަކަށް އުއްމީދުކުރަނީ. އުއްމީދު މިކުރަނީ ރ. ކިނޮޅަހުގައި ހުރި ކަހަލަ، ބެންޗު ބަހައްޓައިގެން އައުޓްޑޯ ވޮލީކޯޓެއް ގާއިމްވެގެންދާނެ ކަމަށް. 
ދުވާފަރު ކައުންސިލްގެ މެންބަރު މަރިޔަމް ޔަޝްފާ

ޔަޝްފާ ވިދާޅުވީ އައުޓްޑޯ ވޮލީކޯޓުގައި މިހާރު ފެންނަން ހުރީ ރައީސް ވަޑައިގެންނެވި ދުވަހު ބިންގާ އެޅުމަށްފަހު ވަަށައިގެން  ޖަހާފައި ހުރި ހޮޅިތައް އެކަނި ކަމަށެވެ. އޭގެ ފަހުން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، ނަމަވެސް މި ވޮލީ ކޯޓަކީ 1 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޔަޝްފާ ވިދާޅުވީ ރައީސް މުއިއްޒު ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި، ކައުންސިލްތަކުން ބިން ދޫ ނުކުރާ ކަމަށް ވިދާޅުވި ނަމަވެސް ދުވާފަރުގައި ފެނިގެން ދާނީ ސަރުކާރުން އެދުނު ގޮތަށް އެކަންކަން ކޮށްފައިވާ މަންޒަރު ކަމަށާއި، އެހެންކަމުން ރައީސް އަށް އެހެން ވިދާޅުވެވެން ނޯންނާނެ ކަމަށެވެ. 

އެމްޓީސީސީރ. ދުވާފަރުރައީސް ޑރ. މުހައްމަދު މުއިއްޒުވޮލީކޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

15 ޖެނުއަރީ 2026
ކައުންސިލުން ބިން ހަވާލުކުރިތާ 2 އަހަރު ވާން ކައިރި ވީއިރުވެސް، ދުވާފަރު ދަނާލު ގެ މަސައްކަތް ނުފެށޭ

ކައުންސިލުން ބިން ހަވާލުކުރިތާ 2 އަހަރު ވާން ކައިރި ވީއިރުވެސް، ދުވާފަރު ދަނާލު ގެ މަސައްކަތް ނުފެށޭ

15 ޖެނުއަރީ 2026
ކުރީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި ދުވާފަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިސަރުކާރުން އުވާލުމަށް ފަހު އަލުން ފެށި ނަމަވެސް މަޝްރޫއު ކުރިއަކަށް ނުދޭ: ކައުންސިލް މެންބަރު ޔަޝްފާ

ކުރީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި ދުވާފަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިސަރުކާރުން އުވާލުމަށް ފަހު އަލުން ފެށި ނަމަވެސް މަޝްރޫއު ކުރިއަކަށް ނުދޭ: ކައުންސިލް މެންބަރު ޔަޝްފާ

14 ޖެނުއަރީ 2026
ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

14 ޖެނުއަރީ 2026
"ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތް ކުރިން. ވީކަމެއް ނެތް، ކަންކަން ރަނގަޅުކުރަން ވެރި މީހާ އުޅޭ ތަނެއް ނުފެނޭ."

"ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތް ކުރިން. ވީކަމެއް ނެތް، ކަންކަން ރަނގަޅުކުރަން ވެރި މީހާ އުޅޭ ތަނެއް ނުފެނޭ."

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު