Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމި ވެރިކަމާއި މެދު އާއްމުން ހިތްހަމަ ނުޖެހުން

"ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތް ކުރިން. ވީކަމެއް ނެތް، ކަންކަން ރަނގަޅުކުރަން ވެރި މީހާ އުޅޭ ތަނެއް ނުފެނޭ."

ރާއްޖެޓީވީގެ ހާލު ކިހިނެތް ޕްރޮގްރާމްގައި ނޮޅިވަރަމް އަށް ނިސްބަތްވާ އާއްމު މީހަކު ބުނީ މި ސަރުކާރު އައި ފަހުން ތަރައްޤީގެ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ފަށާ ކަންކަން ވެސް ކުރިއަށް ނުދާ ކަމަށް. ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވުމާއި ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލަ ފާހަގަކުރަމުން އޭނާ ވަނީ ބަލި ފިރިއަކާއި ބަލިކޮށް އުޅޭ ދަރިއަކު ގޮވައިގެން ދަތި ހާލުގައި އުޅެން ޖެހޭ ކަންތައް ހާމަކޮށްފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޖެނުއަރީ 2026 | އަންގާރަ 14:17
ހާލުކިހިނެތް: ނޮޅިވަރަމް ޕްރޮގްރާމް ގެ ތެރެއިން

ހާލުކިހިނެތް: ނޮޅިވަރަމް ޕްރޮގްރާމް ގެ ތެރެއިން | ރާއްޖެ އެމްވީ

ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތްކޮށްފައި ވާނެ ކަމަށާއި ނަމަވެސް ވެރިކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެނައުމުން ކަންކަން ރަނގަޅުކުރަން އުޅޭތަން ނުފެންނަ ކަމަށް ނޮޅިވަރަމް އަށް ނިސްބަތްވާ އާއްމު މީހަކު ބުނެފި އެވެ. 

އޭނާ އެފަދައިން ބުނެފައި ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެތް ޕްރޮގްރާމްގައި ވާހަކަދައްކަމުންނެވެ.

Advertisement - newsAdvertisement

އޭނާ ބުނީ މި ސަރުކާރު އައިފަހުން ތަރައްޤީގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ފަށާ ކަންކަން ވެސް ކުރިއަށް ނުދާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވުމާއި ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލަ ވެސް ފާހަގަކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

 "ފަށާފައި ބިންގާ އަޅާފައި އެބަ ހުރި. އަގު ބޮޑު ވަރަށް އެއްޗެހި. ރަނގަޅުވާނީ ވެރިއަކަށް ހުންނަ މީހަކު ކޮށްދިނިއްޔާ އަހަންނަކަށް ހިއެއް ނުވޭ ވެރިއަކަށް ހުރި މީހާ ކޮށްދީފާނެ ހެނެއް." އޭނާ ވަނީ ބުނެފަ އެވެ.

ބަލި ފިރިއަކާއި، ބަލިކޮށް އުޅޭ ދަރިއަކު ގޮވައިގެން އުޅެން ޖެހެނީ ވަރަށް ދަތި ހާލުގައި ކަަމަށް އޭނާ ވަނީ ބުނެފަ އެވެ. މިހާރު ވެސް ފިރިމީހާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ދިން ބޭސް ނުލިބިގެން އުޅެން ޖެހޭ ހާލު އޭނާ ވަނީ ކިޔާދީފަ އެވެ. އޭނާ ބުނީ ފިރިމީހާ އަށް ދިން ބޭސް ކުޅުދުއްފުށިން ވެސް ނުލިބިގެން، މާލެ އިން އެ ބޭސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި އާސަންދަ ވެސް ލިބެނީ ވަކި ބޭސްތަކަކަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ވަޒީފާ ލިބުމުގައި ވެސް އިންތިހާ ދަތިތައް ހުރި ކަމަށް އޭނާ ބުނެފައި ވެ އެވެ.

"އިހަށް ދުވަހު ބަޔަކު އައިސް އިންޓަރވިއު ކުރި، އެހި ކޮއްކޯ އޭ ވަޒީފާ އަދާކުރެވޭނެ ހޭ. އެ ކުއްޖާ ބުނި އާނއެކޭ. ކުނި ކެހޭނެ ހޭ. އެ ކުއްޖާ ބުނި އާނއެކޭ. އެ ފަހުން އެ ކުއްޖާ އެ އަހަނީ. މަންމާ އޭ އެ މީހުން ހަބަރެއް ނުވެ އޭ. އަހަރެން ބުނިން ދަރިފުޅާ އޭ އެ ވިއްޔޭ އެކަންތައް. ދެން ހުރި ކުއްޖާ ވަޒިފާ އަށް ލާ، ނު އެއް ލިބޭ" މިހރން އޭނާ ވަނީ ބުނެފަ އެވެ.

މި ވެރިކަން އޮވެގެން އެއްވެސް ކަމެއް ރަނގަޅު ވެދާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ބުނެއެވެ.

ޕީއެންސީރައީސް ޑރ. މުހައްމަދު މުއިއްޒުނޮޅިވަރަމްކުޅުދުއްފުށި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި

13 ޖެނުއަރީ 2026
ބަންދު ނުވާނެކަމަށް ރައީސް ވިދާޅުވި ރިޔާސީ ބަޔާން އިއްވާ ދުވަސް ރައީސް ބަންދު ކުރައްވައިފި
13 ޖެނުއަރީ 2026

ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"

13 ޖެނުއަރީ 2026
ހާލު ކިހިނެއް: "ނޮޅިވަރަމުގައި އެޅި ބިންގާ ގެއްދިޔައީ ނޮޅިވަރަމްފަރަށް، މުއިއްޒު ކޮށްދެއްވި ކަމެއް މިރަށަކު ނެތް"
13 ޖެނުއަރީ 2026

ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން

13 ޖެނުއަރީ 2026
ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން
12 ޖެނުއަރީ 2026

ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް

12 ޖެނުއަރީ 2026
ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް
12 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް، ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް ދެވަނަ ދައުރެއް ނުލިބޭނެ: އިބްރާހިމް ރަޝީދު

12 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް، ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް ދެވަނަ ދައުރެއް ނުލިބޭނެ: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު