Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔައުގޫބު އަބްދުﷲ

މި ސަރުކާރުގެ ވިސްނުމަކީ ގަސްތުގައި ދިވެހި ރައްޔިތުން ފުނޑާލާ، އަޅުވެތިކޮށް ނިކަމެތި ކުރުން: ޔައުގޫބު

ޔައުގޫބު ވިދާޅުވީ ސަރުކާރުން އަމިއްލަ މީހުންގެ ވިޔަފާރިތަކަށް ވަދެ ހަލާކުކޮށްލާފައިވާ ކަމަށް. މިސާލެއްގެ ގޮތުން އައިނު ކުންފުންޏަކާއި ގެދޮރުވެރިޔާގެ ފްލެޓްތަކަށް ފަރުނީޗަރ ހެދުމަށް އެފްޑީސީން ވަތްތަން ފާހަގަކުރައްވައި އެފްޑީސީ ފަދަ ދައުލަތުގެ ބަޖެޓުން ހިންގާ ކުންފުންޏަކާ އާދައިގެ ވިޔަފާރިވެރިޔަކަށް ވާދަކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 08:21
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ | ރާއްޖެ އެމްވީ

މި ސަރުކާރުގެ ވިސްނުމަކީ ގަސްތުގައި ދިވެހި ރައްޔިތުން ފުނޑާލާ، އަޅުވެތިކޮށް، ނިކަމެތިކުރުން ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ ސަރުކާރުން އަމިއްލަ މީހުންގެ ވިޔަފާރިތަކަށް ވަދެ ވިޔަފާރިތައް ހަލާކުކޮށްލާފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އައިނު ހެއްދުމުގެ މައްސަލައަށް އިޝާރާތް ކުރައްވާ ޔައުގޫބު ވިދާޅުވީ މީގެ ކުރިން ވެސް ނަންބަރު އައިނު ވިއްކަމުން ދިޔަ ކަމަށެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މި ސަރަޙައްދުގައި ޤައުމުތަކުގައި ދެމުންދާ ސަރވިސް އެކޮލިޓީގައި ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކުން އެކަން ކުރަމުން ދިޔަ ކަމަށެވެ. އަދި މިއަދު ވެސް އެކަން ކުރަމުން އަންނަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ޔައުގޫބު ވިދާޅުވީ ކަން އެހެން އޮތްނަމަވެސް ފެންނަނީ، އައިނު ކުންފުންޏެއް ހަދާފައި ސަރުކާރުން އެ ވިޔަފާރިތެރިއަށް ވަތްތަން ކަމަށެވެ. ޓެކްސީގެ ހިދުމަތް ވެސް ސަރުކާރަކުން ދޭން ނުޖެހޭ ކަމަށާއި ޓެކްސީގެ ޚިދުމަތް މިއަށްވުރެ ރަނގަޅަށް ދޭންޖެހޭ އިރު، އެކަން ރަނގަޅުކުރެވޭނެ އެތައް ގޮތެއް އެބައޮތް ކަމަށެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންނާއި ސަރުކާރާ ގުޅިގެން ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރި ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

ސަރުކާރަކުން ނުޖެހޭނެ އެ ވިޔަފާރި ތެރެއަށް ވަންނާކަށް. އަޅުގަނޑުމެން އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން އެންމެ ކާމިޔާބުކަމާއެކު މި ކުރަމުން އައި އެއްކަންތައް، ގެސްޓްހައުސް ވިޔަފާރި. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ކުންފުނިތައް، ބޮޑެތި ބިޔަ ކުންފުނިތަކާއި އަދި ސަރުކާރުގެ އެކި ސައިޒްތަކުގެ ކުންފުނިތަކުން ގެސްޓްހައުސްގެ ވިޔަފާރިތަކަށް ވަދެގެންދިޔަތަން. ހަމަ އެއާއެއްކޮށް، އޭގެއިތުރަށް އަޅުގަނޑަށް އިހަކަށްދުވަހު މި ފާހަގަވި ކަމަކީ، ގެދޮރުވެރިޔާގެ 4000 ފްލެޓް، ދެން އަޅުގަނޑު އެ 4000 ފްލެޓަށް ވަންނައިރު އަބަދުވެސް އެތަނަށް ބޭނުންވާ، ކޮންމެ މީހަކުވެސް އެބަ ބޭނުންވޭ އެ މީހަކު ވަކިގޮތަކަށް ބޭނުންވާ ވަކި ކަސްޓަމައިޒް މޮޑިފައިޑް އެއްޗެހިތަކެއް ހަދައިގެން އެ މީހަކު ހިތްހަމަޖެހޭ ފެންވަރަކަށް ހަދައިގެން އެތަނަށް ވަންނަން. ދެން އެ މަސައްކަތް ކުރާނެ ދިވެހިން އެބައުޅޭ. ދިވެހި ކުންފުނިތައް އެބައޮތް. ދިވެހި ވަކިވަކި ގުރޫޕުތައް އެބައުޅޭ. އެހެންނަމަވެސް، އަޅުގަނޑުމެން އިހަކަށްދުވަހު ފެނިގެންދިޔައީ ދައުލަތުގެ ބަޖެޓުން ފައިނޭންސްކުރާ އެފް.ޑީ.ސީން އިޢުލާނެއް ކޮށްފައި މި އޮންނަނީ ތިމަންނަމެން އަލަމާރި އެނދު އެއްޗެހި ޖަހައިދެމޭ، ފައިސާ ދައްކަން ވެސް އިންސްޓޯލްމަންޓަށް ދެއްކޭގޮތަށް.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު

ޔައުގޫބު ވިދާޅުވީ އެފްޑީސީން މިކަން ކުރާ އިރު އެ ކުންފުންޏަކީ ދައުލަތުގެ ބަޖެޓުން މިލިއަނުން ޚަރަދުކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެ މީހުންނަށް ފައިސާ ނެތިގެން ލާރި ނުލިބިގެން، ދަތިވެގެން އުޅޭކަށް ނުޖެހޭނެ ކަމަށާއި، އާދައިގެ ނިކަމެތި ވިޔަފާރިވެރިޔާ ވާދަކުރަންޖެހޭނީ ސަރުކާރުން ބަޖެޓް ދީގެން ހިންގާ ކުންފުންޏަކާ ކަމަށެވެ. ޔައުގޫބު ވިދާޅުވީ އެ މަސައްކަތް ކުރަމުންދިޔައީ އެތައް ބައެއްގެ ވިޔަފާރި، އެތައް ބައެއްގެ އާމްދަނީ، އެތައް ބައެއްގެ ވަޒީފާ މިކަމުގެ ސަބަބުން ގެއްލިގެންދާ ކަމަށެވެ. 

އޭނާ ވިދާޅުވީ މިއީ ރައީސް މުޢިއްޒު ސިޔާސީ ބޭނުމަށްޓަކައި، މީހުން ނިކަމެތިކުރަންވެގެން، މީހުންގެ އަތްމަތި ދަތިކުރަންވެގެން ކުރަމުންދާ މަސައްކަތްތަކެއްގެ ތެރެއިން ކުރަމުން އަންނަ ކަމެއް ކަމަށެވެ. 

ހަމައެއާއެކު، މިސާލަކަށް ބަލަމާހިނގާ ބޭންކް އޮފް މޯލްޑިވްސްއަކީ މުޅިން ފައިނޭންޝަލް އިންސްޓިޓިއުޝަނެއ. ދުވަހަކު ވެސް މި ރާއްޖޭގެ ތާރީޚުގައި ކީއްކުރަން، ޤައުމެއްގެ ތާރީޚުގައި ވެސް އެހެން އެކަހަލަ ކަންކަން ކުރާ ބައެއް ނޫން، ބޭންކްތަކަކީ، ފައިނޭންޝަލް އިންސްޓިޓިއުޝަނަކީ. އެކަމަކު އަޅުގަނޑުމެންނަށް މިއަދު ފެނިގެންދިޔައީ ބޭންކް އޮފް މޯލްޑިވްސްއަކީ ކޮންސްޓްރަކްޝަން ކޮމްޕެނީ، ރިއެލް އެސްޓޭޓް ކޮމްޕެނީ. ބޭންކް އޮފް މޯލްޑިވްސް، އެ މީހުންނާ ނުގުޅޭ އެތައް ކަމެއް، ބިން ހިއްކާ ކުންފުންޏަކަށް ބަދަލުވެގެންދިޔައީ. އެމް.އޭ.ސީ.އެލް މިވީ ފުޓްސަލް ދަނޑު އަޅާ ކުންފުންޏަކަށް. ރޯޑް ކޯޕަރޭޝަން މިވީ ހަމަ އެގޮތަށް. ހަމަ އެ މީހުންނަށް މުޅިން މެންޑޭޓުންވެސް ބޭރު ކަންކަން ކުރަމުންދާ ތަން މި ކުންފުނިތަކަށް ބަދަލުވެގެންދިޔައީ. އެއްވެސް ވަރެއްގެ އިންތިޒާމެއް ނެތި މުޅި ދައުލަތް، މުޅި ސަރުކާރު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވައްޓަމުންދާ ތަން މި ފެންނަނީ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ޔައުގޫބު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމުގައި ބާކީ މި އޮތް 2 އަހަރަށް ބެހެއްޓުމަކީ ވެސް ދިވެހި ރައްޔިތުންނަށް އިޢާދަކުރަން ދަތިއުނދަގޫ ބޮޑެތި ގެއްލުންތަކެއް ވާނެ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން އޭގެ ކުރިއަށްވެސް މި ސަރުކާރު ބަދަލުކުރަން ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ. 

ޔައުގޫބު އަބްދުﷲކުދި އަދި މެދު ފަންތީގެ ވިޔަފާރިރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

''މިހާރު ބާޒާރުމަތީ ފިހާރައިގެ ވިކުރާ ކޮންމެ މަހެއްގެ 5 ން ފެށިގެން ހީވަނީ ވަޅިއަކުން ކަނޑާ ވައްޓާލާ އެއްޗެއްހެން'': އިބޫ

''މިހާރު ބާޒާރުމަތީ ފިހާރައިގެ ވިކުރާ ކޮންމެ މަހެއްގެ 5 ން ފެށިގެން ހީވަނީ ވަޅިއަކުން ކަނޑާ ވައްޓާލާ އެއްޗެއްހެން'': އިބޫ

16 ޖެނުއަރީ 2026
2.0 ގެ ދަށުން ޑިޖިޓަލައިޒް ކުރާ ވަރަކަށް އިތުރުވަނީ ޑެސްކް!

2.0 ގެ ދަށުން ޑިޖިޓަލައިޒް ކުރާ ވަރަކަށް އިތުރުވަނީ ޑެސްކް!

15 ޖެނުއަރީ 2026
ކައުންސިލުން ބިން ދިނުމުން ވެސް ރ.ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި

ކައުންސިލުން ބިން ދިނުމުން ވެސް ރ.ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި

15 ޖެނުއަރީ 2026
ސަރުކާރުން އެދުނުގޮތަށް ބިން ދިނުމުން ވެސް 1 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އަދިވެސް ނުނިމޭ

ސަރުކާރުން އެދުނުގޮތަށް ބިން ދިނުމުން ވެސް 1 މަސް ދުވަހުގެ ތެރޭގައި ނިންމަން ބުނި ދުވާފަރު އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އަދިވެސް ނުނިމޭ

15 ޖެނުއަރީ 2026
ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު