Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމެރިކާ-ވެނެޒުއެލާ

އެމެރިކާ އިން ވެނެޒުއޭލާގެ ތެޔޮ ރަސްމީކޮށް ވިއްކަން ފަށައިފި

ވިއްކި ތެލުގެ އަގު 500 މިލިއަން އެމެރިކާ ޑޮލަރަށް އަރާ.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 06:48
ސާފު ނުކުރާ ތެޔޮ ބަރު ކޮށްފައިވާ ތެޔޮ ޓޭންކަރެއް ވެނެޒުއޭލާ ގައި ބަނދަރު ކޮށްފައި

ސާފު ނުކުރާ ތެޔޮ ބަރު ކޮށްފައިވާ ތެޔޮ ޓޭންކަރެއް ވެނެޒުއޭލާ ގައި ބަނދަރު ކޮށްފައި | ގެޓީ އިމޭޖަސް

އެމެރިކާ އިން ވެނެޒުއޭލާގެ ތެޔޮ ރަސްމީކޮށް ވިއްކަން ފަށައިފި އެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، ވެނެޒުއޭލާގެ ތެލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ވިއްކާލާފަ އެވެ. މި ވިޔަފާރީގެ އަގު 500 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ. ކުރިއަށް އޮތް ދުވަސްތަކާއި ހަފުތާތަކުގެ ތެރޭގައި އިތުރު ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާ އިން ވެނެޒުއޭލާ އަށް ހަމަލާދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރި ފަހުން، ވެނެޒުއޭލާގެ މުއްސަނދި ތެލުގެ ރިޒާވް ބޭނުންކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅު ވަނީ ވަރަށް ސާފުކޮށް ހާމަކުރައްވާފަ އެވެ.

ވެނެޒުއޭލާގެ ހަލާކުވެފައިވާ ހަކަތައިގެ ސިނާއަތް އަލުން އާރާސްތުކުރުމަށްޓަކައި، ތެޔޮ ކުންފުނިތަކުން މަދުވެގެން 100 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ވިދާޅުވި އެވެ. ނަމަވެސް، މި އަދަދަކީ ކޮން އުސޫލަކުން ނިންމާފައިވާ އަދަދެއްކަން ސާފެއް ނުވެ އެވެ.

ވެނެޒުއޭލާގެ ތެލުން މަންފާ ހޯދުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ މެދު، އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތަކުގެ ވެރިން ވަނީ މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޝައްކު އުފައްދާފައެވެ. އެގްސޮން މޮބިލް ގެ ސީ.އީ.އޯ ޑެރަން ވުޑްސް ވިދާޅުވި ގޮތުގައި، ވެނެޒުއޭލާ ގައި ވިޔަފާރި ކުރުމަށް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. އަދި އެތަނުގައި އިންވެސްޓްކޮށްގެން ލިބޭނެ މަންފާ ދެނެގަތުމަށްޓަކައި ވެސް ގާނޫނީ އަދި ވިޔަފާރީގެ ވަރުގަދަ އޮނިގަނޑުތަކެއް ގާއިމުކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެހެން ބައެއް ކުންފުނިތަކުގެ ވެރިން ވެސް ވަނީ ދާޚިލީ ހަމަނުޖެހުން ބޮޑު ވެނެޒުއޭލާ ގައި ވިޔަފާރިކުރުމަށް ފަސްޖެހޭކަން ހާމަކޮށްފަ އެވެ. ވައިޓް ހައުސް ގައި ބޭއްވި ދިގު ބައްދަލުވުމަކަށް ފަހު، އެ ގައުމުގައި ބިލިއަނުން އިންވެސްޓްކުރުމަށް އެއްވެސް ކުންފުންޏަކުން ރަސްމީކޮށް އެއްބަސްވެފައެއް ނުވެ އެވެ.

ތެލުގެ ފުރަތަމަ ވިޔަފާރިއާ ގުޅޭ ތަފުސީލުތައް ބުދަ ދުވަހާ ހަމައަށް މުޅިން ސާފުވެފައި ނުވި ނަމަވެސް، ވައިޓް ހައުސްގެ ތަރުޖަމާނު ޓޭލާ ރޮޖާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވެނެޒުއޭލާގެ ތެލުގެ އިންފްރާސްޓްރަކްޗާ އާރާސްތުކުރުމަށްޓަކައި މީގެ ކުރިން ނުކުރާ ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ތައްޔާރަށް ތިބި ކުންފުނިތަކާއެކު ޓްރަމްޕްގެ ޓީމުން އުންމީދީ މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

ރޮއިޓާސް ނިއުސް އޭޖެންސީން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ކެނެޑާ ފަދަ އެހެން ގައުމުތަކުގެ ތެލާ އަޅާބަލާއިރު، ވެނެޒުއޭލާގެ ސާފުނުކުރާ ތެޔޮ ވިޔަފާރިވެރިންނަށް ވިއްކަމުންދަނީ ވަރަށް ބޮޑު ޑިސްކައުންޓަކާ އެކުގަ އެވެ.

އެމެރިކާ-ވެނެޒުއެލާނިކޮލަސް މަދޫރޯރައީސް ޑޮނަލްޑް ޓްރަމްޕްއެކްސޯން މޮބިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

15 ޖެނުއަރީ 2026
75 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ ވިސާ ވަކި މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމައިފި

75 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ ވިސާ ވަކި މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމައިފި

14 ޖެނުއަރީ 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

14 ޖެނުއަރީ 2026
ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު