Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޓްރަމްޕް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައި. ޓްރަމްޕް ވިދާޅުވީ މުޒާހަރާ ކުރި މީހުން ދަންޖައްސަން ފަށައިފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި، މުޒާހަރާ ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 07:45
ފައިސާގެ އަގު ވެއްޓުމާ ގުޅިގެން ކުރިއަށް ދިޔަ މުޒާހަރާ ހަމަނުޖެހުންތަކަށް ބަދަލުވެ، އީރާނުގެ ތެހެރާނުގައި މަގުމަތީގައި ހުރި އުޅަނދުތަކެއްގައި ރޯކޮށްލާފައި - ޖެނުއަރީ 8، 2026.

ފައިސާގެ އަގު ވެއްޓުމާ ގުޅިގެން ކުރިއަށް ދިޔަ މުޒާހަރާ ހަމަނުޖެހުންތަކަށް ބަދަލުވެ، އީރާނުގެ ތެހެރާނުގައި މަގުމަތީގައި ހުރި އުޅަނދުތަކެއްގައި ރޯކޮށްލާފައި - ޖެނުއަރީ 8، 2026. | ރޮއިޓަސް

އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ވަރުގަދަ ފިޔަވަޅުތަކެއް" އަޅާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފަ އެވެ. އެއާ އެކު އަންގާރަ ދުވަހު އީރާނުން ބުނީ އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ގޮތުން ނުފޫޒު ފޯރުވުމަށް ބަހަނާއެއް ހޯދުމަށް ކަމަށެވެ.

އދ. ގައި ހުންނަ އީރާނުގެ މިޝަނުން 'އެކްސް' މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، އީރާނާމެދު އެމެރިކާ އިން ގެންގުޅޭ ސިޔާސަތުތަކަކީ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ބިރުދެއްކުމާއި، އަދި ރޭވުންތެރިކަމާއެކު ހަމަނުޖެހުން އުފައްދައިގެން އެގައުމުގެ ވެރިކަން ބަދަލުކުރުމަށް ކުރާ މަސައްކަތްތަކެކެވެ. އަދި މިއީ އަސްކަރީ ގޮތުން އީރާނަށް އަތްގަދަ ކުރުމަށްޓަކައި އެމެރިކާ އިން ބޭނުންކުރާ އުކުޅެއް ކަމަށާއި، މި ރޭވުންތައް އަނެއްކާ ވެސް ނާކާމިޔާބުވާނެ ކަމަށް އެ މިޝަނުން ބުނެފައިވެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވީ، އީރާނުގެ ސަރުކާރާ ދެކޮޅަށް ތެދުވި އާންމުން ހުއްޓުވުމަށްޓަކައި އެގައުމުގެ ކަމާބެހޭ ފަރާތްތަކުން މީހުން ދަންޖައްސަން ފަށައިފިނަމަ، އެމެރިކާ އިން އެކަމަށް ވަރަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

ސީ.ބީ.އެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި، ބުދަ ދުވަހު މީހުން ދަންޖައްސަން ފަށާފާނެ ކަމަށް ބުނެ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، "އެފަދަ ކަމެއް ކޮށްފިނަމަ އެމެރިކާ އިން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނަން،" ކަމަށެވެ.

އޮންލައިންކޮށް އާންމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، "އެތައް ހާސް ބަޔަކު މަރަމުންދާއިރު، މިހާރު ތިޔަ ބުނަނީ ދަންޖައްސާ ވާހަކަ. އެކަން އެމީހުންނަށް ނިމިގެންދާ ގޮތް އަޅުގަނޑުމެން ބަލާނަން،" ކަމަށެވެ.

މި އިންޓަވިއު ދެއްވާފައި ވަނީ އެމެރިކާގެ މިޗިގަން ސްޓޭޓްގެ ކާރުޚާނާއަކަށް ޒިޔާރަތް ކުރައްވައި، އިގްތިސާދާ ބެހޭގޮތުން ތަގުރީރެއް ދެއްވުމަށް ވަޑައިގެން އުޅުއްވަމުންނެވެ.

އެ ތަގުރީރުގައި ޓްރަމްޕް ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި ވިދާޅުވި ފަދައިން، އީރާނުގެ މުޒާހަރާ ކުރާ މީހުންނަށް "އެހީތެރިކަން ފޯރުކޮށްދޭނެ" ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފަ އެވެ. މީގެ އިތުރުން، އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ސީދާ އަދަދު ސާފުނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑަށް އެކި އަދަދުތައް އިވޭ. އެންމެ މީހަކު މަރުވުމަކީ ވެސް ބޮޑުވަރެއް. އެކަމަކު ބައެއް ފަހަރު އިވެނީ މަދު އަދަދުތަކެއް، އަދި އަނެއްބައި ފަހަރު އިވެނީ ވަރަށް ގިނަ އަދަދުތަކެއް،" ކަމަށެވެ.

އެމެރިކާ-އީރާންރައީސް ޑޮނަލްޑް ޓްރަމްޕްއީރާން މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟

އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟

13 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

13 ޖެނުއަރީ 2026
މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު