Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ެއެމެރިކާ-ވެނެޒުއެލާ

މަދޫރޯ ހައްޔަރު ކުރުމަށް އެމެރިކާ އިން ހިންގި އޮޕަރޭޝަންގައި ވެނެޒުއެލާގެ 47 ސިފައިންގެ އޮފިސަރުން މަރުވި

އޭގެ ތެރޭގައި ސިފައިންގެ 47 އޮފިސަރުން ހިމެނޭއިރު، އޭގެ ތެރޭގައި ނުވަ އަންހެން އޮފިސަރުން ހިމެނޭ ކަމަށް ހާމަ ކޮށްފައިވޭ. މީގެ އިތުރުން މަރުވި މީހުންގެ ތެރޭގައި ކިއުބާގެ 32 ސިފައިންގެ މީހުން ހިމެނޭ ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 07:13
އެމެރިކާ އިން ހިންގި އޮޕަރޭޝަންގައި މަރުވި ވެނެޒުއެލާގެ ސިފައިންގެ އޮފިސަރުންނަށް ހިތާމަ ފާޅު ކުރުމަށް ބޭއްވި ހަރަކާތުގައި ބައެއް ސިފައިންގެ އޮފިސަރުން ބައިވެރިވަނީ

އެމެރިކާ އިން ހިންގި އޮޕަރޭޝަންގައި މަރުވި ވެނެޒުއެލާގެ ސިފައިންގެ އޮފިސަރުންނަށް ހިތާމަ ފާޅު ކުރުމަށް ބޭއްވި ހަރަކާތުގައި ބައެއް ސިފައިންގެ އޮފިސަރުން ބައިވެރިވަނީ | ރޮއިޓަސް

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކުރުމަށް އެމެރިކާ އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ވެނެޒުއެލާގެ ސިފައިންގެ 47 އޮފިސަރުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ދިފާއީ ވަޒީރު ވްލަދިމިރް ޕަޑްރީނޯ ލޮޕޭޒް ވިދާޅުވެއްޖެ އެވެ. 

އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އެ ހާދިސާގައި މަރުވެފައި ވަނީ ސިފައިންގެ 23 އޮފިސަރުން ކަމަށެވެ. ނަމަވެސް، ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހު އެމެރިކާ އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ޖުމުލަ 83 މީހުން މަރުވެފައިވާ ކަމަށް ދިފާއީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

އޭގެ ތެރޭގައި ސިފައިންގެ 47 އޮފިސަރުން ހިމެނޭއިރު، އޭގެ ތެރޭގައި ނުވަ އަންހެން އޮފިސަރުން ހިމެނޭ ކަމަށް ހާމަ ކޮށްފައިވެ އެވެ. މީގެ އިތުރުން މަރުވި މީހުންގެ ތެރޭގައި ކިއުބާގެ 32 ސިފައިންގެ މީހުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ވެނެޒުއެލާގެ ރައީސް މަދޫރޯގެ ޕާސަނަލް ސެކިއުރިޓީ ޓީމުގައި ހިމެނޭ މެމްބަރުންނެވެ. 

އެ ހާދިސާގައި މަރުވި މީހުންނަށް އިޙުތިރާމް ކުރުމަށް ބޭއްވި ޙަރަކާތުގައި ޕަޑްރީނޯ ވިދާޅުވީ، ބޮލިވޭރިއަން ޤައުމީ ސިފައިންގެ ފިރިހެނުންނާއި އަންހެނުން ހަމަލާއާ ދެކޮޅަށް ކުރީ ކޮން ކަމެއްތޯ އެވެ. އެ މީހުން ވަނީ އެ މީހުންގެ ފުރާނަ ޤުރުބާން ކޮށްފައި ކަމަށާއި، ވަޠަނާއި ތާރީޚަށްޓަކައި ވެފައި ވަނީ ބޮޑު ޤުރުބާނީއެއް ކަމަށް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ދިފާއީ ވަޒިރު ވިދާޅުވީ އެ ހާދިސާގައި މަރުވި މީހުންގެ ހަނދާން އައު ކުރުމަށް، ހަނދާނީ ބިނާއެއް ޤާއިމު ކުރާނެ ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބުރާސްފަތި ދުވަހު ކިއުބާ އިން ވަނީ، ޖަނަވަރީ ތިން ވަނަ ދުވަހު ހިނގި ހާދިސާގައި މަރުވި ސިފައިންގެ 32 މީހުންގެ ހަށިގަނޑު ލިބިފައިވާ ކަމަށް ބުނެފަ އެވެ. 

ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާ އިން ހިންގި އެ އޮޕަރޭޝަންގައި 112 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. އެ އޮޕަރޭޝަން ފަށާފައި ވަނީ ސިފައިންގެ ޓާގެޓު ތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާ ތަކެއް ދިނުމަށް ފަހު އެވެ. އަދި އެ އޮޕަރޭޝަން ނިމުނީ އެމެރިކާގެ ސިފައިން ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކޮށްގެންނެވެ. ހެލިކޮޕްޓަރުގައި މަދޫރޯގެ ރަސްމީ ގެކޮޅަށް ފައިބައި، ސިފައިން ވަނީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފަ އެވެ. 

އެމެރިކާގެ ހަމަލާގައި އާންމުންގެ ތެރެއިން މަރުވެފައި ވަނީ ކިތަން މީހުން ކަމެއް، ވެނެޒުއެލާގެ އިދާރާ ތަކުން މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. އެ ޤައުމުގެ އިންޓީރިއާ މިނިސްޓަރު ޑިއޮސްޑާޑޯ ކަބެއްލޯ ވިދާޅުވީ، ބައެއް މީހުން ކުދި ކުދި ވެފައިވާތީ، ޑީއެންއޭ ޓެސްޓު ހަދައިގެން ދެނެގަތުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

އެމެރިކާ އިން ހިންގި މި އޮޕަރޭޝަންގައި މަރުވި މީހުންގެ ހިތާމައިގައި ވެނެޒުއެލާ އިން ވަނީ ހިތާމަ ފާޅު ކުރުމަށް ހަތް ދުވަސް ކަނޑައަޅައިފަ އެވެ. މަދޫރޯ ހައްޔަރު ކޮށްގެން ގެންދިޔުމުގައި އެމެރިކާގެ ސީއައިއޭ އިން އިސް ދައުރެއް އަދާ ކޮށްފައިވާއިރު، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް އާއި، ސީއައިއޭގެ ޑިރެކްޓަރު ބައްދަލު ކުރައްވާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

ނިކޮލަސް މަދޫރޯވެނެޒުއޭލާއެމެރިކާ-ވެނެޒުއެލާވްލަދިމިރް ޕަޑްރީނޯ ލޮޕޭޒްކިއުބާޑެލްސީ ރޮޑްރިގޭޒް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު، ވެނެޒުއެލާގެ ވަގުތީ ރައީސްއާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު، ވެނެޒުއެލާގެ ވަގުތީ ރައީސްއާ ބައްދަލު ކުރައްވައިފި

17 ޖެނުއަރީ 2026
ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

15 ޖެނުއަރީ 2026
 އެމެރިކާ އިން ވެނެޒުއޭލާގެ ތެޔޮ ރަސްމީކޮށް ވިއްކަން ފަށައިފި

އެމެރިކާ އިން ވެނެޒުއޭލާގެ ތެޔޮ ރަސްމީކޮށް ވިއްކަން ފަށައިފި

15 ޖެނުއަރީ 2026
"ލަދުކުޑަ" އެމެރިކާ އިން ގެންދަނީ އދ. ގެ އަގު ވައްޓާލަމުން: އުތުރު ކޮރެއާ

"ލަދުކުޑަ" އެމެރިކާ އިން ގެންދަނީ އދ. ގެ އަގު ވައްޓާލަމުން: އުތުރު ކޮރެއާ

13 ޖެނުއަރީ 2026
ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ

ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު