Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި

ސަލާމަތީ އެލާޓެއްގައި ސްޓޭޓް ޑިޕާޓްމަންޓް އިން ބުނީ، ވެނެޒުއެލާގެ ސަލާމަތީ ޙާލަތު މިހާރު ވެސް އޮތީ ބަދަލު ވަމުން އަންނަ ޙާލަތެއްގައި ކަމަށް. އެމެރިކާ އިން މިހެން އަންގާފައިވާއިރު، އެ ޤައުމުގެ އަސްކަރިއްޔާ އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފައި ހުންނަތާ މިހާރު ހަފުތާއެއް ވެއްޖެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 06:42
ވެނެޒުއެލާގެ ސަލާމަތީ އޮފިޝަލުން ތަކެއް، ވެހިކަލް ތަކެއްގެ ކައިރީގައި މަޑު ކޮށްލައިގެން

ވެނެޒުއެލާގެ ސަލާމަތީ އޮފިޝަލުން ތަކެއް، ވެހިކަލް ތަކެއްގެ ކައިރީގައި މަޑު ކޮށްލައިގެން | އޭއެފްޕީ

ވެނެޒުއެލާގައި ދިރި އުޅެމުން އަންނަ އެމެރިކާގެ ރައްޔިތުން، ވަގުތުން އެ ޤައުމުން ފޭބުމަށް އެމެރިކާ އިން އަންގައިފި އެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ، ވެނެޒުއެލާގައި ތިބި އެމެރިކާގެ އެންމެހާ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އިލްތިމާސް ކޮށްފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓް އިން މިހެން އަންގާފައި ވަނީ، ވެނެޒުއެލާގެ ސިޓީ ތަކުގައި ހަތިޔާރު އެޅި އޮފިޝަލުން އެމެރިކާގެ ރައްޔިތުން ހޯދަމުން އަންނަ ކަމަށް ބުނެ އެވެ. އެކަމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތި ވެދާނެތީ، ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ އެކަން އަންގައިފަ އެވެ.

ސަލާމަތީ އެލާޓެއްގައި ސްޓޭޓް ޑިޕާޓްމަންޓް އިން ބުނީ، ވެނެޒުއެލާގެ ސަލާމަތީ ޙާލަތު މިހާރު ވެސް އޮތީ ބަދަލު ވަމުން އަންނަ ޙާލަތެއްގައި ކަމަށެވެ. އެމެރިކާ އިން މިހެން އަންގާފައިވާއިރު، އެ ޤައުމުގެ އަސްކަރިއްޔާ އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފައި ހުންނަތާ މިހާރު ހަފުތާ އެއް ވެއްޖެ އެވެ. 

މީގެ އިތުރުން ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައި ވަނީ، ވެނެޒުއެލާ ގައި ބައިނަލްއަޤުވާމީ ފްލައިޓުތައް އަލުން ފަށާފައިވާތީ، އެ ޤައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން ފޭބުމަށް އެދޭ ކަމަށެވެ. ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ އެކަމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފަ އެވެ. 

މި ޙާލަތު މެދުވެރިވެފައި ވަނީ، ވެނެޒުއެލާ ގައި ސިޔާސީ ހަމަ ނުޖެހުން އިތުރުވެ، އެ ޤައުމުގެ ސަރުކާރާއި އެމެރިކާއާ ދެމެދު ގުޅުން އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާ އިން ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި ފަހުން، މަދޫރޯގެ ސަރުކާރަށް ތާއީދު ކުރާ ވެނެޒުއެލާގެ ބައެއް ރައްޔިތުން އަންނަނީ އެ ޤައުމުގައި އުޅޭ އެމެރިކާ އާއި އެހެން ޤައުމު ތަކުގެ ރައްޔިތުންނަށް އަމާޒުކޮށް ނުރައްކާތެރި ކަންތައް ތަކެއް ހިންގަމުންނެވެ. 

މީގެ އިތުރުން މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ވެނެޒުއެލާގެ ސަލާމަތީ ޙާލަތު އިތުރަށް ގޯސްވެފައިވާއިރު، އެ ޤައުމުގައި ތިބި އެހެން ޤައުމު ތަކުގެ ރައްޔިތުންނަށް މިހާރު އިތުރު ނުރައްކާތެރި ކަމެއް ކުރިމަތި ވެދާނެ ކަމަށެވެ. ޚާއްސަކޮށް އެމެރިކާގެ ރައްޔިތުންނަށް އޮތް ނުރައްކާ އިތުރުވެފައިވާ ކަމަށާއި، އެ މީހުން ވީހާ ވެސް އަވަހަށް ސަލާމަތް ހޯދުން މުހިންމު ކަމަަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް، އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފަ އެވެ. މިވަގުތު އެ ދެމަފިރުން އެމެރިކާގެ ބެލުމުގެ ދަށުގައި ތިބިއިރު، އެމެރިކާގައި ދެމަފިރިންގެ މައްޗަށް ވަނީ ޝަރީއަތް ފަށައިފަ އެވެ. 

ވެނެޒުއޭލާއެމެރިކާނިކޮލަސް މަދޫރޯސްޓޭޓް ޑިޕާޓްމަންޓްރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ވެނެޒުއެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

11 ޖެނުއަރީ 2026
އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި

އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި

10 ޖެނުއަރީ 2026
ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި

ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި

10 ޖެނުއަރީ 2026
މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު