Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއެލާ

ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ

13 ޖެނުއަރީ 2026 | އަންގާރަ 04:03

ވައިޓް ހައުސްގެ އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުންް ވިދާޅުވެފައި ވަނީ، ބުރާސްފަތި ދުވަހު ޓްރަމްޕް މަޗާޑޯއާ ބައްދަލު ކުރައްވާނެ ކަމަށް. އަދި އެ ބައްދަލުވުން އޮންނާނެ ކަމަށް ބެލެވެނީ ވައިޓް ހައުސްގައި ކަމަށް ބުނެފައި ވީ ނަަމަވެސް، ބައްދަލުވުން އޮންނާނެ ސީދާ ތަނެއް ކަށަވަރުވެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖެނުއަރީ 2026 | އަންގާރަ 04:03
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ވެނެޒުއެލާގެ މަޗާޑޯ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ވެނެޒުއެލާގެ މަޗާޑޯ | ރޮއިޓަސް

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ މި ހަފުތާގެ ބުރާސްފަތި ދުވަހު ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ. 

އެކަން ހާމަ ކޮށްފައި ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިންނެވެ. ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވާ މި ވަގުތަކީ، އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު ގިނަ ކަންތައް ތަކެއް ހިނގަމުން އަންނަ ވަގުތެކެވެ. އެގޮތުން އެމެރިކާ އިން ވަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަނުން ހައްޔަރު ކޮށްފަ އެވެ. 

މަދޫރޯ ހައްޔަރު ކުރުމާ އެކު، އޭނާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ ހުވާ ކުރައްވައިފަ އެވެ. އެއަށް ފަހު ވެނެޒުއެލާގެ ވަގުތީ ސަރުކާރުން އެމެރިކާ އާއެކު މަސައްކަތް ކުރަމުން އަންނައިރު، މަޗާޑޯ އާއި އޭނާގެ ބައިވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

ވައިޓް ހައުސްގެ އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުންް ވިދާޅުވެފައި ވަނީ، ބުރާސްފަތި ދުވަހު ޓްރަމްޕް މަޗާޑޯއާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުން އޮންނާނެ ކަމަށް ބެލެވެނީ ވައިޓް ހައުސްގައި ކަމަށް ބުނެފައި ވީ ނަަމަވެސް، ބައްދަލުވުން އޮންނާނެ ސީދާ ތަނެއް ކަށަވަރުވެފައި ނުވެ އެވެ. 

ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވާއިރު، މަދޫރޯ ހައްޔަރު ކުރި ފަހުން މަޗާޑޯ ވިދާޅުވެފައި ވަނީ ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭ ފަރާތަކީ އޭނާ ކަމަށެވެ. އަދި އޭނާ އާއި އޭނާގެ ބައިވެރިން ތިބީ އެކަމަށް ތައްޔާރަށް ކަމަށް ހާމަ ކުރައްވާފައިވެ އެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވެފައި ވަނީ މަޗާޑޯ އަކީ ވެނެޒުއެލާގެ ވެރިކަން ކުރެވޭނެ ބޭފުޅެއް ނޫން ކަމަށާއި، އޭނާ އަކީ ވެނެޒުއެލާގެ ރައްޔިތުންގެ ތާއީދު އޮތް ލީޑަރެއް ނޫން ކަމަށެވެ. 

ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާގެ އަސްކަރިއްޔާ އިން މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، މަޗާޑޯ ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެކަމުގައި އެމެރިކާ އާއި ޓްރަމްޕްގެ ފަރާތުން ފެނިފައިވާ ހިތްވަރާއި، ސާބިތު ކަމަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް މަޗާޑޯ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ ނޯބެލް ސުލްޙައިގެ އިނާާމު ވެސް މަޗާޑޯ ހާސިލު ކުރައްވާފައިވާއިރު، އެ އެވޯޑު ވެސް އޭނާ ހޯއްދެވީ ޓްރަމްޕްއާ ވާދަކުރައްވަ އެވެ.

މަސްދަރު: ރޮއިޓާސް

ރައީސް ޑޮނަލްޑް ޓްރަމްޕްމަރީއާ ކޮރީނާ މަޗާޑޯނިކޮލަސް މަދޫރޯއެމެރިކާ-ވެނެޒުއެލާވައިޓް ހައުސް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2026

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

12 ޖެނުއަރީ 2026
އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ
12 ޖެނުއަރީ 2026

އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖެނުއަރީ 2026
އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 ޖެނުއަރީ 2026

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި

12 ޖެނުއަރީ 2026
ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި
11 ޖެނުއަރީ 2026

ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"

11 ޖެނުއަރީ 2026
ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"
11 ޖެނުއަރީ 2026

އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

11 ޖެނުއަރީ 2026
އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި
11 ޖެނުއަރީ 2026

މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން

11 ޖެނުއަރީ 2026
މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން
11 ޖެނުއަރީ 2026

ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި

11 ޖެނުއަރީ 2026
ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި
11 ޖެނުއަރީ 2026

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

11 ޖެނުއަރީ 2026
އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް
10 ޖެނުއަރީ 2026

އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި

10 ޖެނުއަރީ 2026
އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި
10 ޖެނުއަރީ 2026

ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި

10 ޖެނުއަރީ 2026
ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް