Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ- އެމެރިކާ

"ލަދުކުޑަ" އެމެރިކާ އިން ގެންދަނީ އދ. ގެ އަގު ވައްޓާލަމުން: އުތުރު ކޮރެއާ

އެމެރިކާ އިން ހިންގަނީ ލަދުކުޑަ، ޣައިރު ގާނޫނީ އަދި އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ކަމަށާއި، އަމިއްލަ އެދުމަށްޓަކައި އދ. އަކީ ހަޖުލަކަށް ހަދަން އެމެރިކާ އިން މަސައްކަތް ކުރާ ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 08:45
އުތުރު ކޮރެއާގެ ގައުމީ ދިދަ

އުތުރު ކޮރެއާގެ ގައުމީ ދިދަ | ގެޓީ އިމޭޖަސް

 "ލަދުކުޑަ" އެމެރިކާ އިން އދ. ގެ އަގުވައްޓާލުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެ، އުތުރު ކޮރެއާ އިން އެމެރިކާ ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

އދ. ގެ ނިޒާމަށް ހުރަސްއެޅޭ ގޮތަށް އެމެރިކާ އިން ކުރަމުންދާ އަމަލުތައް ކުށްވެރިކޮށް، އެމެރިކާ އިން ހިންގަނީ "ބިރުވެރި ޖަރީމާ އެއް" ކަމަށް އުތުރު ކޮރެއާ އިން ވަނީ ތުހުމަތުކޮށްފަ އެވެ. ނިއުޔޯކު ގައި ހުންނަ އުތުރު ކޮރެއާގެ މިޝަނުން ނެރުނު ބަޔާނެއްގައި، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވި ކަމަށް ބުނެ ބްރީފިން އެއް ބޭއްވުމަށް ރާވާފައިވާތީ އެކަމަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މި ބަޔާން އާންމުކޮށްފައި ވަނީ އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކަމަށްވާ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) މެދުވެރިކޮށެވެ.

އުތުރު ކޮރެއާ އިން ބުނި ގޮތުގައި، އދ. ގައި މިހާރު ސުވާލުކޮށް ފާޅުގައި މަޝްވަރާ ކުރަންޖެހޭ އެންމެ މުހިންމު މައްސަލަ އަކީ އެމެރިކާ އިން ހިންގަމުންދާ ނުރައްކާތެރި ޖަރީމާތަކެވެ. އަދި އެމެރިކާ އަކީ އދ. އުފެދިފައި އޮތުމަށް ވެސް އިހުތިރާމު ކުރާ ބައެއް ނޫން ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

އުތުރު ކޮރެއާގެ މިޝަނުން އެމެރިކާ އަށް ފާޑުކިޔާފައި ވަނީ  ކޮން އަމަލަކަށް ކަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، މި ބަޔާން ނެރެފައި ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާ އިން ހައްޔަރުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މަދޫރޯ ހައްޔަރުކުރުމުގެ ހަރަކާތަކީ އުތުރު ކޮރެއާގެ ލީޑަރޝިޕަށް އޮތް ބިރުވެރި އިންޒާރެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. ސަބަބަކީ، ވެރިކަން ވައްޓާލުމަށް އެމެރިކާ އިން ދީފާނެ މިފަދަ ކުއްލި ހަމަލާއަކަށް އުތުރު ކޮރެއާ އިން އަބަދުވެސް ކަންބޮޑުވާތީ ކަމަށްވެ އެވެ.

"ޖިއޮޕޮލިޓިކަލް މަސްލަހަތު ހާސިލުކުރުމަށްޓަކައި އދ. ބޭނުން ނަހަމަ ގޮތުގައި ކުރުމަށް އެމެރިކާ އިން ކުރާ މަސައްކަތްތަކަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ،" އުތުރު ކޮރެއާގެ މިޝަނުން ބުނެފައިވެ އެވެ. މީގެ އިތުރުން، އެމެރިކާ އިން ހިންގަނީ ލަދުކުޑަ، ޣައިރު ގާނޫނީ އަދި އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ކަމަށާއި، އަމިއްލަ އެދުމަށްޓަކައި އދ. އަކީ ހަޖުލަކަށް ހަދަން އެމެރިކާ އިން މަސައްކަތް ކުރާ ކަމަށް ވެސް އެ ގައުމުން ވަނީ ތުހުމަތުކޮށްފަ އެވެ.

މިދިޔަ ހަފުތާގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާގެ މަސްލަހަތާ ފުށުއަރާ ކަމަށް ބުނެ އދ. ގެ ބައެއް ޖަމިއްޔާތަކުން އެމެރިކާ ވަކިވާނެކަން އިއުލާނު ކުރައްވާފަ އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އެ ގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

މަސްދަރު: އޭއެފްޕީ

އުތުރު ކޮރެއާ-އެމެރިކާޔޫއެންނިކޮލަސް މަދޫރޯވެނެޒުއޭލާ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ

13 ޖެނުއަރީ 2026
ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ
12 ޖެނުއަރީ 2026

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި

12 ޖެނުއަރީ 2026
ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި
11 ޖެނުއަރީ 2026

މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން

11 ޖެނުއަރީ 2026
މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން
11 ޖެނުއަރީ 2026

ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި

11 ޖެނުއަރީ 2026
ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި
10 ޖެނުއަރީ 2026

އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި

10 ޖެނުއަރީ 2026
އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި
10 ޖެނުއަރީ 2026

ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި

10 ޖެނުއަރީ 2026
ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި
10 ޖެނުއަރީ 2026

މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
09 ޖެނުއަރީ 2026

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް
09 ޖެނުއަރީ 2026

ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ

09 ޖެނުއަރީ 2026
ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ
09 ޖެނުއަރީ 2026

އޮލީނާ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފި

09 ޖެނުއަރީ 2026
އޮލީނާ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު