Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއެލާ

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި

12 ޖެނުއަރީ 2026 | ހޯމަ 06:48

އެ ފޮޓޯގައި ލިޔެފައި ވަނީ، ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ ޓްރަމްޕް ކަމަށް. ހަމަ އެހެންމެ، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ރައީސް ކަމުގައި ހުންނަވަނީ ޓްރަމްޕް ކަމަށް ވެސް ލިޔެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2026 | ހޯމަ 06:48
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ލިޔެފައި ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ލިޔެފައި ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް | ގެޓީ އިމޭޖަސް

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ބުނާ ފޮޓޯއެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް ޕޯސްޓު ކުރައްވައިފި އެވެ.

ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފަ އެވެ. މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާ އިން ހައްޔަރު ކޮށްފައިވާއިރު، އެ ދެމަފިރިން މިހާރު ތިބީ އެމެރިކާގެ ހައްޔަރުގައި، ނިއު ޔޯކުގައި ހުންނަ ޖަލެއްގަ އެވެ. މަދޫރޯ އާއި އޭނާގެ އަނބިކަނބަލުންނާ ދެކޮޅަށް އެމެރިކާގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.

އެމެރިކާ އިން މަދޫރޯ ހައްޔަރު ކުރުމާ އެކު، އެ ޤައުމުގެ ސުޕްރީމް ކޯޓުން ވަނީ ވަގުތީ ރައީސް އަކީ މަދޫރޯގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ކަމަށް ކަނޑައަޅައިފަ އެވެ. އެއާއެކު، ޑެލްސީ ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސްގެ ހުވާ ކުރައްވައިފަ އެވެ. އަދި އިދާރީ ގޮތުންނާއި، ދިފާއީ ގޮތުން އަދި އެހެނިހެން ގޮތް ގޮތުން ވެނެޒުއެލާގެ ކަންކަން ކުރުމުގެ ޒިންމާ އޮތީ ޑެލްސީ އަށެވެ.

މަދޫރޯ ހައްޔަރު ކުރުމަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، ވެނެޒުއެލާގެ ކަންކަން ކުރިއަށް ގެންދާނީ އެމެރިކާ އިން ކަމަށެވެ. އެގޮތުން އެމެރިކާގެ ސަރުކާރުން ކަނޑައަޅާ ޓީމެއްގެ ބެލުމުގެ ދަށުން ވެނެޒުއެލާގެ ހިންގުން ކުރިއަށް ގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ހަމަ އެއާ އެކު، ވެނެޒުއެލާގެ ތެލުގެ ސިނާއަތް ކުރިއަށް ގެންދާނީ އެމެރިކާ އިން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެމެރިކާ އިން މަދޫރޯ ހައްޔަރު ކޮށްފައި ހުންނަތާ ހަފުތާ އަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހޯމަ ދުވަހު ޓްރަމްޕް ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ބުނާ ފޮޓޯއެއް ޓްރަމްޕް ވަނީ، އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި އެ ފޮޓޯ ޕޯސްޓު ކުރައްވައިފަ އެވެ.

އެ ފޮޓޯގައި ލިޔެފައި ވަނީ، ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ ޓްރަމްޕް ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ ޓްރަމްޕް ކަމަށް ލިޔެފައިވެ އެވެ. ހަމަ އެހެންމެ، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ރައީސް ކަމުގައި ހުންނަވަނީ ޓްރަމްޕް ކަމަށް ވެސް ލިޔެފައިވެ އެވެ. އަދި އޭނާގެ ނައިބު ރައީސް ޖޭޑީ ވޭންސްގެ މައުލޫމާތު ވެސް ފޮޓޯގައި ފެންނަން ހުރެ އެވެ. 

މީގެ އިތުރުން ޓްރަމްޕް އަކީ އެމެރިކާގެ 45 ވަނަ އަދި 47 ވަނަ ރައީސް ކަމަށް ވެސް ލިޔެފައިވެ އެވެ. 

ޓްރަމްޕް މިފަދަ ޕޯސްޓެެއް ކުރައްވާފައިވާއިރު، މީގެ ކުރިން ވެސް އެކި އެކި ކަންކަމާ ގުޅޭ ގޮތުން ޓްރަމްޕް ވަނީ މި ބާވަތުގެ ޕޯސްޓު ކުރައްވައިފަ އެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އެއާ ފޯސް ވަން އަށް އަރާވަޑައިގެންނެވުމުގެ ތެރޭގައި ވެއްޓޭއިރު، އެ މަންޒަރު ހިމަނައިގެން ވެސް ޓްރަމްޕް ވަނީ ޕޯސްޓުތައް ކުރައްވައިފަ އެވެ.

ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ވެނެޒުއެލާގެ ވަގުތީ ސަރުކާރުން އަންނަނީ އެމެރިކާއާ އެކު މަސައްކަތް ކުރަމުންނެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯވެނެޒުއޭލާއެމެރިކާޑެލްސީ ރޮޑްރިގޭޒްއެމެރިކާ-ވެނެޒުއެލާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"

11 ޖެނުއަރީ 2026
ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"
11 ޖެނުއަރީ 2026

އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

11 ޖެނުއަރީ 2026
އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި
11 ޖެނުއަރީ 2026

މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން

11 ޖެނުއަރީ 2026
މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން
11 ޖެނުއަރީ 2026

ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި

11 ޖެނުއަރީ 2026
ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި
11 ޖެނުއަރީ 2026

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

11 ޖެނުއަރީ 2026
އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް
10 ޖެނުއަރީ 2026

އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި

10 ޖެނުއަރީ 2026
އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި
10 ޖެނުއަރީ 2026

ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި

10 ޖެނުއަރީ 2026
ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި
10 ޖެނުއަރީ 2026

މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 ޖެނުއަރީ 2026

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

10 ޖެނުއަރީ 2026
ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު
10 ޖެނުއަރީ 2026

ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް