Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

މުޒާހަރާ ކުރާ މީހުންނަށް އެމެރިކާގެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ ދެއްވާފަ.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 15:35
މެރިން ވަން ރިޔާސީ ހެލިކޮޕްޓަރަށް އެރުމުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ - ޖޫން 24، 2025

މެރިން ވަން ރިޔާސީ ހެލިކޮޕްޓަރަށް އެރުމުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ - ޖޫން 24، 2025 | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށާއި ދައުލަތުގެ ތަންތަން ހިފުމަށް އަންގާރަ ދުވަހު ގޮވާލައްވައިފި އެވެ.

އަދި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ. ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ ދެކެ ލޯބިވާ އެ ގައުމުގެ ރައްޔިތުން ހުއްޓާ ނުލާ މުޒާހަރާތައް ކުރިއަށް ގެންދިއުމަށާއި ދައުލަތުގެ ދައުލަތުގެ މުއައްސަސާތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށެވެ.

"އެހީތެރިކަން މި އަންނަނީ،" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، މުޒާހަރާގެ ބައިވެރިން "މާނަ އެއް ނެތް ގޮތުގައި މެރުން" ހުއްޓާލަންދެން، އީރާނުގެ ސަރުކާރުގެ އޮފިޝަލުންނާއެކު ބާއްވަން ހަމަޖެހިފައިވާ ހުރިހާ ބައްދަލުވުންތަކެއް ކެންސަލް ކުރައްވާފައިވާ ކަމަށްވެސް ރައީސް ޓްރަމްޕް ހާމަކުރެއްވި އެވެ.

މަސްދަރު: ރޮއިޓާސް

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-އީރާންއީރާން މުޒާހަރާ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

އީރާނަށް ދެވިދާނެ ހަމަލާތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި

13 ޖެނުއަރީ 2026
އީރާނަށް ދެވިދާނެ ހަމަލާތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި
13 ޖެނުއަރީ 2026

އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފުރަން އަންގައިފި

13 ޖެނުއަރީ 2026
އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފުރަން އަންގައިފި
13 ޖެނުއަރީ 2026

އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

13 ޖެނުއަރީ 2026
އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި
13 ޖެނުއަރީ 2026

ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

13 ޖެނުއަރީ 2026
ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ
13 ޖެނުއަރީ 2026

ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ

13 ޖެނުއަރީ 2026
ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު