Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

28 މެއި 2026 | ބުރާސްފަތި 05:14

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ، އީރާން އިން އޮތީ އެމެރިކާ އާއެކު އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ބޭނުން ވެފައި ކަމަށް. ނަމަވެސް މިހާތަނަށް އެދެވޭ ނަތީޖާ އަކާ ހަމައަށް ދެވިފައި ނުވާ ކަމަށާއި، އެއްބަސްވުމުގެ ކަންކަން މިހާރު ހުރި ގޮތުން އެމެރިކާ ހިތްހަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2026 | ބުރާސްފަތި 05:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އާއެކު އެކުލަވާލުމަށް މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ އަދި ހިތްހަމަ ނުޖެހޭ ކަމަށާއި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކަށް ލުއި ދިނުމާ މެދު މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ، އީރާން އިން އޮތީ އެމެރިކާ އާއެކު އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ބޭނުން ވެފައި ކަމަށެވެ. ނަމަވެސް މިހާތަނަށް އެދެވޭ ނަތީޖާ އަކާ ހަމައަށް ދެވިފައި ނުވާ ކަމަށާއި، އެއްބަސްވުމުގެ ކަންކަން މިހާރު ހުރި ގޮތުން އެމެރިކާ ހިތްހަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާ ބޭނުންވާ ގޮތަށް ކަންކަން ހަމަޖެހިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެހެން ނޫން ނަމަ އެ މަސައްކަތް އެއްކޮށް ނިންމާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފައި އެވެ.

އީރާން އާއެކު އެކުލަވާލުމަށް މަސައްކަތް ކުރާ އޮނިގަނޑުގެ ދަށުން ހޮރްމޫޒް ކަނޑު އޮޅި ވަގުތުން ހުޅުވާލެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އެ ސަރަހައްދުގެ ކޮންޓްރޯލް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން އެ ސަރަހައްދު ބަލަހައްޓާނެ ކަމަށާއި، ނަމަވެސް އެއްވެސް ބަޔަކަށް އެތަން ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. މިއީ މިހާރު ކުރިއަށްދާ މަޝްވަރާ ތަކުގެ މުހިންމު ބައެއް ކަމަށާއި، އީރާން އިން އެ ސަރަހައްދު ކޮންޓްރޯލް ކުރަން ބޭނުންވި ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން އީރާން އިން ރައްކާ ކޮށްފައިވާ މަތީ މިންވަރަކަށް ފައްކާ ކޮށްފައިވާ ޔުރޭނިއަމްގެ ރަސްމީ ރިޒާވް، ރަޝިޔާ ނުވަތަ ޗައިނާއާ ހަވާލު ކުރުމަކީ ވެސް އެމެރިކާ އިން ރުހޭ ކަމެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާން އާއެކު ކުރިއަށްދާ މަޝްވަރާ ތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުން ތަކެއް ލިބެމުންދާ ކަމަށެވެ. އަދި މަޝްވަރާ ތަކަށް ދެ ފަރާތުން ވެސް ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ރޫބިއޯ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ގަޑިއިރުތަކާއި ދުވަސް ތަކުގެ ތެރޭގައި އިތުރު ކުރި އެރުމެއް ލިބޭތޯ ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ

އިތުރަށް ކިޔާލަން

27 މެއި 2026

ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން

27 މެއި 2026
ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން
27 މެއި 2026

އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ

27 މެއި 2026
އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ
27 މެއި 2026

އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް

27 މެއި 2026
އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް
27 މެއި 2026

ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި

27 މެއި 2026
ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި
27 މެއި 2026

ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި

27 މެއި 2026
ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި
27 މެއި 2026

ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް

27 މެއި 2026
ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް
27 މެއި 2026

ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ

27 މެއި 2026
ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ
26 މެއި 2026

ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން

26 މެއި 2026
ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން
26 މެއި 2026

ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި

26 މެއި 2026
ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި
26 މެއި 2026

ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް

26 މެއި 2026
ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް