Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަމާސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

ޓެލެގްރާމް މެދުވެރިކޮށް އިޒްރޭލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަންގާރަ ދުވަހު ޣައްޒާގެ ދެކުނުގެ ސަރަހައްދު ތަކަށް ދިން ހަމަލާއެއްގައި ޝަހީދު ކޮށްލާފައި ވަނީ ހަމާސްގެ ނުޚްބާ ސެލްގެ ކޮމާންޑަރެއް ކަމަށްވާ ސަޤްރު އަބޫ ކަރީމް ކަމަށް. އިޒްރޭލް އިން ތުހުމަތު ކުރާ ގޮތުގައި އޭނާ އަކީ ކިސޫފިމް ސަރަހައްދަށް ހަމަލާ ދިން ހަނގުރާމަވެރިންގެ އިސް މީހާ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2026 | އާދީއްތަ 08:57
އިޒްރޭލްގެ ހަމަލާ ތަކުގައި މީގެ ކުރިން ޝަހީދު ކޮށްލި ހަމާސްގެ ކޮމާންޑަރެއްގެ ޖަނާޒާގެ ތެރެއިން (ފައިލް ފޮޓޯ).

އިޒްރޭލްގެ ހަމަލާ ތަކުގައި މީގެ ކުރިން ޝަހީދު ކޮށްލި ހަމާސްގެ ކޮމާންޑަރެއްގެ ޖަނާޒާގެ ތެރެއިން (ފައިލް ފޮޓޯ). | ރޮއިޓާސް

ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ހާމަ ކޮށްފި އެވެ.

ޓެލެގްރާމް މެދުވެރިކޮށް އިޒްރޭލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަންގާރަ ދުވަހު ޣައްޒާގެ ދެކުނުގެ ސަރަހައްދު ތަކަށް ދިން ހަމަލާއެއްގައި ޝަހީދު ކޮށްލާފައި ވަނީ ހަމާސްގެ ނުޚްބާ ސެލްގެ ކޮމާންޑަރެއް ކަމަށްވާ ސަޤްރު އަބޫ ކަރީމް ކަމަށެވެ. އިޒްރޭލް އިން ތުހުމަތު ކުރާ ގޮތުގައި އޭނާ އަކީ ކިސޫފިމް ސަރަހައްދަށް ހަމަލާ ދިން ހަނގުރާމަވެރިންގެ އިސް މީހާ އެވެ. 

މީގެ އިތުރުން މި ހަމަލާގައި ހަމާސްގެ މުވާސަލާތީ ކަންކަމާ ބެހޭ އޮޕަރޭޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރާ އެހެން މެމްބަރަކު ވެސް ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ވަނީ ބުނެފައި އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ހަމާސްގެ ފަރާތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

އިޒްރޭލް އިން ޣައްޒާގެ އެކި ސަރަހައްދު ތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ހަމާސްގެ އިސްވެރިންނާއި ކޮމާންޑަރުންނަށް އަމާޒުކޮށް ގިނަ ހަމަލާ ތަކެއް ދަނީ ދެމުންނެވެ. މި ހަމަލާ ތަކުގައި ޣައްޒާގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު ވެސް ދަނީ ޝަހީދު ކުރަމުންނެވެ. 

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލް އިން ޣައްޒާގައި ދެމުން އަންނަ ހަމަލާ ތަކުގައި މިހާތަނަށް 72000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފަ އެވެ. އިޒްރޭލްގެ ހަމަލާ ތަކުގައި ޣައްޒާގެ ބޮޑު ބައެއް ސުންނާފަތި ވެފައިވާއިރު، ކޮންމެ ދުވަހަކު ވެސް އިޒްރޭލް އިން އަންނަނީ އެތައް ހަމަލާ ތަކެއް ދެމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

ޣައްޒާޣައްޒާ ހަނގުރާމަހަމާސް

އިތުރަށް ކިޔާލަން

03 ޖޫން 2026

ޣައްޒާގައި ޚިދުމަތްކުރި ސާޖަން ހަމާވީ، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކޮށްފި

03 ޖޫން 2026
ޣައްޒާގައި ޚިދުމަތްކުރި ސާޖަން ހަމާވީ، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކޮށްފި
29 މެއި 2026

ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި

29 މެއި 2026
ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި
28 މެއި 2026

އިޒްރޭލުން އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ހުރިހާ ގުޅުމެއް ކަނޑާލައިފި

28 މެއި 2026
އިޒްރޭލުން އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ހުރިހާ ގުޅުމެއް ކަނޑާލައިފި
28 މެއި 2026

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި

28 މެއި 2026
ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި
27 މެއި 2026

ހަމާސްގެ އައު އަސްކަރީ ވެރިޔާ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

27 މެއި 2026
ހަމާސްގެ އައު އަސްކަރީ ވެރިޔާ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު