Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްބަނީޒް

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި

28 މެއި 2026 | ބުރާސްފަތި 10:38

ފަލަސްތީނުގެ މައްސަލަތަކާ ބެހޭ އދ. ގެ މަންދޫބު ފްރަންސެސްކާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، ކޯޓު އަމުރަކާ ގުޅިގެން އަލުން އިއާދަކޮށް އޭނާ ބްލެކްލިސްޓް ކޮށްފި. އިޒްރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ތުހުމަތުކުރައްވާ އަލްބަނީޒްއާ ދެކޮޅަށް މި ފިޔަވަޅު އެޅީ، އޭނާ ޔަހޫދީންނާ ދެކޮޅު ވާހަކަ ފަތުރާ ކަމަށް ބުނެ. ނަމަވެސް، އެމެރިކާއާއި އިޒްރޭލުން ކުރާ މި ހުރިހާ ތުހުމަތުތަކެއް އޭނާ ވަނީ ދޮގުކުރައްވާފައި.

ރާއްޖެ އެމްވީ | 28 މެއި 2026 | ބުރާސްފަތި 10:38
ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުގައި 2026 މާރިޗު 24 ވަނަ ދުވަހު ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް ބައިވެރިވެވަޑައިގަންނަވަނީ.

ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުގައި 2026 މާރިޗު 24 ވަނަ ދުވަހު ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް ބައިވެރިވެވަޑައިގަންނަވަނީ. | ރޮއިޓާސް

އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ، ފަލަސްތީނުގެ މައްސަލަތަކާ ބެހޭ އދ. ގެ މަންދޫބު ފްރަންސެސްކާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާ ސަރުކާރުން ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، އެ ފިޔަވަޅުތައް ހުއްޓުވުމަށް ކޯޓަކުން ނެރުނު އަމުރެއް އިސްތިއުނާފީ ކޯޓަކުން ބާތިލުކުރުމާ ގުޅިގެން، ބުދަ ދުވަހު އަލުން އިއާދަކޮށްފިއެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ނޯޓިސްއެއްގައިވާ ގޮތުން، އަލްބަނީޒްއާ ދެކޮޅަށް އަލުން ފިޔަވަޅު އެޅުމުން އޭނާ ވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ބްލެކްލިސްޓް ކުރެވިފައެވެ. މީގެ ސަބަބުން ބޮޑެތި ކްރެޑިޓް ކާޑުތައް ބޭނުންކުރުމާއި ބޭންކިން މުއާމަލާތްތައް ހިންގުން އޭނާއަށް ވަނީ މުޅިން މަނާވެފައެވެ.

އިޓަލީއަށް ނިސްބަތްވާ އަލްބަނީޒް އަކީ، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާގެ ހައިސިއްޔަތުން، އިޒްރޭލުން ފަލަސްތީނު މީހުންނާ މެދު އަމަލުކުރާ ގޮތަށް މެދުކެނޑުމެއް ނެތި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

އެމެރިކާގެ ޓްރެޜަރީން މި ފިޔަވަޅު އަލުން އަޅާފައިވަނީ، މި މައްސަލައިގެ އަސްލަށް ބަލައި ގޮތެއް ނިންމެންދެން، ކުރިން ނެރެފައިވާ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް އިސްތިއުނާފީ ކޯޓުން މިދިޔަ ހުކުރު ދުވަހު ނެރުނު އަމުރަކާ ގުޅިގެންނެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އަލްބަނީޒްގެ ފިރިކަލުން މަސިމިލިއާނޯ ކާލީއެވެ. އޭނާ މި މައްސަލަ ހުށަހެޅީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެ ދެމަފިރިންގެ ކުޑަކުދި ދަރިފުޅުގެ ހައްގުގައެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާތަކަށްފަހު، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނުރައްކާތެރި އަސްކަރީ ހަރަކާތްތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ތުހުމަތުކުރައްވާ ބޭފުޅުންގެ ތެރޭގައި އަލްބަނީޒް އިސްކޮށް ހިމެނިވަޑައިގަންނަވައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އަލްބަނީޒްއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާކަން އިއުލާނުކުރައްވަމުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އޭނާ ގެންދަވަނީ "ލަދުކުޑަ ގޮތެއްގައި ޔަހޫދީންނާ ދެކޮޅު ވާހަކަތައް ފަތުރައި، ޓެރަރިޒަމަށް ތާއީދުކޮށް، އެމެރިކާއާއި އިޒްރޭލާއި ހުޅަނގުގެ ގައުމުތަކަށް ފާޅުގައި އިހާނެތިކޮށް ހިތަމުން" ކަމަށެވެ.

އިޒްރޭލުންނާއި އެމެރިކާއިން އޭނާގެ މައްޗަށް ކުރާ ޔަހޫދީންނާ ދެކޮޅުވެރިވުމުގެ (އެންޓިސެމިޓިޒަމް) ހުރިހާ ތުހުމަތުތަކަކަށް އަލްބަނީޒް އިންކާރު ކުރައްވައެވެ.

އިޒްރޭލް-ފަލަސްޠީންފްރާންސެސްކާ އަލްބަނީސްއެމެރިކާމާކޯ ރޫބިއޯ ޣައްޒާހަމާސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 މެއި 2026

އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

28 މެއި 2026
އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް
27 މެއި 2026

އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް

27 މެއި 2026
އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް
27 މެއި 2026

ހަމާސްގެ އައު އަސްކަރީ ވެރިޔާ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

27 މެއި 2026
ހަމާސްގެ އައު އަސްކަރީ ވެރިޔާ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
27 މެއި 2026

ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި

27 މެއި 2026
ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި
27 މެއި 2026

ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް

27 މެއި 2026
ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް
26 މެއި 2026

ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ

26 މެއި 2026
ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ
26 މެއި 2026

13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ

26 މެއި 2026
13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ
25 މެއި 2026

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ

25 މެއި 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ
25 މެއި 2026

އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ

25 މެއި 2026
އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ
24 މެއި 2026

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި

24 މެއި 2026
ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް