Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގައި ޚިދުމަތްކުރި ސާޖަން ހަމާވީ، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކޮށްފި

ހަމާވީ ވަނީ، 2024 ވަނަ އަހަރު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ ޔޫރަޕިއަން ހޮސްޕިޓަލްގައި ވޮލަންޓިއާކޮށް ޚިދުމަތް ކޮށްފައި. އެ ހޮސްޕިޓަލް އިން ބޭރަށް ދިޔުމަށް އިޒްރޭލްގެ ސިފައިން އަންގަނުން ދިޔަ އިރު ވެސް، ހަމާވީ ވަނީ ހޮސްޕިޓަލްގެ އެހެން މުވައްޒަފުންނާ އެކު އެ ތަން ދޫކޮށް ދިޔުމަށް ދެކޮޅު ހަދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖޫން 2026 | ބުދަ 06:30
ޣައްޒާގައި ވޮލަންޓިއާކޮށް ޚިދުމަތް ކުރި ސާޖަން އާދަމް ހަމާވީ.

ޣައްޒާގައި ވޮލަންޓިއާކޮށް ޚިދުމަތް ކުރި ސާޖަން އާދަމް ހަމާވީ. | ރޮއިޓާސް

ޣައްޒާގައި ވޮލަންޓިއާކޮށް ޚިދުމަތް ކުރި ސާޖަން އާދަމް ހަމާވީ، ނިއު ޖާސީގެ ބާރަ ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓް ތަމްސީލު ކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކޮށްފި އެވެ.

އިޒްރޭލްގެ ހަނގުރާމައިގެ ހަގީގަތް ވަރަށް ގާތުން ދެކޭ ފަރާތެއްގެ ގޮތުގައި ހަމާވީ ވާނެ ކަމަށް ބުނެ، ވޯޓުލާ ފަރާތް ތަކުން  ވަނީ އޭނާ އަށް ވަރަށް ބޮޑު އިތުބާރެއް ކޮށްފަ އެވެ.

ހަމާވީ ވަނީ، 2024 ވަނަ އަހަރު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ ޔޫރަޕިއަން ހޮސްޕިޓަލްގައި ވޮލަންޓިއާކޮށް ޚިދުމަތް ކޮށްފަ އެވެ. އެ ހޮސްޕިޓަލް އިން ބޭރަށް ދިޔުމަށް އިޒްރޭލްގެ ސިފައިން އަންގަނުން ދިޔަ އިރު ވެސް، ހަމާވީ ވަނީ ހޮސްޕިޓަލްގެ އެހެން މުވައްޒަފުންނާ އެކު އެ ތަން ދޫކޮށް ދިޔުމަށް ދެކޮޅު ހަދައިފަ އެވެ. 

މެދު އިރުމަތީގެ ދިރާސާ ކުރާ އިންސްޓިޓިއުޓް އަދި ޖަސްޓިސް ޑިމޮކްރެޓްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޯޓުލާ ފަރާތް ތަކަށް ޑޮކްޓަރު ހަމާވީގެ ކެންޑިޑަސީ އެކަށީގެންވީ ސަބަބަކީ، ޣައްޒާގައި އިޒްރޭލް އިން ހިންގާ ނަސްލު ނައްތާލުމުގެ ހަގީގަތް އޭނާ އަށް އެހެން މީހުންނަށް ވުރެ ރަނގަޅަށް އެނގި ވަޑައިގަންނަ ވާތީ ކަމަށެވެ.

ބޮމުގެ ހަމަލާ ތަކުގެ ތެރޭގައި، އަދި ހިތަށް އަންދާޒާ ނުކުރެވޭ ނުކުރެވޭ ހާލަތް ތަކުގައި ފަލަސްޠީނުގެ ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް އޭނާ މަސައްކަތް ކުރެއްވިކަން އެ ބަޔާނުގައި ފާހަގަ ކުރެއްވި އެވެ.

ހަމާވީގެ ކެމްޕެއިން އަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ޖަސްޓިސް ޑިމޮކްރެޓްސް އާއި އިންސްޓިޓިއުޓް ފޯ މިޑްލް އީސްޓް އަންޑަސްޓޭންޑިން ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެމެރިކާ އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ އިން ހަމާވީއާ ދެކޮޅަށް ކެމްޕެއިން ކުރުމަށް ވޯޓުލާ ފަރާތް ތަކުގެ ވޯޓު ގަންނަން މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބު ވެއްޖެ ކަމަށެވެ.

ޣައްޒާގައި ހިންގާ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ސިޔާސީ މަސްރަހުގައި ބޮޑެތި ބަހުސް ތަކެއް ކުރިއަށްދާ އިރު، ހަމާވީގެ ކާމިޔާބީ އަކީ ފަލަސްޠީނުގެ ހައްގުގައި ވަކާލާތު ކުރާ ފަރާތް ތަކަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ބައެއް މާހިރުން ދެކެ އެވެ. އިޒްރޭލް އަށް ތާއީދުކުރާ ބާރުވެރި ލޮބީ ގްރޫޕު ތަކުގެ ފައިސާގެ ބާރުން ވެސް ވޯޓުލާ ފަރާތް ތަކުގެ ހިތް ތަކަށް ބަދަލު ނުގެނެވުނު ކަމަށް ހަމާވީގެ ސަޕޯޓަރުން ފާހަގަ ކުރެ އެވެ.

ހަމާވީގެ ކާމިޔާބީ އަކީ ގާޒާގެ މައްސަލައިގައި އެމެރިކާގެ ސިޔާސީ ވިސްނުމަށް ބަދަލު އަންނަމުން ދާކަން ދައްކައިދޭ ނިޝާނެއްގެ ގޮތުގައި ބައެއް ސިޔާސީ މާހިރުން ދެކެ އެވެ.

ޣައްޒާ ހަނގުރާމައާދަމް ހަމާވީޑިމޮކްރެޓިކް ޕާޓީ - އެމެރިކާ

އިތުރަށް ކިޔާލަން

28 މެއި 2026

ޖިލް ބައިޑަން: ބަހުސްގައި ޖޯއަށް ސްޓްރޯކެއް ޖެހެނީ ކަމަށް ހީވި

28 މެއި 2026
ޖިލް ބައިޑަން: ބަހުސްގައި ޖޯއަށް ސްޓްރޯކެއް ޖެހެނީ ކަމަށް ހީވި
27 މެއި 2026

ހަމާސްގެ އައު އަސްކަރީ ވެރިޔާ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

27 މެއި 2026
ހަމާސްގެ އައު އަސްކަރީ ވެރިޔާ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
21 މެއި 2026

ފްލޮޓިލާގެ އެކްޓިވިސްޓުންނަށް ބެން-ގްވީރު މަލާމާތް ކުރުމުން، ބައިނަލްއަޤުވާމީ މުޖުތަމައުގެ ފާޑު ކިޔުން

21 މެއި 2026
ފްލޮޓިލާގެ އެކްޓިވިސްޓުންނަށް ބެން-ގްވީރު މަލާމާތް ކުރުމުން، ބައިނަލްއަޤުވާމީ މުޖުތަމައުގެ ފާޑު ކިޔުން
16 މެއި 2026

އިޒްރޭލްގެ ހަމަލާ ތަކެއްގައި ހަމާސްގެ އިސް ކޮމާންޑަރު ޝަހީދު ކޮށްލައިފި

16 މެއި 2026
އިޒްރޭލްގެ ހަމަލާ ތަކެއްގައި ހަމާސްގެ އިސް ކޮމާންޑަރު ޝަހީދު ކޮށްލައިފި
11 މެއި 2026

އިޒްރޭލްއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އުންމީދު އެބަ އޮތް: ކަލާސް

11 މެއި 2026
އިޒްރޭލްއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އުންމީދު އެބަ އޮތް: ކަލާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު