Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ގްރީން ބަލިކޮށް، ބުރު ހަތަރު ވަނައިގައި

6 ޖެނުއަރީ 2026 | އަންގާރަ 02:34

މިހާތަނަށް ކުޅެފައިވާ 13 މެޗުން އީގަލްސް އަށް 19 ޕޮއިންޓު ލިބޭއިރު، އެ ޓީމު އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގައި. ގްރީން އަތުން މޮޅުވެ ބުރު ހަތަރު ވަަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 13 މެޗުން 23 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖެނުއަރީ 2026 | އަންގާރަ 02:34
މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބުރު ސްޕޯޓްސް ކުލަބުން ލީގު ތާވަލްގެ ހަތަރު ވަަނައިގައި ދެމި އޮވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ، ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ބުރުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރުން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި ގްރީން އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ބުރަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ހުޑްސަން ޖީސުސް އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި މުޙައްމަދު ނާއިމް ވަނީ ބުރުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ބުރުން ވަނީ ތިން ވަނަ ލަނޑެއް ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ބުރަށް ޖަހައިދިނީ ޢަަބްދުﷲ ޔާމީން އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ގްރީންގެ ހަމައެކަނި ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ އެލްސައީދު އެވެ. 

ލީގުގައި ކުލަބު އީގަލްސް އިން ވަނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހިމް ލެބީ ޖެހި ލަނޑުން އެ ޓީމު ލީޑު ނެގިއިރު، އޭގެ ތިން މިނެޓު ފަހުން އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ ޒައިން ޒަފަރު އެވެ.

މިހާތަނަށް ކުޅެފައިވާ 13 މެޗުން އީގަލްސް އަށް 19 ޕޮއިންޓު ލިބޭއިރު، އެ ޓީމު އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. ދެ ވަނަ ބުރުގައި އީގަލްސްގެ ނަތީޖާތައް ދަށްވެފައި ވީ ނަމަވެސް، ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ އެ ޓީމުން މި ވަނީ ހަމަޖެހުމެއް ހޯދައިފަ އެވެ. ގްރީން އަތުން މޮޅުވެ ބުރު ހަތަރު ވަަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 13 މެޗުން 23 ޕޮއިންޓާ އެކު އެވެ. 

ދިރާގު ދިވެހި ޕްރިމިއަރ ލީގުބުރު ސްޕޯޓްސް ކްލަބްކުލަބު އީގަލްސްޓީސީ ސްޕޯޓްސް ކުލަބުކުލަބް ގްރީން ސްޓްރީޓްސް

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި

16 އޯގަސްޓު 2026
ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި
06 އޯގަސްޓު 2026

ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް

06 އޯގަސްޓު 2026
ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް
02 އޯގަސްޓު 2026

ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ

02 އޯގަސްޓު 2026
ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ
19 ޖުލައި 2026

ސްޕެއިންގެ ކޯޗާ އެކު ބުރުގެ ފަރިތަކުރުންތައް ފަށައިފި

19 ޖުލައި 2026
ސްޕެއިންގެ ކޯޗާ އެކު ބުރުގެ ފަރިތަކުރުންތައް ފަށައިފި
21 މެއި 2026

ނިންމުން ބަދަލުކޮށް، ނިސްތާރު ގްރީންގައި މަޑު ކޮށްފި

21 މެއި 2026
ނިންމުން ބަދަލުކޮށް، ނިސްތާރު ގްރީންގައި މަޑު ކޮށްފި
18 މެއި 2026

ގްރީންގެ ކޯޗުކަމުން ނިޝްތާރު ވަކިވެއްޖެ، ކާމިޔާބީއާ މެދު ހުރީ ހިތްހަމަ ޖެހިފައި

18 މެއި 2026
ގްރީންގެ ކޯޗުކަމުން ނިޝްތާރު ވަކިވެއްޖެ، ކާމިޔާބީއާ މެދު ހުރީ ހިތްހަމަ ޖެހިފައި
22 ފެބުރުއަރީ 2026

ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް

22 ފެބުރުއަރީ 2026
ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް
17 ފެބުރުއަރީ 2026

އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

17 ފެބުރުއަރީ 2026
އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް
14 ފެބުރުއަރީ 2026

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި
14 ފެބުރުއަރީ 2026

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް