Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

މެޗުން ލިބުނު އެއް ޕޮއިންޓާ އެކު، އޮޑި އޮތީ ދެ ވަނައިގައި. އެއީ މިހާތަނަށް ކުޅެފައިވާ 13 މެޗުން 29 ޕޮއިންޓާ އެކު. އޮޑި އަތުން ހޯދި ޕޮއިންޓާ އެކު، ތިން ވަނައިގައި ނިއު ރޭޑިއަންޓް އަށް ލިބެނީ 24 ޕޮއިންޓު. ލީގުގެ ފުރަތަމަ ބުރުގައި ވެސް މި ދެ ޓީމު ވާދަކޮށްފައިވާއިރު، އެ ފަހަރު އޮޑިން ވަނީ ނިއު ރޭޑިއަންޓް ބަލިކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2026 | ބުދަ 01:30
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި އޮޑި ބައްދަލު ކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި އޮޑި ބައްދަލު ކުރި މެޗުގެ ތެރެއިން | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް، މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ލިބިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއު ރޭޑިއަންޓުގެ އަލީ ފާޞިރު (ސެންޓޭ) އަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނުއިރު، ބިދޭސީ ކުޅުންތެރިޔާ ގޯމެސް ޑަ ސިލްވާ އަށް ލިބުނު ފުރުސަތު ވެސް ބޭނުމެއް ނުކުރެވުނެވެ. އޭގެ ފަހުން ވެސް މެޗުގައި ނިއު ރޭޑިއަންޓް އިން ވަނީ ލަނޑު ޖަހަން ވަރަށް މަސައްކަތް ކޮށްފަ އެވެ. އޮޑި އަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނުއިރު، ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ ފަހު ވަގުތުގައި ނިއު ރޭޑިއަންޓް އިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. ފަހު ވަގުތުގެ ތެރޭގައި ވެސް ނިއު ރޭޑިއަންޓް އަށް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފަ އެވެ. އެގޮތުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ އަޝްފާޤު (ދަގަނޑޭ) ފޮނުވާލި ހަމަލާ އޮޑީގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާ އެކު، އޮޑި އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 13 މެޗުން 29 ޕޮއިންޓާ އެކު އެވެ. އޮޑި އަތުން ހޯދި ޕޮއިންޓާ އެކު، ތިން ވަނައިގައި ނިއު ރޭޑިއަންޓް އަށް ލިބެނީ 24 ޕޮއިންޓެވެ. ލީގުގެ ފުރަތަމަ ބުރުގައި ވެސް މި ދެ ޓީމު ވާދަކޮށްފައިވާއިރު، އެ ފަހަރު އޮޑިން ވަނީ ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ. 

މި ދެ ޓީމު އެއްވަރުވެފައިވާއިރު، ލީގު ތާވަލްގެ އެއް ވަނައިގައި އޮތް މާޒިޔާާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ ފައިދާ ލިބިފަ އެވެ. އެއް ވަނައިގައި މާޒިޔާ އޮތީ އެ ޓީމު ކުޅެފައިވާ 13 މެޗުން 37 ޕޮއިންޓާ އެކު އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްއޮޑި ސްޕޯޓްސް ކްލަބް

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި
06 ޖެނުއަރީ 2026

ގްރީން ބަލިކޮށް، ބުރު ހަތަރު ވަނައިގައި

06 ޖެނުއަރީ 2026
ގްރީން ބަލިކޮށް، ބުރު ހަތަރު ވަނައިގައި
05 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި

05 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި
03 ޖެނުއަރީ 2026

ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި

03 ޖެނުއަރީ 2026
ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި
28 ޑިސެމްބަރު 2025

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

28 ޑިސެމްބަރު 2025
ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު