Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ވިކްޓަރީ އިން ގްރީން ބަލިކޮށްފި

މޮޅާއެކު ވިކްޓަރީ އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 12 މެޗުން 19 ޕޮއިންޓާ އެކު. ލީގުގެ ދެ ވަނަ ބުރުގައި ވިކްޓަރީ އިން ވަނީ ހުރިހާ މެޗަކުން މިހާތަނަށް މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 04:41
ގްރީންއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ކުޅުންތެރިޔަކު އުފާ ފާޅު ކުރަނީ

ގްރީންއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ކުޅުންތެރިޔަކު އުފާ ފާޅު ކުރަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކުލަބުން އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ. 

ގްރީންއާ ދެކޮޅަށް ކުޅުނު މެޗު ވިކްޓަރީ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީ އިން ތިން ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި ގްރީން އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ވިކްޓަރީ އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މިލޯސް ލެޗުނީ އެވެ. އޭގެ ނުވަ ވަނަ މިނެޓު ފަހުން ވިކްޓަރީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އަލީ ޝާމިސް އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިކްޓަރީ އިން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. ވިކްޓަރީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ލެޗުނީ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޢަބްދުﷲ މިދުހަތު ފަހުމީ ވަނީ ވިކްޓަރީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުގައި ވިކްޓަރީ އިން ހަތަރު ލަނޑު ޖެހި ފަހުން، ގްރީން އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި އެ ލަނޑު ގްރީން އަށް ޖަހައިދިނީ ރިލްވާން ވަޙީދު އެވެ.  

މޮޅާއެކު ވިކްޓަރީ އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 12 މެޗުން 19 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނަ ބުރުގައި ވިކްޓަރީ އިން ވަނީ ހުރިހާ މެޗަކުން މިހާތަނަށް މޮޅުވެފަ އެވެ. އެގޮތުން ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ކުލަބު އީގަލްސްގެ މައްޗަށް ކުރި ހޯދިއިރު، ދެ ވަނަ މެޗުގައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވެސް ބަލިކޮށްފަ އެވެ. ތިން ވަނަ މެޗުގައި ގްރީން ބަލިކޮށް، ވިކްޓަރީ އިން މި ވަނީ މޮޅުވުން ދަމަހައްޓައިފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުވިކްޓަރީ ސްޕޯޓްސް ކުލަބުކުލަބް ގްރީން ސްޓްރީޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީގަލްސް އަތުން އޮޑި ބަލިވެއްޖެ

އީގަލްސް އަތުން އޮޑި ބަލިވެއްޖެ

27 ޑިސެމްބަރު 2025
އޮޑި ބަލިކޮށް، މާޒިޔާ އިން ވިމަންސް ލީގު ކާމިޔާބު ކޮށްފި

އޮޑި ބަލިކޮށް، މާޒިޔާ އިން ވިމަންސް ލީގު ކާމިޔާބު ކޮށްފި

24 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި

ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި

21 ޑިސެމްބަރު 2025
ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

20 ޑިސެމްބަރު 2025
ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު