Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

މިއީ ދެ އަހަރާ އަށް މަސް ދުވަސް ފަހުން ދަގަނޑޭ ފުރަތަމަ ސީޒަންގައި ކުޅެފައިވާ ފުރަތަމަ ފަހަރު. އެންމެ ފަހުން ފުރަތަމަ ސީޒަންގައި އޭނާ ކުޅެފައި ވަނީ 2023 ވަނަ އަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޑިސެމްބަރު 2025 | އާދީއްތަ 01:18
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިއު އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ވެސް އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ނިއު އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޙަސަން ރާއިފް އަޙުމަދު އެވެ. އެ ލަނޑު އޭނާ ޖެހީ ނިއުގެ އަލީ ފާޞިރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ އަކުންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ނިއު އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ނިއުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެންޓޭ އެވެ. އެ ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ސެންޓޭ ވަނީ ނިއުގެ ތިން ވަނަ ލަނޑެއް ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. 

މެޗުގެ 80 ވަނަ މިނެޓުގައި ވަނީ އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން ނިކުމެފަ އެވެ. މެޗުގައި ދަގަނޑޭ ކުޅެފައިވާއިރު، މިއީ މިފަހަރު ނިއު އަށް ބަދަލުވީ ފަހުން އޭނާ އެ ޓީމަށް ކުޅުނު ފުރަތަމަ ފަހަރެވެ. އަނިޔާގެ ސަބަބުން މިހާތަނަށް ދަގަނޑޭ ހުރީ ކުޅުމާ ދުރުގަ އެވެ. ނަމަވެސް، ނިއުގެ އައު މެނޭޖުމަންޓް އިން މިފަހަރުގެ ސީޒަނާ ކުރިމަތިލީ ދަގަނޑޭގެ ސޮއި އެ ޓީމަށް ހޯދައިގެންނެވެ. 

މިއީ ދެ އަހަރާ އަށް މަސް ދުވަސް ފަހުން ދަގަނޑޭ ފުރަތަމަ ސީޒަންގައި ކުޅެފައިވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ފުރަތަމަ ސީޒަންގައި އޭނާ ކުޅެފައި ވަނީ 2023 ވަނަ އަހަރު އެވެ. އެއީ އެ ފަހަރުގެ ދިވެހި ލީގުގައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އިން ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން އަނިޔާގެ ސަބަބުން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ.

މޮޅާއެކު ނިއު އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 12 މެޗުން 23 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ލިބެނީ 34 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ލިބެނީ 28 ޕޮއިންޓެވެ. 

ދިރާގު ދިވެހި ޕްރިމިއާ ލީގުނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްބުރު ސްޕޯޓްސް ކްލަބްއަލީ އަޝްފާގު (ދަގަނޑޭ)

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2025

ވިކްޓަރީ އިން ގްރީން ބަލިކޮށްފި

27 ޑިސެމްބަރު 2025
ވިކްޓަރީ އިން ގްރީން ބަލިކޮށްފި
27 ޑިސެމްބަރު 2025

އީގަލްސް އަތުން އޮޑި ބަލިވެއްޖެ

27 ޑިސެމްބަރު 2025
އީގަލްސް އަތުން އޮޑި ބަލިވެއްޖެ
21 ޑިސެމްބަރު 2025

ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި

21 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި
20 ޑިސެމްބަރު 2025

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

20 ޑިސެމްބަރު 2025
ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި
20 ޑިސެމްބަރު 2025

ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

20 ޑިސެމްބަރު 2025
ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު