Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ޔޫވީ ބަލިކޮށް، މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި

މޮޅާއެކު މާޒިޔާ އިން ވަނީ ލީގު ތާވަލްގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގާފައި. މިހާތަނަށް ކުޅެފައިވާ 13 މެޗުން މާޒިޔާ އަށް ލިބެނީ 37 ޕޮއިންޓު. މާޒިޔާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ލިބެނީ 28 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 05:33
މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ލީޑު ފުޅާ ކޮށްފި އެވެ. 

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ. މާޒިޔާ އިން ދެ ލަނޑު ޖެހި ފަހުން، ޔޫވީ އިން ވަނީ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ނާއިޒު ޙަސަން (ދާދު) ވަނީ މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. 

މެޗުގައި ޔޫވީ އިން އެ ޓީމުގެ ހަމަ އެކަނި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. މާޒިޔާގެ އޭރިޔާ ބޭރުން ލިބުނު ފުރުސަތެއްގައި ތިރި ތިރިން ފޮނުވާލައިގެން އެ ލަނޑު ޖެހީ ޔޫވީގެ ބިދޭސީ ކުޅުންތެރިޔާ މުޙައްމަދު ސާމިރު އެވެ.

ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ކުލަބު ވެެލެންސިއާ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިޔާ ސްޓެފަން ބްލޯންކް ޖެހި ލަނޑާ އެކު، އެ ޓީމުން ލީޑު ވެސް ނެގި އެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ސަފްރާޒް އިބްރާހީމް ޖެހި ލަނޑުން ވިކްޓަރީ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މޮޅާއެކު މާޒިޔާ އިން ވަނީ ލީގު ތާވަލްގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 13 މެޗުން މާޒިޔާ އަށް ލިބެނީ 37 ޕޮއިންޓެވެ. މާޒިޔާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ލިބެނީ 28 ޕޮއިންޓެވެ. ތިން ވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލިބެނީ 23 ޕޮއިންޓެވެ.

ވިކްޓަރީ އަތުން ހޯދި ޕޮއިންޓާ އެކު ވެެލެންސިއާ އޮތީ ލީގު ތާވަލްގެ ނުވަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 13 މެޗުން އަށް ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ވިކްޓަރީ އަށް 20 ޕޮއިންޓު ލިބޭއިރު، އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

28 ޑިސެމްބަރު 2025
ވިކްޓަރީ އިން ގްރީން ބަލިކޮށްފި

ވިކްޓަރީ އިން ގްރީން ބަލިކޮށްފި

27 ޑިސެމްބަރު 2025
އީގަލްސް އަތުން އޮޑި ބަލިވެއްޖެ

އީގަލްސް އަތުން އޮޑި ބަލިވެއްޖެ

27 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި

ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި

21 ޑިސެމްބަރު 2025
ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު