Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒުގެ ވެރިކަން

ފަނޑިޔާރުން މިއަދު ތިބީ ބިރުން، ސަރުކާރާ ދެކޮޅަށް ހުކުމެއް ކީއްކުރަން އަމުރެއް ވެސް ނެރެން ނުކުރޭ: އަލީ ހުސައިން

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ސަރުކާރުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ސުޕްރީމް ކޯޓު ފުނޑާލުމާއެކު މުޅި ޖުޑީޝިއަރީ މުށުތެރެއަށް ލާފައިވާ ކަމަށް. ފަނޑިޔާރުން މިއަދު ތިއްބެވީ ސަރުކާރު ދެކެ ބިރުން ކަމަށާ ސަރުކާރާ ދެކޮޅަށް ހުކުމެއް ނުވަތަ އަމުރެއް ނެރެން ނުކެރޭ ކަމަށް ވިދާޅުވި. މަޖިލީހުގެ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާތީ ރާއްޖޭގައި އަދުލު އިންސާފުގެ ނިޒާމެއް ނެތް ކަމަށް އަލީ ހުސައިން ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖެނުއަރީ 2026 | އަންގާރަ 04:30
ގާނޫނީ ވަކީލް އަލީ ހުސެއިން

ގާނޫނީ ވަކީލް އަލީ ހުސެއިން | ރާއްޖެއެމްވީ

ކޯޓުތަކުގެ ފަނޑިޔާރުން މިއަދު ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ދެކެ ބިރުން ކަމަށާ ސަރުކާރާ ދެކޮޅަށް ހުކުމެއް ކުރަން ނުކެރޭ އިރު އަމުރެއް ވެސް ނެރެން ބިރުން ތިބި ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގައިގެން އެ ކަން ވެސް ބޭނުން ކުރަނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށެވެ. އެގޮތުން މަޖިލިސް ބޭނުން ކޮށް، ޚުދުމުހުތާރު ވެރިކަމެއް ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މަޖިލީހުގެ ދައުރު ބޮޑު ކަމަށް ވިދާޅުވި އެވެ. 

އަލީ ހުސައިން ވިދާޅުވީ އެންމެ ފުރަތަމަ ވެސް މަޖިލިސް މެޖޯރިޓީ ލިބުމާއެކު ފުނޑާލީ ސުޕްރީމް ކޯޓު ކަމަށެވެ. އަދި މުޅި ޖުޑީޝީއަރީ މުށުތެރެއަށް ލާފައިވާ ކަމަށާ މިއަދު ކޯޓުތަކުގެ ފަނޑިޔާރުން ތިބީ ސަރުކާރު ދެކެ ބިރުން ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ. 

ސުޕްރީމް ކޯޓު ފުނޑާލީމަ މި ވާ އެއްޗަކީ މުޅި ޖުޑީޝީއަރީ ދިޔައީ. ހުރިހާ ފަނޑިޔާރުން އެ ތިބެނީ ބިރުން. އެއްވެސް ފަނޑިޔާރަކަށް ނުކުރޭ ސަރުކާރާ ދެކޮޅަށް ހުކުމެއް ކުރަން ކީއްކުރަން، އަމުރެއް  ނެރެން ވެސް ނުކެރޭ. ސަރުކާރުން ބޭނުންވީމަ ސަރުކާރުން ބޭނުން ގޮތަކަށް ހުކުމްތައް ކުރަނީ. އެހެންވީމަ ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނީމަ އެ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ސަރުކާރެއް މިއީ،
ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެ ކުރީގެ މެންބަރު އަލީ ހުސައިން 

އަލީ ހުސައިން ވިދާޅުވީ މި ސަރުކާރުން މަޖިލީހުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާއިރު ރާއްޖޭގައި ކަންކަން ގޯހުން ގޯހަށް ދަނީ ވެސް މިކަމާ ގުޅިގެން ކަމަށެވެ. އަދި މިއަދު މި އޮތް ނިޒާމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށާ އެކަން ނުވާއިރު ރާއްޖޭގައި އަދުލު އިންސާފު ގެ ނިޒާމެއް ނެތީ ވެސް ސަރުކާރުތަކުން މަޖިލީހުގެ އިތުރުން އެހެނިހެން ބާރު ތަކުގެ ނަހަމަ ބޭނުން ކުރާތީ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއަލީ ހުސެއިންކެންދޫ ދާއިރާސުޕްރީމް ކޯޓުފަލަސުރުޚީ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2026

ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް

12 ޖެނުއަރީ 2026
ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް
12 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް، ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް ދެވަނަ ދައުރެއް ނުލިބޭނެ: އިބްރާހިމް ރަޝީދު

12 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް، ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް ދެވަނަ ދައުރެއް ނުލިބޭނެ: އިބްރާހިމް ރަޝީދު
11 ޖެނުއަރީ 2026

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

11 ޖެނުއަރީ 2026
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ
11 ޖެނުއަރީ 2026

ރާއްޖޭގެ މުސްތަގުބަލަށް ރައީސް އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ: އަލީ ހުސެއިން

11 ޖެނުއަރީ 2026
ރާއްޖޭގެ މުސްތަގުބަލަށް ރައީސް އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ: އަލީ ހުސެއިން
11 ޖެނުއަރީ 2026

ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

11 ޖެނުއަރީ 2026
ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު
10 ޖެނުއަރީ 2026

އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

10 ޖެނުއަރީ 2026
އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!
10 ޖެނުއަރީ 2026

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

10 ޖެނުއަރީ 2026
ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!
10 ޖެނުއަރީ 2026

ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް

10 ޖެނުއަރީ 2026
ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް
09 ޖެނުއަރީ 2026

އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ

09 ޖެނުއަރީ 2026
 އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ
09 ޖެނުއަރީ 2026

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު