Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-އެމެރިކާ

އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި

އެމެރިކާގެ ރައީސް ޓްރަމްޕް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރައްވައި، އީރާނުން މިސައިލް އަދި ނިއުކްލިއަރ ޕްރޮގްރާމްތައް ތަރައްގީކުރުން ހުއްޓާނުލާނަމަ އަނެއްކާވެސް އީރާނަށް ހަމަލާދިނުމަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވި.

ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 14:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ ޓްރަމްޕްގެ މާ-އޭ-ލަގޯ ކްލަބުގައި ބޭއްވި ބައްދަލުވުމަކަށް ފަހު - ޑިސެމްބަރު 29، 2025.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ ޓްރަމްޕްގެ މާ-އޭ-ލަގޯ ކްލަބުގައި ބޭއްވި ބައްދަލުވުމަކަށް ފަހު - ޑިސެމްބަރު 29، 2025.

 އީރާނުން މިސައިލް އަދި ނިއުކްލިއަރ ޕްރޮގްރާމްތައް ތަރައްގީ ކުރުން ހުއްޓާނުލާ ނަމަ، އިޒްރޭލުން އަނެއްކާ ވެސް އީރާނަށް އަވަސް ހަމަލާއެއް ދިނުމަށް ތާއީދުކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ފްލޮރިޑާގައި ހުންނަ ޓްރަމްޕް ގެ މާރ-އަ-ލާގޯ އެސްޓޭޓް ގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް މަރުޙަބާ ވިދާޅުވުމަށް ބޭއްވި ހަފްލާ ގައި ނޫސްވެރިންނަށް ވާހަކަ ދައްކަވަމުންނެވެ.

"އީރާނުން އަނެއްކާވެސް ބާރު ގަދަ ކުރަން އުޅޭ ކަމަށް އިވެއެވެ. އަދި އެކަން އެގޮތަށް ކުރާނަމަ، އަހަރެމެން އެމީހުން ބަލިކުރަންޖެހެއެވެ." ޓްރަމްޕް ވިދާޅުވި އެވެ.

ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުމަށް ފަހު ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުގެ ބާރު ނައްތާލައްވާނެ ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާ ޓްރަމްޕް ވަރަށް ބޮޑަށް އެއްބަސްވެ ތާއީދުކުރައްވާ ފަދަ މޭރުމަކުން ޓްރަމްޕް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. 

ޓްރަމްޕް ވިދާޅުވީ، އިޒްރޭލާއި ފަލަސްތީނުގެ ޙަމާސްއާ ދެމެދު އެކުލަވާލެވިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި އަވަހަށް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ނަމަވެސް "ހަމާސްގެ ހަތިޔާރު ނައްތާލަންޖެހޭނެ" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނަތަންޔާހޫ އަށް ތައުރީފުކުރައްވައި ނޫސްވެރިންނާ ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ ނުބައި ބޮޑުވަޒީރަކު ހުރިނަމަ އިޒްރޭލު ދެމި އެއް ނޯންނާނެ ކަމަށެވެ.

ނަތަންޔާހޫ ގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާ ގުޅޭ ދައުވާތަކުން މާފު ދެއްވުމަށް ވިސްނަމުން ގެންދާ ކަމަށް އިޒްރޭލުގެ ރައީސް އައިޒެކް ހަރޒޯގް، ވިދާޅުވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.  ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން، ހަރޒޯގް ގެ އޮފީހުން ބުނީ، ނަތަންޔާހޫ އަށް މާފު ދިނުމަށް ޓްރަމްޕް ހުށަހެޅުއްވި ފަހުން، އެމެރިކާގެ ރައީސް ޓްރަމްޕް އާ އިޒްރޭލުގެ ރައީސް އެއްވެސް ވާހަކަ އެއް ދައްކާފައި ނުވާނެ ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، ސީރިއާގެ ކުރީގެ ވެރިޔާ ބައްޝާރުލް އަސަދު ފާއިތުވި އަހަރުގެ ފަހުކޮޅު މަގާމުން ވަކިކުރި ފަހުން، ނަތަންޔާހޫގެ ސަރުކާރުން ސީރިއާގެ ސިޔާދަތަށް ނިސްބަތްވާ ސަރަހައްދުތަކަށް ގަވައިދުން އަރައިގަނެފައިވީ ނަމަވެސް، އިޒްރޭލަށް ސީރިއާ އާއެކު ރަނގަޅު ގުޅުމެއް ބޭއްވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިޒްރޭލާއި ޙަމާސްއާ ދެމެދު އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އެއްބަސްވުމާ ޚިލާފުވުންތައް ގިނަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ދިގު މުއްދަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެއްވެސް ކުރިއެރުމެއް ފެނިފައެއް ނުވެއެވެ.

އީރާން-އިޒްރޭލްރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫއިޒްރޭލު-ހަމާސްއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާނުގެ މިސައިލް ޕްރޮގްރާމް

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2025

ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޑިސެމްބަރު 2025

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
29 ޑިސެމްބަރު 2025

ހަމާސްގެ މަގުބޫލު ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން ހަމާސް އިން ކަށަވަރުކޮށް ދީފި

29 ޑިސެމްބަރު 2025
ހަމާސްގެ މަގުބޫލު ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން ހަމާސް އިން ކަށަވަރުކޮށް ދީފި
29 ޑިސެމްބަރު 2025

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ
29 ޑިސެމްބަރު 2025

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު