Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސް

ހަމާސްގެ މަގުބޫލު ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން ހަމާސް އިން ކަށަވަރުކޮށް ދީފި

ހަމާސްގެ އަސްކަރީ ވިންގުން އިއުލާނު ކުރީ އެ ޖަމާއަތުގެ ތަރުޖަމާނު އަބޫ އުބައިދާ އިޒްރޭލުން އޮގަސްޓު 30 ގައި ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ ކަމަށް. އޭނާގެ ވީޑިއޯ ބަޔާންތަކަކީ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނާއި ބައިނަލްއަޤްވާމީ މީޑިއާތަކުން އިންތިޒާރުކުރަމުން ދިޔަ ބަޔާންތަކެއް. 1985 ގައި އުފަންވި އަބޫ އުބައިދާ ވަނީ ޅަ އުމުރުގައި ހަމާސްއާ ގުޅިފައި. އަސަރު ގަދަ ތަގުރީރުތަކާއި ވަރުގަދަ ބަޔާންތަކުން ގިނަ ބައެއްގެ ލޯބި އޭނާ ހޯދާފައިވާ ކަމަށް ހަމާސް އިން ބުނޭ.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 17:53
އިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސް ގެ ރަސްމީ ތަރުޖަމާނު އަބޫ އުބައިދާ

އިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސް ގެ ރަސްމީ ތަރުޖަމާނު އަބޫ އުބައިދާ

 ހަމާސް ގެ ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން ޙަމާސްގެ އަސްކަރީ ވިންގުން ކަށަވަރު ކޮށްދީފި އެވެ.

ހޯމަ ދުވަހު އެ ޖަމާއަތުން މިކަން އިއުލާނު މި ކުރީ އިޒްރޭލުން އޭނާ އަށް ޓާގެޓް ކޮށް ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައި އޭނާ ޝަހީދުވެފައިވާ ކަން އިޒްރޭލުން އިއުލާނު ކުރިތާ އެތައް މަސްތަކެއް ފަހުންނެވެ.

އިއްޒައްދީން އަލް-ޤައްސާމް ބްރިގޭޑްސް އިން އެ ޖަމާޢަތުގެ ޓެލެގްރާމް ޗެނަލްގައި ޝާއިއުކުރި ވީޑިއޯ ބަޔާނެއްގައި ބުނެފައިވަނީ "އެތައް މިލިއަން މީހުންގެ ލޯބި ލިބިފައިވާ....އަލް-ޤައްސާމް ބްރިގޭޑްސްގެ މަތިވެރި ކޮމާންޑަރު އަދި ތަރުޖަމާނު، އަބޫ އުބައިދާ،" ޝަހީދުވެފައިވާ ކަމަށެވެ.

އިޒްރޭލުން އޮގަސްޓު 30 ގައި ޣައްޒާ އަށް ދިން ހަމަލާއެއްގައި އަބޫ އުބައިދާ ޝަހީދުކޮށްލާފައިވާ ކަމަށް އިއުލާނުކޮށްފައިވެ އެވެ.

އަބޫ އުބައިދާގެ އަސްލު ނަމަކީ ހުޒައިފާ ސަމީރު އަލް-ކަހްލޫތު އެވެ.

ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނާއި، އަރަބި އަދި ބައިނަލްއަޤްވާމީ މީޑިއާތަކުން އޭނާގެ ވާހަކަތަކަށް އިންތިޒާރު ކުރަމުން ގެންގޮސްފައިވެއެވެ. އެއީ ހަމާސް ގެ ފަރާތުން އެކިއެކި ކަންކަމުގައި ސިޔާސަތުތައް އާންމު ކުރާ މައިގަނޑު ފަރާތުގެ ގޮތުގައި އޭނާ ފާހަގަ ކުރެވިފައިވާތީ އެވެ. އޭނާ މެދުވެރިކޮށް ހަމާސްގެ އަސްކަރީ ވިންގުން ހާމަކުރާ ރަސްމީ ބަޔާންތަކަށާއި، ހާއްސަކޮށް ހަނގުރާމައިގެ ހާލަތުގައި ރަހީނު ކޮށްފައި ތިބި މީހުން ބަދަލު ކުރުމުގެ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަކަން ފާހަގަ ކުރެވެއެވެ.

1985 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހު އުފަންވި ޣައްޒާގެ އުތުރުގައިވާ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ބޮޑުވި އަބޫ އުބައިދާ ވަނީ ވަރަށް ޅަ އުމުރުގައި ހަމާސްއާ ގުޅި، ފަހުން އިއްޒައްދީން އަލް-ޤައްސާމް ބްރިގޭޑްސްގެ މެންބަރަކަށް ވެފަ އެވެ.

ފަހުން އޭނާވަނީ އެ ޖަމާޢަތުގެ ހަމައެކަނި ތަރުޖަމާނުގެ މަގާމު ފުރާފަ އެވެ. އޭނާގެ ވީޑިއޯ ބަޔާންތައް ހުށަހަޅާފައި ވަނީ އަސްކަރީ ހެދުމުގައި، އަބަދުވެސް އޭނާގެ މޫނު ރަތް ކަފިއްޔާ އަކުން ނިވާކޮށްގެން ހުރެ އެވެ.

އިޒްރޭލުން އެތައް ފަހަރަކު އޭނާގެ ފުރާނަ ދުއްވާލުމަށް އެތައް މަސައްކަތެއް ކޮށްފައިވެ އެވެ.

އަބޫ އުބެއިދާ މަޝްހޫރުވެފައިވަނީ އޭނާގެ ވަރުގަދަ އަދި އަސަރުގަދަ ތަޤުރީރުތަކުންނެވެ. އޭގެތެރޭގައި އިޒްރޭލަށް ދޭ އިންޒާރުތަކާއި އަސްކަރީ އޮޕަރޭޝަންތަކުގެ އިއުލާނުތައް ހިމެނެ އެވެ.

"ގިނަ އަހަރުތަކެއް ވަންދެން، ހަމާސްގެ އޮފިޝަލުންގެ ތެރެއިން ވެސް ވަރަށް މަދު ބަޔަކަށް ނޫނީ އޭނާގެ އައިޑެންޓިޓީ ނޭނގޭ،" ކަމަށް ހަމާސްގެ އޮފިޝަލަކު  އޭއެފްޕީ އަށް ބުންޏެވެ.

ހަމާސް ޖަމާޢަތް މުޅިން ނައްތާލުމަށް މަސައްކަތްކުރާ ކަމަށް ބުނެ، އިޒްރޭލުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ އަށް ފަހު، އެ ޖަމާޢަތުގެ ގިނަ އިސްވެރިން ޝަހީދު ކޮށްލާފަ އެވެ. 

އަބޫ އުބައިދާ ޝަހީދުވިކަން އިއުލާނުކުރި ވީޑިއޯ ހުށަހަޅާފައި ވަނީ ކުރީގެ ތަރުޖަމާނުގެ ސްޓައިލް ދައްކައިދޭ ޚާއްސަ ހެދުމުގައި ހުރި މީހެކެވެ. އޭނާ ބުނެފައި ވަނީ ބަޔާންތައް ދިނުމުގައި އޭނާ ކުރީގެ ތަރުޖަމާނުގެ ނަން ބޭނުން ކުރާނެ ކަމަށެވެ.

ހަމަ އެ ވީޑިއޯގައި، އޭނާވަނީ މި ހަނގުރާމައިގައި އިޒްރޭލުން ދިން ހަމަލާތަކުގައި ހަމާސްގެ އިތުރު ހަތަރު ލީޑަރަކު ޝަހީދުވެފައިވާ ކަންވެސް އިއުލާނުކޮށްފަ އެވެ.

ހަމާސްއަބޫ އުބައިދާއިޒްރޭލު-ހަމާސްޤައްސާމް ބްރިގޭޑްސްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025
ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025
ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު