Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެންމެ ފުރަތަމަ ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން ބޭނުން ވަނީ ފަަސޭހަ ގޮތެއްގައި އެކަން ކުރަން ކަމަށް. އެހެން ނަމަވެސް، ފަސޭހަ ގޮތެއްގައި އެކަން ނުވެއްޖެ ނަމަ، އުނދަގޫ ގޮތެއްގައި އެމެރިކާ އިން އެކަން ކުރާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 06:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓަސް

ބާރުގެ ބޭނުން ކޮށްގެން ކަމަށް ވިޔަސް، ގްރީންލޭންޑް ހިފާނެ ކަމަށް ދޭހަވާ މޭރުމަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ވެނެޒުއެލާގެ ތެލުގެ ވިޔާފާރިން ފައިދާ ހޯދަން ބޭނުންވާ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ބަޔަކު ބޭނުން ވިޔަސް ނުވިޔަސް، އެމެރިކާ އިން ގްރީންލޭންޑާ މެދު ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. ޓްރަމްޕްގެ މި ވާހަކަ ތަކަކީ، އާކްޓިކް ސަރަހައްދުގެ މި ޖަޒީރާއާ މެދު، އިޙުތިރާމެއް ނެތް ގޮތެއްގައި ދައްކަވާފައިވާ ވާހަކައެއް ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

ގްރީންލޭންޑާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެންމެ ފުރަތަމަ ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން ބޭނުން ވަނީ ފަަސޭހަ ގޮތެއްގައި އެކަން ކުރަން ކަމަށެވެ. އެހެން ނަމަވެސް، ފަސޭހަ ގޮތެއްގައި އެކަން ނުވެއްޖެ ނަމަ، އުނދަގޫ ގޮތެއްގައި އެމެރިކާ އިން އެކަން ކުރާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް އެ އިޝާރާތް ކުރެއްވީ ބާރުގެ ބޭނުން ކޮށްގެން ވިޔަސް، ގްރީންލޭންޑް ހިފާނެ ވާހަކަ ކަމަށް މާހިރުން ބުނެފައިވެ އެވެ. 

ޓްރަމްޕް ވިދާޅުވީ މައުދަނުގެ މުއްސަނދިކަން އޮތް އެ ޖާޒީރާ ކޮންޓްރޯލް ކުރުމަކީ، އެމެރިކާގެ ޤައުމީ ސަލާމަތަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އާކްޓިކް ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ ސިފައިންގެ ޙަރަކާތްތައް އިތުރު ވަމުން އަންނަ ކަމަށް ފާހަގަ ކުރެއްވި އެވެ. އެ ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ ނުފޫޒު ގަދަ ވަމުން އަންނަ ކަމަށް ވިދާޅުވެ، މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ. 

އެގޮތުން ޓްރަމްޕް ވިދާޅުވީ ރަޝިޔާ އާއި ޗައިނާ އިން ގްރީންލޭންޑް ހިފުމަށް އޭނާ ދޫކޮށް ނުލައްވާނެ ކަމަށެވެ. އެމެރިކާ އިން އެކަން ނުކޮށްފި ނަމަ، ރަޝިޔާ އާއި ޗައިނާ އިން އެ ސަރަހައްދުގައި އަތް ގަދަ ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެހެންކަމުން ގްރީންލޭންޑާ މެދު އެމެރިކާ އިން ކޮންމެ ވެސް ފިޔަވަޅެއް އަޅާނެ ކަމަށާއި، އެއީ ރީތި ގޮތުގައި ނުވަތަ ހަޑި ގޮތުގައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ރަޝިޔާ އާއި ޗައިނާ އިން މި ފަހަކަށް އައިސް އާކްޓިކް ސަރަހައްދުގައި ސިފައިންގެ ޙަރަކާތްތައް އިތުރު ކޮށްފައި ވީ ނަމަވެސް، އެއްވެސް ޤައުމަކުން އެ ޖަޒީރާގެ ހައްގަށް ދައުވާ ކޮށްފައި ނުވެ އެވެ. 

ގްރީންލޭންޑް ހިފާނެ ކަމަށް ބުނެ ޓްރަމްޕް ވާހަކަ ދައްކަވަން ފައްޓަވާފާއިވާއިރު، ޑެންމާކާއި ޔޫރަޕުގެ ޤައުމު ތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ވާހަކަތަކާ ދެކޮޅަށް އެތައް ޤައުމަކުން ބަޔާން ނެރެފައިވާއިރު، ގްރީންލޭންޑުގައި މިހާރު ވެސް އެމެރިކާ އަސްކަރިއްޔާގެ ބޭހެއް ހުރެ އެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްގްރީންލޭންޑްއެމެރިކާޑެންމާކްރަޝިޔާ-ޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

އީރާން އޮތީ "މުސީބާތެއްގެ" ތެރޭގައި: ޓްރަމްޕް

10 ޖެނުއަރީ 2026
ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު އެމެރިކާގައި ހައްޔަރު ކޮށްފި

ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު އެމެރިކާގައި ހައްޔަރު ކޮށްފި

10 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޚާމަނާއީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި

09 ޖެނުއަރީ 2026
ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު