Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގްރީންލޭންޑް

ގްރީންލޭންޑް އެމެރިކާގެ މިލްކުވެރިކަމުގެ ދަށަށް ގެންނަން އަސްކަރީ ބާރުގެ ބޭނުން ޓްރަމްޕް ކުރައްވާފާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި

އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި ޑެންމާކުގެ ލީޑަރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ގްރީންލޭންޑަކީ އެ ރަށުގެ ރައްޔިތުންގެ ތަނެއް ކަމަށާއި، އެ ރަށާ ގުޅޭ ނިންމުންތައް ނިންމޭނީ ހަމައެކަނި ޑެންމާކާއި ގްރީންލޭންޑަށް ކަމަށް.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 01:50
ގްރީންލޭންޑުގެ މަންޒަރެއް

ގްރީންލޭންޑުގެ މަންޒަރެއް | ގެޓީ އިމޭޖަސް

ގްރީންލޭންޑް އެމެރިކާގެ މިލްކުވެރިކަމުގެ ދަށަށް ގެނައުމަށްޓަކައި އަސްކަރީ ބާރުގެ ބޭނުންކުރުން ހިމެނޭހެން ތަފާތު ގޮތްތަކާ މެދު ރައީސް ޓްރަމްޕް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފި އެވެ.

ނޭޓޯގެ މެންބަރު ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ، މިނިވަން ދާޚިލީ ސިޔާސަތެއް އޮންނަ ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ "ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއް" ކަމަށް ވައިޓް ހައުސް އިން ބީބީސީ އަށް މަޢުލޫމާތު ދީފައިވެ އެވެ.

ވައިޓް ހައުސް އިން މިކަން ހާމަކޮށްފައި މިވަނީ، ގްރީންލޭންޑާ މެދު ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅަށް ޑެންމާކުން ދެކޮޅު ހަދަމުން ދަނިކޮށް، ޔޫރަޕްގެ ލީޑަރުން ގުޅިގެން ޑެންމާކަށް ތާއީދުކޮށް ބަޔާނެއް ނެރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ގްރީންލޭންޑް އެމެރިކާއަށް "ބޭނުންވާ" ކަމަށް ހަފްތާ ބަންދު ގައި ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވުމާ ގުޅިގެން، ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑްރިކްސަން ވަނީ އެމެރިކާ އިން އެއްވެސް ކަހަލަ ހަމަލާއެއް ދީފި ނަމަ އެއީ ނޭޓޯގެ ނިމުން ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އަންގާރަ ދުވަހު ވައިޓް ހައުސް އިން ބުނެފައި ވަނީ، ޚާރިޖީ ސިޔާސަތުގެ މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ރައީސާއި އެމަނިކުފާނުގެ ޓީމުން ތަފާތު ގޮތްގޮތާ މެދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އަސްކަރީ ބާރުގެ ބޭނުންކުރުމަކީ ކޮމާންޑަރ-އިން-ޗީފްގެ އިޚްތިޔާރުގައި އަބަދުވެސް އޮންނަ ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ނޭޓޯ އަކީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ހިމެނޭ އަސްކަރީ އިއްތިހާދެކެވެ. މިއީ ބޭރުގެ ހަމަލާއެއް ކުރިމަތިވާ ހާލަތްތަކުގައި އެއް ގައުމު އަނެއް ގައުމަށް އެހީތެރިވުމަށް އެއްބަސްވެފައިވާ އިއްތިހާދެކެވެ.

އަންގާރަ ދުވަހު ޔޫރަޕްގެ ހަ ގައުމަކުން ވަނީ ޑެންމާކަށް ތާއީދުކޮށްފަ އެވެ. އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި ޑެންމާކުގެ ލީޑަރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގްރީންލޭންޑަކީ އެ ރަށުގެ ރައްޔިތުންގެ ތަނެއް ކަމަށާއި، އެ ރަށާ ގުޅޭ ނިންމުންތައް ނިންމޭނީ ހަމައެކަނި ޑެންމާކާއި ގްރީންލޭންޑަށް ކަމަށެވެ.

އާކްޓިކް ސަރަޙައްދުގެ ސަލާމަތަށް އެމެރިކާއެކޭ އެއްފަދައިން ޔޫރަޕްގެ ގައުމުތަކުން ވެސް އިސްކަންދޭކަން ފާހަގަކޮށް، ބަޔާނުގައި ބުނެފައިވަނީ މިކަން ހާސިލުކުރަންވާނީ އެމެރިކާ ހިމެނޭހެން ނޭޓޯގެ ހުރިހާ ގައުމުތަކެއް ގުޅިގެން ކަމަށެވެ. އަދި އދ. ގެ މުއާހަދާތަކާއި، ގައުމުތަކުގެ އިސްތިގުލާލަށް އިހުތިރާމް ކުރުމަށް ވެސް އެ ގައުމުތަކުން ގޮވާލާފައިވެ އެވެ.

ގްރީންލޭންޑުގެ ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނީލްސަން މި ބަޔާނަށް މަރުހަބާ ވިދާޅުވެ، "އިހުތިރާމާއެކު މަޝްވަރާކުރުމަށް" ގޮވާލެއްވި އެވެ. ނީލްސަން ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދާންވާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކަށް އިހުތިރާމްކުރެވޭ ފަދަ ގޮތަކަށް ކަމަށެވެ.

ގްރީންލޭންޑް މިލްކުކުރުމުގެ ވާހަކަ އަލުން ފެންމަތިވެފައި މިވަނީ، އެމެރިކާއިން ވެނެޒުއޭލާ އަށް އަސްކަރީ ހަމަލާދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށް، މަސްތުވާތަކެއްޗާއި ހަތިޔާރުގެ މައްސަލަތަކެއްގައި ނިއުޔޯކަށް ގެންދިޔަ ހާދިސާއާ ގުޅިގެންނެވެ.

ގްރީންލޭންޑްރައީސް ޓްރަމްޕްޑެންމާކްނޭޓޯއެމެރިކާ-ޑެންމާކް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިލާތުން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް! "ގްރީންލޭންޑް ހިފައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން"

ވިލާތުން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް! "ގްރީންލޭންޑް ހިފައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން"

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
އެމެރިކާގެ ބާރުގެ ދަށަށް މަދޫރޯ ގެންދިޔަ ހާދިސާ އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ރަހުމަތްތެރިންނާއި ދުޝްމަނުން ވެސް ކުށްވެރި ކޮށްފި

އެމެރިކާގެ ބާރުގެ ދަށަށް މަދޫރޯ ގެންދިޔަ ހާދިސާ އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ރަހުމަތްތެރިންނާއި ދުޝްމަނުން ވެސް ކުށްވެރި ކޮށްފި

06 ޖެނުއަރީ 2026
އެމެރިކާ އިން ގްރީންލޭންޑް ހިފުމަށް އެއްވެސް މަސައްކަތެއް ކޮށްފި ނަމަ ނޭޓޯ ނިމުމަކަށް އަންނާނެ: ޑެންމާކުގެ ބޮޑު ވަޒީރު

އެމެރިކާ އިން ގްރީންލޭންޑް ހިފުމަށް އެއްވެސް މަސައްކަތެއް ކޮށްފި ނަމަ ނޭޓޯ ނިމުމަކަށް އަންނާނެ: ޑެންމާކުގެ ބޮޑު ވަޒީރު

06 ޖެނުއަރީ 2026
ގްރީންލޭންޑަށް އަމާޒުކޮށް ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރުތައް ހުއްޓާލުމަށް ޑެންމާކުގެ ބޮޑުވަޒީރު ގޮވާލައްވައިފި

ގްރީންލޭންޑަށް އަމާޒުކޮށް ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރުތައް ހުއްޓާލުމަށް ޑެންމާކުގެ ބޮޑުވަޒީރު ގޮވާލައްވައިފި

05 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު