Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރީންލޭންޑް

ވިލާތުން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް! "ގްރީންލޭންޑް ހިފައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން"

7 ޖެނުއަރީ 2026 | ބުދަ 13:39

އޮސްޓްރިއާގެ ނޭޓޯ އެންލާޖްމަންޓް ކޮމިޓީގެ ރައީސް ވިދާޅުވީ، އެމެރިކާއިން ގްރީންލޭންޑަށް އަތްގަދަކޮށްފި ނަމަ، ވިލާތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވިލާތުގެ ގައުމުތަކުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް.

އަލް - ހުރަވީ
އަލް - ހުރަވީ | 7 ޖެނުއަރީ 2026 | ބުދަ 13:39

ރަޢީސް ޓްރަމްޕް އަދި އޮސްޓްރިއާގެ ނޭޓޯ އެންލާޖްމަންޓް ކޮމިޓީގެ ރައީސް ގުންތަރ ފެލިންގަރ | ނިއު ޔޯކް ޓައިމްސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ހޯދުމަށް ގެންގުޅުއްވާ ޝައުގުވެރިކަމާ ގުޅިގެން، ވިލާތުގެ އިސް މަސްއޫލުވެރިއަކު އެމެރިކާ އަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އޮސްޓްރިއާގެ ނޭޓޯ އެންލާޖްމަންޓް ކޮމިޓީގެ ރައީސް ވިދާޅުވީ، އެމެރިކާ އިން ގްރީންލޭންޑަށް އަތްގަދަކޮށްފިނަމަ، ވިލާތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވިލާތުގެ ގައުމުތަކުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑު ގުޑުމެއް އަރުވާލި ވާހަކައެކެވެ. 

ދުނިޔޭގެ އެންމެ ބޮޑު ރަށް ކަމަށްވާ ގްރީންލޭންޑަކީ ޑެންމާކްގެ ސަރަހައްދެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ރަށް ހޯއްދެވުމަށް ޝައުގުވެރިކަން ފާޅުކުރެއްވުމާ އެކު، މުޅި ވިލާތް މިހާރު ވަނީ މިކަމާ ދެކޮޅަށް ތެދުވެފަ އެވެ.

އޮސްޓްރިއާގެ ނޭޓޯ އެންލާޖްމަންޓް ކޮމިޓީގެ ރައީސް ގުންތަރ ފެލިންގަރ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް ޓްރަމްޕް ގްރީންލޭންޑް "ހިފަން" އުޅުއްވާނަމަ، އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ގްރީންލޭންޑަކީ ވިލާތުގެ ބައެކެވެ. އަދި އެމެރިކާ އިން އެ ބިމަށް އަތްގަދަކޮށްފި ނަމަ، ވިލާތުގެ ގައުމުތަކުން ރައްދުގައި ޖަރުމަނާއި، އިޓަލީ އަދި އެނޫން ވެސް ވިލާތުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.

ގެރީންލޭންޑް

ގެރީންލޭންޑް

އިޔުރޮޕްގައިވާ  އެމެރިކަން ބޭސް ތައް

އިޔުރޮޕްގައިވާ އެމެރިކަން ބޭސް ތައް

މި މައްސަލައަކީ ހަމައެކަނި ބިމުގެ މިލްކުވެރިކަމުގެ މައްސަލައެއް ނޫނެވެ. ގްރީންލޭންޑަކީ އާކްޓިކް ސަރަހައްދުގެ މުހިންމު މަގާމެއްގައި އޮތް، ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ރަށެކެވެ. އެމެރިކާ އިން އެ ރަށަށް ލޯއަޅަނީ ޗައިނާ އާއި ރަޝިޔާގެ ނުފޫޒު އެ ސަރަހައްދުގައި ކުޑަކުރުމަށް ކަމަށް ބުނެ އެވެ.

ނަމަވެސް، ވިލާތުގެ ގައުމުތަކުން މިކަން ދެކެނީ އެމެރިކާ އިން ވިލާތުގެ ސިޔާދަތަށް އަރައިގަތުން ކަމުގަ އެވެ. ފެލިންގަރގެ މި އިންޒާރަކީ ނޭޓޯގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް އިތުބާރު ކުޑަވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރައީސް ޓްރަމްޕްގެ މި "ރިއަލް އެސްޓޭޓް" ވިސްނުންފުޅުގެ ސަބަބުން، އެޓްލާންޓިކް ކަނޑުގެ ދެފަރާތުގެ ގުޅުމަށް ބޮޑު ބުރޫއެއް އެރުމުގެ ބިރު ވަނީ ހީވެފަ އެވެ. ވިލާތުން ދިން މި އިންޒާރަށް އެމެރިކާގެ ވައިޓް ހައުސް އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.

އެމެރިކާ-ގްރީންލޭންޑްނޭޓޯއޮސްޓްރިއާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

24 ޖެނުއަރީ 2026
ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ
21 ޖެނުއަރީ 2026

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

21 ޖެނުއަރީ 2026
ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20 ޖެނުއަރީ 2026

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
18 ޖެނުއަރީ 2026

ގްރީންލޭންޑް އެމެރިކާ އިން ހޯދުމަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ވިލާތުން ރައްދު ދީފި

18 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާ އިން ހޯދުމަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ވިލާތުން ރައްދު ދީފި
17 ޖެނުއަރީ 2026

ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

17 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި
17 ޖެނުއަރީ 2026

ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

17 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
15 ޖެނުއަރީ 2026

ޓްރަމްޕް ގްރީންލޭންޑް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި

15 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި
12 ޖެނުއަރީ 2026

ޑެންމާކުގެ ބޮޑުވަޒީރު: ގްރީންލޭންޑުގެ މައްސަލަ އޮތީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު މަރުހަލާ އެއް ގައި"

12 ޖެނުއަރީ 2026
ޑެންމާކުގެ ބޮޑުވަޒީރު: ގްރީންލޭންޑުގެ މައްސަލަ އޮތީ "ނިންމުންތަކެއް ނިންމަންޖެހޭ ނާޒުކު މަރުހަލާ އެއް ގައި"
09 ޖެނުއަރީ 2026

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް
07 ޖެނުއަރީ 2026

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް