Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-ސައުދީ އަރަބިއްޔާ

ސައުދީގެ އެއްގަމާއި ވައިގެ ސަރަހައްދު އީރާނަށް ހަމަލާ ދިނުމަށް ބޭނުން ނުކުރެވޭނެ ކަމަށް އެ ގައުމުން އަންގައިފި

ސައުދީގެ ބިމާއި ވައިގެ ސަރަހައްދު އީރާނަށް ހަމަލާދިނުމަށް ބޭނުން ކުރަން ފުރުސަތު ނުދޭނެ ކަމަށާއި އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކުގައި ސައުދީން ބައިވެރި ނުވާނެ ކަމަށް އެ ގައުމުން ސީދާ އީރާނަށް އަންގާފައިވާ ކަން ސަރުކާރާ ގާތް ގުޅުންތަކެއް އޮންނަ މަސްދަރުތަކުން ބުނެފައިވޭ.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 17:53
ސައުދީ އަރަބިއްޔާގައި އޮންނަ އެމެރިކާގެ ދަހްރާން އެއަރބޭސް އަށް އެމެރިކާގެ ސިފައިންގެ ފައުޖެއް އަސްކަރީ މަތިންދާ ބޯޓަކުން ފައިބަނީ - އޮގަސްޓް 21، 1990

ސައުދީ އަރަބިއްޔާގައި އޮންނަ އެމެރިކާގެ ދަހްރާން އެއަރބޭސް އަށް އެމެރިކާގެ ސިފައިންގެ ފައުޖެއް އަސްކަރީ މަތިންދާ ބޯޓަކުން ފައިބަނީ - އޮގަސްޓް 21، 1990 | ގެޓީ އިމޭޖަސް

ސައުދީގެ އެއްގަމާއި ވައިގެ ސަރަހައްދު އީރާނަށް ހަމަލާދިނުމަށް ބޭނުން ނުކުރެވޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދާއި ބިން އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެކަން އެ ގައުމުން އީރާނަށް ވެސް ވަނީ އަންގައިފަ އެވެ.

މިކަން ކަށަވަރުކޮށްދީފައި ވަނީ ސައުދީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ދެ މަސްދަރަކުން ބުދަ ދުވަހު އޭއެފްޕީ ނޫސް އެޖެންސީ އަށް ދީފައިވާ މައުލޫމާތުގަ އެވެ.

މި މެސެޖު އީރާނަށް ފޮނުވާފައި ވަނީ، އެ ގައުމުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށް އީރާނު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެމެރިކާ އިން ރައްދު ދީފާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގަ އެވެ.

ހަމަ އެއާ އެކު، އީރާނަށް ހަމަލާ އެއް އަތުވެއްޖެ ނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މުދާ އުފުލާ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށް ތެހެރާނުން ވެސް ވަނީ ބުނެފަ އެވެ.

"އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އަސްކަރީ ހަރަކާތެއްގައި ސައުދީން ބައިވެރި ނުވާނެ ކަމަށާއި، އެ ގައުމުގެ ބިމާއި ވައިގެ ސަރަހައްދު އެ ބޭނުމަށް ބޭނުންކުރަން ފުރުސަތު ނުދޭނެކަން ސައުދީން ވަނީ ސީދާ އީރާނަށް އަންގާފައި،" ސައުދީ އަސްކަރިއްޔާ އާ ގާތް ގުޅުމެއް އޮންނަ މަސްދަރަކުން އޭއެފްޕީ އަށް ބުނެފައިވެ އެވެ.

ސަރުކާރާ ގާތް ގުޅުމެއް އޮންނަ ދެވަނަ މަސްދަރަކުން ވެސް ވަނީ މި މެސެޖު އީރާނަށް ފޮނުވިކަން ކަށަވަރުކޮށްދީފަ އެވެ.

އެމެރިކާގެ އަސްކަރީ ވަސީލަތްތަކާއި މަރުކަޒުތައް ގަލްފު ސަރަހައްދުގައި ގާއިމުވެފައިވާއިރު، އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ ގައި ހުރި މަރުކަޒުތައް ވެސް ހިމެނެ އެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާ-ސައުދީ އަރަބިއްޔާއީރާން މުޒާހަރާއީރާން-ސައުދީ އަރަބިއްޔާއީރާންހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނަށް އެމެރިކާގެ އިންޒާރު - އީރާނަށް އެނގެންޖެހޭ ވަގުތު ޖެހުމުން އެކަން އެނގޭނެ: ހަކަބީ

އީރާނަށް އެމެރިކާގެ އިންޒާރު - އީރާނަށް އެނގެންޖެހޭ ވަގުތު ޖެހުމުން އެކަން އެނގޭނެ: ހަކަބީ

23 ޖެނުއަރީ 2026
އީރާން އާ ދިމާލަށް އެމެރިކާގެ ބިޔަ ލަޝްކަރެއް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާން އާ ދިމާލަށް އެމެރިކާގެ ބިޔަ ލަޝްކަރެއް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

23 ޖެނުއަރީ 2026
ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

18 ޖެނުއަރީ 2026
ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު