Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި

އެކަމާ ގުޅޭ ގޮތުން ނޫހެއްގައި ލިޔެފައިވާ ޚަބަރެއްގެ ފޮޓޯ އާއެކު ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެކަމުގެ މައްސަލަ އަކީ ކޮބައިތޯ؟ އެގޮތުން ރައީސްގެ ދަރިކަލަކަށް ވުމަކީ ކުޅުމުން މަހުރޫމުވާން ޖެހޭ ކަމެއްތޯ އައްސަވައި މުބީން ވަނީ ސުވާލެއް އުފައްދަވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2026 | ހޮނިހިރު 05:54
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވި ދުވަހު ކުޅުނު މެޗުގެ ތެރެއިން، ރައީސް މުޢިއްޒު އާއި، ނައިބު ރައީސް ޙުސެއިން އަދި ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވި ދުވަހު ކުޅުނު މެޗުގެ ތެރެއިން، ރައީސް މުޢިއްޒު އާއި، ނައިބު ރައީސް ޙުސެއިން އަދި ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ދަރިކަލުން އުމެއިރު މުޙައްމަދު މުޢިއްޒު، ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި ހިމަނައިފި އެވެ.

ނިއު ރޭޑިއަންޓުގެ ޓީމުގައި އުމެއިރު ރަޖިސްޓްރީ ކޮށްފައިވާއިރު، މީގެ ކުރިން ވެސް ވަނީ އުމެއިރު ނިއު ރޭޑިއަންޓާ ގުޅެން އުޅޭ ކަމުގެ އަޑު ތަކެއް ފެތުރިފަ އެވެ. އެގޮތުން ނިއު ރޭޑިއަންޓް އިން އައު ކުޅުންތެރިން ގެނައުމުގެ ތެރޭގައި ވަނީ އުމެއިރު ވެސް އެ ޓީމުގައި ހިމަނައިފަ އެވެ. 

އުމުރުން މިހާރު 18 އަހަރުވެފައިވާ އުމެއިރު ނިއު ރޭޑިއަންޓުގައި ހިމަނާފައިވާއިރު، އޭނާ އަންނަނީ ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކުގައި ވެސް ބައިވެރި ވަމުންނެވެ. ނިއު ރޭޑިއަންޓުގެ އައު މެނޭޖުމަންޓް އިން އަންނަނީ އެ ޓީމަށް އައު ކުޅުންތެރިން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ނޫހެއްގައި ލިޔެފައިވާ ޚަބަރެއްގެ ފޮޓޯ އާއެކު ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެކަމުގެ މައްސަލަ އަކީ ކޮބައިތޯ އެވެ؟ އެގޮތުން ރައީސްގެ ދަރިކަލަކަށް ވުމަކީ ކުޅުމުން މަހުރޫމުވާން ޖެހޭ ކަމެއްތޯ އައްސަވައި މުބީން ވަނީ ސުވާލެއް އުފައްދަވައިފަ އެވެ. އަދި ކޮންމެ ކަމެއްގައި ވެސް ޒާތީ ހަސަދަ އިސްކޮށްގެން ނޫނީ ނޫސް ނުހިންގެނީތޯ ވެސް ވަނީ ސުވާލު ކުރައްވައިފަ އެވެ. 

އިތުރަށް އެ ޕޯސްޓުގައި މުބީން ވިދާޅުވެފައި ވަނީ އުމެއިރު އަކީ ޒުވާން ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން ނިއު ރޭޑިއަންޓް އިން އަންނަނީ ޒުވާން ކުޅުންތެރިން ހިމެނޭ ގޮތަށް، ޓީމްގެ ބީ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މުބީން ވިދާޅުވި އެވެ. އަދި ނޫހެއްގައި ލިޔެލާ ޚަބަރެއްގެ ސަބަބުން، ސީނިއާ ކުޅުންތެރިން ބިނާ ކުރުމަށް ނިއު ރޭޑިއަންޓް އިން ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

"އުމެއިރު އަކީ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް. ނިއުރޭޑިއަންޓުން މިއަންނަނީ ޒުވާން ކުޚުންތެރި ހިމެނޭ ޓީމްގެ ބީ ސްކޮޑަ އެކުލަވާލުމުގެ މަސައްކަތް ކުރަމުން. ތިހެން ލިޔެލާ އާރޓިކަލްއަކުން ނިއުރޭޑިއަންޓް ސކ ބިނާކުރަން މިކުރާ މަސައްކަތް ހުއްޓައެއް ނުލާނަން،" މުބީންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި މުބީން ވިދާޅުވީ، އުމެއިރު ނޫނަސް ޒުވާން އެތައް ކުދިންނެއް ނިއު ރޭޑިއަންޓާ އެކު ފަރުތަ ކުރަމުން އަންނަ ކަމަށެވެ. އަދި ނިއު ރޭޑިއަންޓުގެ ފަރިތަ ކުރުމުގައި ބައިވެެރިވާ ޒުވާން ކުޅުންތެރިންނާ ގުޅޭ މައުލޫމާތު ހޯދާލުމަށް ދައުވަތު ދެއްވާ ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ. 

ނިއު ރޭޑިއަންޓުގައި އުމެއިރު ރަޖިސްޓްރީ ކޮށްފައިވާއިރު، ރައީސް މުޢިއްޒުގެ އާއިލީ ކުންފުނި ދިމްޔާތުގެ ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ "ޑެމިއެޓާ" އަކީ ނިއު ރޭޑިއަންޓުގެ ސްޕޮންސާ އެކެވެ. ނިއު ރޭޑިއަންޓުގެ އިތުރުން، ޑެމިއެޓާ އިން ވަނީ ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތައް ވެސް ސްޕޮންސާ ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވި ދުވަހު، އިންފަންޓީނޯ އާއި ރައީސް މުޢިއްޒުގެ ޓީމަކާ ދެމެދު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ވެސް އުމެއިރު ވަނީ ކުޅެފަ އެވެ. އެ މެޗުގައި އުމެއިރު ކުޅެފައި ވަނީ ރައީސް މުޢިއްޒުގެ ޓީމަށެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

30 ޑިސެމްބަރު 2025
މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން

މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން

28 ޑިސެމްބަރު 2025
ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

28 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ 6 ވަނަ ދަތުރުފުޅު ގައި ފުރާވަޑައިގެންފި

ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ 6 ވަނަ ދަތުރުފުޅު ގައި ފުރާވަޑައިގެންފި

27 ޑިސެމްބަރު 2025
ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

24 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު