Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކުރަން ނިންމި ނަމަވެސް، ވަކި ކުރި ސަބަބެއް އެފްއޭއެމް އިން ހާމަ ކޮށްފައި ނުވޭ. ނަމަވެސް، އެކި އެކި މަސްދަރު ތަކުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމެޓީ އިން މުބީން ވަކިކޮށްފައި ވަނީ ބައެއް ކަހަލަ ޑިސިޕްލިނަރީ މައްސަލަ ތަކުގެ ސަބަބުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 03:40
ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން

ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން | ރާއްޖެ އެމްވީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑައިމަންޑް ޖުބްލީ ކޮމެޓީގައި ހިމެނޭ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙުމަދު މުބީން އެ ކޮމެޓީން ވަކި ކޮށްފި އެވެ.

ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޙަރަކާތްތައް ރޭވުމަށް އެފްއޭއެމް އިން ވަނީ ޑައިމަންޑް ޖުބްލީ ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އުފައްދައިފަ އެވެ. އެ ކޮމެޓީގެ ޗެއާމަން އަކީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ. އެ ކޮމެޓީގެ ވައިސް ޗެއާމަން ކަމަށް މުބީން ހަމަޖައްސާފައިވާއިރު، ދެން އެ ކޮމެޓީގައި ހިމެނެނީ ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުލް ލަތީފް މުޙައްމަދު އެވެ.

ހޯމަ ދުވަހު އެފްއޭއެމް އިން ބޭއްވި އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކުރަން ނިންމައިފަ އެވެ. އަދި މުބީންގެ ބަދަލުގައި އެ ކޮމެޓީ އަށް އައްޔަން ކޮށްފައި ވަނީ ދާދި ފަހުން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން ކަމަށް އިންތިޚާބު ކުރި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް އެވެ.

ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކުރަން ނިންމި ނަމަވެސް، ވަކި ކުރި ސަބަބެއް އެފްއޭއެމް އިން ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، އެކި އެކި މަސްދަރު ތަކުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމެޓީ އިން މުބީން ވަކިކޮށްފައި ވަނީ ބައެއް ކަހަލަ ޑިސިޕްލިނަރީ މައްސަލަ ތަކުގެ ސަބަބުންނެވެ.

އެގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗަށް ފަހު، މުބީން ވަނީ ސޯޝަލް މީޑިއާގައި އެ މެޗުގެ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެގޮތުން ރެފްރީ އިން ބައެއް ގޯސްތައް ހަދާފައިވާ ކަމަށް ބުނެ، މުބީން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. މި ނޫހަށް މައުލޫމާތު ދިން މަސްދަރުން ބުނެފައި ވަނީ، މުބީންގެ އެ އަމަލީ އެފްއޭއެމްގެ ކޮމެޓީއެއްގައި ހިމެނޭ މެމްބަރަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

މެޗުގައި ރެފްރީންނަށް ގޯސް ހެދޭނެ ކަމަށާއި، ނަމަވެސް އެފްއޭއެމްގެ ކޮމެޓީއެއްގައި ހިމެނޭ މެމްބަރަކު އެ ވާހަކަ ސޯޝަލް މީޑިއާގައި ދެއްކުމަކީ ގޯސް ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެ އެވެ. މުބީން އޭރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ އެ މެޗުން މާޒިޔާ މޮޅުވި ގޮތް މެޗު ބަލަން ތިބި މީހުންނަށް ސާފު ވާނެ ކަމަށެވެ. އެއީ ހިތްވަރު ކޮށްގެންތޯ، ނުވަތަ އެހެން ގޮތަކުންތޯ ނިންމާނީ ބަލަން ތިބި މީހުން ކަމަށް ވެސް މުބީން ވިދާޅުވެފައިވެ އެވެ. 

ނިއު ރޭޑިންޓާއި މާޒިޔާ ބައްދަލު ކުރި މެޗުގައި ނިއު ރޭޑިއަންޓަށް ލިބެން ޖެހޭ ދެ ޕެނަލްޓީ ރެފްރީ ދީފައި ނުވާ ކަމަށް ވިދާޅުވެ، މީގެ ކުރިން މުބީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ މެޗުގައި ހިނގައި ދިޔަ ދެ ޙާލަތެއްގެ ވީޑިއޯ ހިއްސާ ކުރައްވައި މުބީން އޭރު ވިދާޅުވެފައި ވަނީ، ނިއު ރޭޑިއަންޓް އަށް ސާފުކޮށް ލިބެން ޖެހޭ ދެ ޕެނަލްޓީ ނުލިބި ދިޔަ ކަމަށާއި، ރެފްރީ އަށް "ސެލިއުޓް" ކުރާ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ފުޓުބޯޅަ ކުރިނާރަނީ އެ ސަބަބާ ހުރެ ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، ކުލަ ގަދަ ޙަރަކާތް ތަކެއް ކުރިއަށް ގެންދިޔުމަށް އެފްއޭއެމް އިން އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން މިހާރު ނިންމާފައި ވަނީ ޑައިމަންޑް ޖުބްލީ އިންވިޓޭޝަނަލެއް ފުޓުބޯޅަ މުބާރާތެއް ކުރިއަށް ގެންދިޔުމަށެވެ. 19 އަހަރުން ދަށަށް ޚާއްސަ ކޮށްގެން އެ މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާފައި ވަނީ ފެބްރުވަރީ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެފްއޭއެމްއަޙުމަދު މުބީންނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

07 ޖެނުއަރީ 2026
ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި

ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި

06 ޖެނުއަރީ 2026
ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި

ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި

03 ޖެނުއަރީ 2026
ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

28 ޑިސެމްބަރު 2025
ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު