Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއަރ ލީގު

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

ވިކްޓަރީ އިން ނިއު ރޭޑިއަންޓުގެ މައްޗަށް ކުރި ހޯދާފައިވާއިރު، ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ ނިއު ރޭޑިއަންޓް އިންނެވެ. ނިއު ރޭޑިއަންޓު އަތުން ހޯދި މޮޅާއެކު، ވިކްޓަރީ ވަނީ ލީގު ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 11 މެޗުން 16 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 04:13
މެޗުގައި ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ކުޅުންތެރިޔަކު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ކުޅުންތެރިޔަކު އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ވިކްޓަރީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ވިކްޓަރީ އިން ވަނީ 3-1 އިން ނިއު ރޭޑިއަންޓުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ނިއު ރޭޑިއަންޓް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ވިކްޓަރީ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. 

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ނިއު ރޭޑިއަންޓް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ގޯމޭސް ޑަ ސިލްވާ އެވެ. އެ ލަނޑު އޭނާ ޖެހީ، އަލީ ފާޞިރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ އަކުންނެވެ. އޭގެ ފަހުން އިތުރު ލަނޑު ޖަހައި ލީޑު ފުޅާ ކުރާނެ ފުރުސަތު ވެސް ނިއު ރޭޑިއަންޓަށް ވަނީ ލިބިފަ އެވެ.

ނަމަވެސް، މެޗުގެ 29 ވަނަ މިނެޓުގައި ވިކްޓަރީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މިލޯސް ލެޗްނީ އެވެ. އެއީ ދާދި ފަހުން ކުލަބު އީގަލްސް ދޫކޮށްލުމަށް ފަހު ވިކްޓަރީ އަށް ބަދަލުވި، އަޙުމަދު ރިޒުވާން (ރިޒޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ވިކްޓަރީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ވެސް ވިކްޓަރީ އަށް ޖަހައިދިނީ ލެޗްނީ އެވެ. އޭގެ ފަހުން މެޗުގައި ވިކްޓަރީ އިން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ޖަވޯހިރް އަޒަމޯވް އެވެ.

ވިކްޓަރީ އިން ނިއު ރޭޑިއަންޓުގެ މައްޗަށް ކުރި ހޯދާފައިވާއިރު، ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ ނިއު ރޭޑިއަންޓް އިންނެވެ. ނިއު ރޭޑިއަންޓު އަތުން ހޯދި މޮޅާއެކު، ވިކްޓަރީ ވަނީ ލީގު ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 11 މެޗުން 16 ޕޮއިންޓާ އެކު އެވެ. ވިކްޓަރީ އަތުން ބަލިވި ނިއު ރޭޑިއަންޓު އޮތީ 11 މެޗުން 20 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްވިކްޓަރީ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

20 ޑިސެމްބަރު 2025
ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

16 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު