Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއަރ ލީގު

ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި

މޮޅާއެކު ބުރުން ވަނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ފަހަތަށް ޖައްސާލުމަށް ފަހު ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފަ އެވެ. މިހާތަނަަށް ލީގުގައި ކުޅެފައިވާ 11 މެޗުން ބުރަށް ލިބެނީ 20 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ނިއު ރޭޑިއަންޓް އަށް ވެސް 20 ޕޮއިންޓު ލިބޭއިރު، އެ ޓީމު މިހާރު އޮތީ ހަތަރު ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 03:59
މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެ ވަނަ ބުރުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ބުރު ސްޕޯޓްސް ކުލަބު މޮޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ބުރުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އީގަލްސް އިންނެވެ. އޭގެ ފަހުން ބުރުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. ބުރުން ތިން ލަނޑު ޖެހި ފަހުން މެޗުގައި އީގަލްސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހީމް މަހުދީ ޙުސެއިން އެވެ. އޭގެ ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ބުރުން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ މެޗުގެ 83 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ބުރަށް ޖަހައިދިނީ މުޙައްމަދު ނާއިމް އެވެ.

އޭގެ ހަތަރު މިނެޓު ފަހުން ބުރުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުގައި ލީޑު ނަގައިފަ އެވެ. އެއީ އިބްރާހީމް އުސާމާ ޙަސަން މަޖީދު ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ނާއިމް ވަނީ އިތުރު ލަނޑެއް ޖަހައި ބުރުގެ ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ ޝަމްވީލް ޤާސިމް އެވެ. 

މޮޅާއެކު ބުރުން ވަނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ފަހަތަށް ޖައްސާލުމަށް ފަހު ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފަ އެވެ. މިހާތަނަަށް ލީގުގައި ކުޅެފައިވާ 11 މެޗުން ބުރަށް ލިބެނީ 20 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ނިއު ރޭޑިއަންޓް އަށް ވެސް 20 ޕޮއިންޓު ލިބޭއިރު، އެ ޓީމު މިހާރު އޮތީ ހަތަރު ވަނައިގަ އެވެ. 

ދިރާގު ދިވެހި ޕްރިމިއާ ލީގުބުރު ސްޕޯޓްސް ކްލަބްކުލަބު އީގަލްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

20 ޑިސެމްބަރު 2025
ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

20 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު