Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ީއީރާން

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

ޓްރަމްޕް އިންޒާރު ދެއްވީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލު ކުރައްވައި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނުވަތަ މިސައިލް ގާބިލުކަން އަލުން ބިނާކުރާނަމަ އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލް މަރުކަޒުތަކަށް ވަގުތުން ހަމަލާދީ އެ ގައުމު ފުނޑުފުނޑުކޮށްލާނެ ކަމަށް ވިދާޅުވެ. އިރާނުގެ ރައީސް ޕެޒެޝްކިއަން ވިދާޅުވީ އެ ގައުމަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 01:42
އީރާނުގެ މިސައިލެއް އޭޕްރީލް 25، 2010 ގައި ދެކުނު އީރާނުގެ ސަރަހައްދަކުން ފޮނުވާލަނީ

އީރާނުގެ މިސައިލެއް އޭޕްރީލް 25، 2010 ގައި ދެކުނު އީރާނުގެ ސަރަހައްދަކުން ފޮނުވާލަނީ

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނަށް އިތުރު އަސްކަރީ ހަމަލާތަކެއް ދީފާނެ ކަމަށް ވިދާޅުވެ ދެއްވި އިންޒާރާ ގުޅިގެން، ކޮންމެ އުދުވާނީ އަމަލަކަށް ވެސް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިރާނުން ވަނީ ވައުދުވެފައެވެ.

ޓްރަމްޕް މި އިންޒާރު ދެއްވީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނުވަތަ މިސައިލް ގާބިލުކަން އަލުން ބިނާކުރުމަށް ތެހެރާނުން މަސައްކަތް ކުރާނަމަ އެކަމަށް ދޭ ރައްދެއްގެ ގޮތުގަ އެވެ.

އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މި އިންޒާރު ދެއްވީ އަންގާރަ ދުވަހު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ޓްރަމްޕް ގެ އިންޒާރު އައީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ރިސޯޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ޓްރަމްޕް ބޭއްވި ބައްދަލުވުމަށް ފަހުގައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އަނެއްކާ ވެސް އިޒްރޭލުގެ ސިޔާސަތުތަކަށް ފުރިހަމަ އަށް ތާއީދުކުރައްވައި ވާހަކަދައްކަވާފަ އެވެ.

މީގެ ކުރިން އެމެރިކާ އިން އިރާނުގެ މިސައިލް ގާބިލުކަމަށް އަމާޒުކޮށް ހަމަލާދޭނެ ކަމަކަށް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އީރާނުގެ މިސައިލް ޕްރޮގްރާމް ނައްތާލުމަކީ  އިޒްރޭލުން އަބަދުވެސް އުއްމީދުކުރަމުން އައި ކަމެކެވެ.

އެމެރިކާ އިން މީގެ ކުރިން ބޮޑަށް އިސްކަންދީފައި ވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށެވެ. އަނެއްކޮޅުން އިރާނުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ތަރައްގީ ކުރާ ޕްރޮގްރާމެއް ކަމަށެވެ. އެއާ އެކު ވެސް މިދިޔަ ޖޫން މަހު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ކުރިން، ނިއުކްލިއާ ހަތިޔާރު އުފައްދާކަމުގެ އެއްވެސް ހެއްކެއް އެމެރިކާގެ އިންޓެލިޖެންސަށް ނުވަތަ އދ. ގެ ނިއުކްލިއާ އެޖެންސީ އަށް ފެނިފަ އެއް ނުވެ އެވެ.

އިރާނުން ވަނީ އެ ގައުމުގެ މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް މަޝްވަރާ އެއް ނުކުރާނެ ކަމަށް ކަނޑައަޅާފައެވެ.

ދެ ގައުމުގެ ވެރިންގެ މި ވާހަކަތަކާ ގުޅިގެން މިދިޔަ ޖޫން މަހު، 12 ދުވަހަށް ދެމިގެންދިޔަ ނުރައްކާތެރި ހަނގުރާމައިގައި އިރާނުގެ 1,100 އަށްވުރެ ގިނަ މީހުން މަރުވެ، އިސްރާއީލުން 28 މީހުން މަރުވިތާ އަދިި މާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ނުދަނީސް އަނެއްކާ ވެސް އީރާނަށް ހަމަލާތަކެއް ދީފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ޕެޒެޝްކިއަން ވިދާޅުވީ އިރާނަށް ދޭ ކޮންމެ ހަމަލާއަކަށް ދޭ ރައްދުވާނީ "ވަރުގަދަ އަދި އެކަމާ ހިތާމަކުރަން ޖެހޭނެ" ފަދަ ރައްދަކަށް ކަމަށެވެ. އޭނާގެ މި ބަހުގެ ހަމަލާ އައީ، ވޮޝިންޓަނުން އިރާނަށް ބޮޑު ހަމަލާއެއް ދީފާނެ ކަމަށް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

"އިރާނުން އަލުން ބާރުވެރިވާން މަސައްކަތްކުރާ ކަމުގެ އަޑުތައް މިހާރު އިވޭ. އެކަން އެގޮތަށް ކުރާނަމަ، އަހަރެމެން ޖެހޭނީ އެމީހުން ބަލިކޮށްލަން،" ނަތަންޔާހޫ އާ އެކު ހުންނަވައި ޓްރަމްޕް ވިދާޅުވިއެވެ. އީރާން "ފުނޑުފުނޑުކޮށްލާނަން." ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، އިރާނުން ދުރު ރާސްތާގެ ހަތިޔާރު އުފައްދާނަމަ، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށާއި މިސައިލް މަރުކަޒުތަކަށް "ވަގުތުން" ހަމަލާދިނުމަށް ތާއީދުކުރައްވާނެ ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާމަސްޢޫދު ޕެޒެޝްކިއަންބެންޖަމިން ނަތަންޔާހޫއީރާން-އިޒްރޭލްއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާނުގެ މިސައިލް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި

އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި

30 ޑިސެމްބަރު 2025
ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު