Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން މިހާތަނަށް އިޒްރޭލު ސިފައިން ވަނީ ޣައްޒާ އިން މަދުވެގެން 425 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފަ.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 05:47
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނުގެ ތުއްތު ކުއްޖަކަށް ފަރުވާ ދޭން ޚާން ޔޫނިސްގައި ހުންނަ ހޮސްޕިޓަލަކަށް ގެންދަނީ - އޮކްޓޯބަރު 17، 2023

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނުގެ ތުއްތު ކުއްޖަކަށް ފަރުވާ ދޭން ޚާން ޔޫނިސްގައި ހުންނަ ހޮސްޕިޓަލަކަށް ގެންދަނީ - އޮކްޓޯބަރު 17، 2023 | ގެޓީ އިމޭޖަސް

ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއިން ބުނާގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، ބުރާސްފަތި ދުވަހު އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި އެވެ.

އެ އިދާރާގެ ތަރުޖަމާނު މަޙްމޫދު ބައްސާލް އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޣައްޒާގެ ދެކުނުގައި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ފޭލިގެއަކަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ތިން ކުޑަކުދިން ހިމެނޭހެން ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

ޣައްޒާގެ އުތުރުގައިވާ ޖަބާލިއާ ރެފިއުޖީ ކޭމްޕް ކައިރިން 11 އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލާފައިވާ އިރު، ސްކޫލަކަށް ދިން ހަމަލާއެއްގައި ވެސް މީހަކު ވަނީ ޝަހީދުވެފަ އެވެ. މީގެ އިތުރުން ދެކުނުގެ ޚާން ޔޫނިސް ކައިރިން ޑްރޯން ހަމަލާއެއްގައި އިތުރު ފިރިހެނަކު ޝަހީދުވި ކަމަށް އެ އިދާރާއިން ބުންޏެވެ.

އެހެން ހަމަލާތަކެއްގައި ކުޑަކުއްޖަކާ އެކު އިތުރު ދެ މީހަކު ޝަހީދުވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ރިޕޯޓްކޮށްފައިވެ އެވެ. މިކަމާ ގުޅޭގޮތުން އޭއެފްޕީ އިން ސުވާލުކުރުމުން އިޒްރޭލު ސިފައިން ބުނީ އެ ރިޕޯޓްތައް ބަލަމުންދާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭގަނޑު، ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދެއްގައި ހުރި ގެއަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އިތުރު ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް ބައްސާލް ވިދާޅުވި އެވެ. އަދި ގެއްލިފައިވާ ބައެއް މީހުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް މިއަދު ހެނދުނުން ފެށިގެން އިސްރާއީލުން ގައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައި،" ބައްސާލް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ކުރީކޮޅު އިޒްރޭލު ސިފައިން ބުނެފައިވަނީ ޣައްޒާ ސިޓީގެ ސަރަހައްދަކުން އިޒްރޭލާ ދިމާލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ އެއް ޣައްޒާގެ އެތެރެ އަށް ވެއްޓިފައިވާ ކަމަށެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއް ފަހުން އެ ހަމަލާ ފޮނުވާލި ތަނަށް "ހަމަލާ އެއް" ދީފައިވާނެ ކަމަށް ވެސް ބަޔާނެއްގައި ބުނެފައިވެ އެވެ.

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ މެދުވެރިވުމާއެކު ޣައްޒާގައި އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސަބަބުން ހަނގުރާމަ ބޮޑުތަނުން މަޑުޖެހިފައިވީ ނަމަވެސް، ދެފަރާތުން ވެސް ގެންދަނީ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ހަމާސްގެ ތަރުޖަމާނު ޙާޒިމް ޤާސިމް އޭއެފްޕީ އަށް ވިދާޅުވީ، ބުރާސްފަތި ދުވަހު ޣައްޒާ އަށް ދިން ހަމަލާތަކަކީ އިޒްރޭލުން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވައުދާ ޚިލާފުވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން މިހާތަނަށް އިޒްރޭލު ސިފައިން ވަނީ ޣައްޒާ އިން މަދުވެގެން 425 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފަ އެވެ.

ނޮވެމްބަރު 22 ވަނަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 21 މީހުން ޝަހީދުވެފައިވާއިރު، މިއީ ހަނގުރާމަ ހުއްޓާލި ފަހުން ޣައްޒާ އަށް އެންމެ ގިނަ މީހުން ޝަހީދުވި އެއް ދުވަހެވެ.

އިޒްރޭލު ސިފައިން ބުނާ ގޮތުގައި، ހަމަ މި މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ ހަނގުރާމަވެރިން ވަނީ އިޒްރޭލުގެ ތިން ސިފައިން މަރާލާފަ އެވެ.

އިޒްރޭލް-ފަލަސްޠީންހަމާސްޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 އިޒްރޭލުން ހިސޯރު ކޮށްފައިވާ ހުޅަނގު އައްސޭރީ ގައި އިލެކްޓްރޯނިކް ޓެގް ބޭނުން ކުރަން ނިންމައިފި

އިޒްރޭލުން ހިސޯރު ކޮށްފައިވާ ހުޅަނގު އައްސޭރީ ގައި އިލެކްޓްރޯނިކް ޓެގް ބޭނުން ކުރަން ނިންމައިފި

06 ޖެނުއަރީ 2026
އިޒްރޭލުން ލުބުނާނަށް ބޮން އަޅައިފި

އިޒްރޭލުން ލުބުނާނަށް ބޮން އަޅައިފި

05 ޖެނުއަރީ 2026
އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

04 ޖެނުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 ގެ ތަޅާލަން ފަށައިފި

އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 ގެ ތަޅާލަން ފަށައިފި

01 ޖެނުއަރީ 2026
ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު