Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާާން-އެމެރިކާ

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވީ އީރާން އިން އަލުން ނިއުކްލިއާ ބާރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑު އިވޭ ކަމަށާއި، އެހެން އެކަން ވާ ނަމަ އެއީ ހުއްޓުވަން ޖެގޭ ކަމެއް ކަމަށް. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާން އިން އެކަން ކުރާ ނަމަ އެ ޤައުމާ ދެކޮޅަށް ހަމަލާ ދޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 07:37
އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ

އީރާން އިން ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީކޮށް ކުރިއަށް ގެންދާ ނަމަ، އެ ޤައުމަށް ހަމަލާ ދިނުމަށް ތާއީދު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ފްލޮރިޑާގައި އޮންނަ އޭނާގެ ލަގްޒަރީ ރިސޯޓު، މާ އަ ލާގޯގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ އީރާން އިން އަލުން ނިއުކްލިއާ ބާރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑު އިވޭ ކަމަށާއި، އެހެން އެކަން ވާ ނަމަ އެއީ ހުއްޓުވަން ޖެގޭ ކަމެއް ކަމަށެވެ. 

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާން އިން އެކަން ކުރާ ނަމަ އެ ޤައުމާ ދެކޮޅަށް ހަމަލާ ދޭނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އީރާން އާއެކު އެއްބަސްވުމަކަށް ދިޔުމަށް އޭނާ ވެސް ހުންނެވީ ތައްޔާރަށް ކަމަށާއި، އެންމެ ބުއްދިވެރި ގޮތަކީ ވެސް އެއީ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، ނަތަންޔާހޫ ވެސް ބޭނުން ވަނީ އަލުން އީރާން އަށް ހަމަލާ ދޭން ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. 

މީގެ ކުރިން ވެސް އިސްރާއީލް އިން އިސްވެ ވަނީ އީރާން އަށް ހަމަލާ ދީފަ އެވެ. އެކަމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި ހަމަލާ ބަދަލު ކުރުން ތަކެއް ފެށި، އެންމެ ފަހުން އެމެރިކާ އިން ވެސް ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒު ތަަކަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. އެއާ އެކު، ޤަތަރުގައި ހުންނަ އެމެރިކާގެ ބޭސް އަކަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފައިވެ އެވެ. އޭގެ ފަހުން ހަމަލާ ބަދަލު ކުރުން ހުއްޓާލަން ވަނީ އެއްބަސްވެފަ އެވެ. 

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި، ނަތަންޔާހޫ ވަނީ އަލުން އީރާން އަށް ހަމަލާ ދިނުމަށް ޓްރަމްޕް އަށް ބާރު އަޅުއްވައިފަ އެވެ. އެކަމުގެ ޔަގީންކަމާއި، އިތުބާރު ޓްރަމްޕްގެ ފަރާތުން ހޯއްދަވަން ނަތަންޔާހޫ ބޭނުންފުޅުވާ ކަމަށާއި، ޓްރަމްޕްއާ ބައްދަލު ކުރެއްވުމުގެ މައިގަނޑު މަޤުސަދަކީ އެއީ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރަމްޕް އާއި ނަތަންޔާހޫގެ ބައްދަލުވުމުގައި ވަނީ ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެކުލަވާލެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގެ ކަންކަން ކުރިއަށް ގެންދިޔުމަށް ނަތަންޔާހޫ ލަސް ކުރާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. ނަމަވެސް، ޓްރަމްޕް ވަނީ ނަތަންޔާހޫގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. 

ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދެ ވަނަ ފިޔަވަހީގެ ކަންކަން ކުރިއަށް ގެންދިޔުން ވީ އެންމެ އަވަސް ކުރަން ޖެހޭ ކަމަށެވެ. އެކަމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށާއި، ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓަން ޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ނަތަންޔާހޫ އަށް ވަރަށް ބޮަޑަށް ތައުރީފު ކުރައްވައި ޓްރަމްޕް ވިދާޅުވީ، ނަތަންޔާހޫ ކަހަލަ ރަނގަޅު ބޮޑު ވަޒީރެއް ނެތް ނަމަ، އިސްރާއީލް ނެތި ދާނެ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އަބަދު ވެސް ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ލީޑަރުންނެވެ. ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގެ ތެރޭގައި އޭނާ އެންމެ ގިނައިން ބައްދަލު ކުރެއްވި ލީޑަރަކީ ވެސް ނަތަންޔާހޫ އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތާއި، ދައުވާ ތަކަށް މައާފު ލިބެން ޖެހޭ ކަމަށެވެ. އެގޮތުން ނަތަންޔާހޫ އަށް މައާފު ދެއްވުމަށް، އިސްރާއީލްގެ ރައީސްގެ އަރިހުން ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމާ މެދު ވިސްނަވާ ކަމަށް އިސްރާއީލްގެ ރައީސް ވިދާޅުވެފައިވާ ކަމަށް ޓްރަމްޕް ހާމަ ކުރެއްވި އެވެ. ނަމަވެސް، އިސްރާއީލްގެ ރައީސްގެ އޮފިހުނ ބުނެފައި ވަނީ، އެކަމާ ގުޅޭ ގޮތުން ޓްރަމްޕް އާއި އެ ޤައުމުގެ ރައީސް ވާހަކަ ދައްކަވާފައި ނުވާ ކަމަށެވެ. 

މަސްދަރު: ަ

ރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫއީރާން-އިޒްރޭލްއީރާން ނިއުކްލިއަރ ޕްރޮގްރާމްޣައްޒާ ހަނގުރާމައީރާން-އެމެރިކާ ގެ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025
ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

29 ޑިސެމްބަރު 2025
އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުމަކީ ސަރަހައްދަށް އޮތް ބޮޑު ބިރެއް: ސޯމާލިއާގެ ރައީސް

އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުމަކީ ސަރަހައްދަށް އޮތް ބޮޑު ބިރެއް: ސޯމާލިއާގެ ރައީސް

28 ޑިސެމްބަރު 2025
ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

28 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު