Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ަސްޕެނިޝް ސުޕަ ކަޕް

ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"

ރެއާލްއާ ގުޅޭ ގޮތުން ފްލިކް ބުނީ، އެ ޓީމަކީ ވަރަށް ވަރުގަދަ އަދި މޮޅު ޓީމެއް ކަމަށް. ރެއާލް އަކީ ވަރަށް ހުނަރުވެރި އަދި ފެންވަރު ރަނގަޅު ކުޅުންތެރިންގެ މައްޗަށް އެކުލެވިގެން އޮތް ޓީމެއް ކަމަށް ވެސް ފްލިކް ބުނި. އެކަމަކު ވެސް، އޭނާގެ ފޯކަސް އޮތީ ބާސެލޯނާ އަށްކަން ފާހަގަކޮށް ފްލިކް ބުނީ، ބޭނުން ވަނީ ތަށި ކާމިޔާބު ކުރަން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 04:24
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް | ރޮއިޓަސް

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނައިރު، ބާސެލޯނާގެ ކުޅުންތެރިންނާ މެދު ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އޮންނަ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާ އިން ނިކުންނަނީ އަނެއްކާ ވެސް އެލް ކްލެސިކޯ އަކަށް ކަމަށެވެ. އެ މެޗުގައި ވެސް ބާސެލޯނާގެ ފަރާތުން ފެންނަން ބޭނުން ވަނީ، ސެމީ ފައިނަލްގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ދެއްކި ކަހަލަ ކުޅުމެއް ކަމަށް ފްލިކް ބުންޏެވެ.

އެގޮތުން އެ މެޗުގައި ވެސް ބާސެލޯނާ އިން ކުޅުނީ އެއް ޓީމެއްގެ ގޮތުގައި، ހުރިހާ ކުޅުންތެރިން ވަރަށް ބޮޑަށް އެކުވެގެން ކަމަށް ފްލިކް ބުންޏެވެ. ފައިނަލްގައި ވެސް އެކަން ފެންނަން ބޭނުންވާކަން ފާހަގަކޮށް ފްލިކް ބުނީ، ދަނޑު މަތީގައި ކުޅުންތެރިން އެ މީހުންގެ އެންމެ މޮޅު ކުޅުން ދައްކަން ބޭނުންވާ ކަމަށެވެ. މެޗަކަށް ނިކުންނައިރު، އޭނާ އަށް އެންމެ މުހިންމީ އެ ކަންތައް ކަމަށް ވެސް ފްލިކް ބުންޏެވެ.

މީގެ އިތުރުން ފްލިކް ބުނީ ފައިނަލް މެޗު ވާނީ ފައިނަލް މެޗަކަށް ކަމަށެވެ. އެހެން ނަމަވެސް، ރެއާލްއާ ދެކޮޅަށް ކުޅޭ މެޗެއް ނަމަ ތަފާތު ވާނެ ކަމަށް ފްލިކް ފާހަގަ ކުރި އެވެ. އެގޮތުން މެޗުގެ ކުރިން ފޭވަރިޓުންނަކީ ވަކި ޓީމެކޭ ބުނެ، އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. އެގޮތުން ބާސެލޯނާ އިން ބޭނުން ވަނީ ރަނގަޅު ބޯޅައެއް ކުޅެ، ރަނގަޅު ކުޅުމެއް ދައްކަން ކަމަށް ފްލިކް ބުނެފައިވެ އެވެ. ބާސެލޯނާގެ މުޅި ފޯކަސް އޮތީ ފައިނަލް މެޗަށްކަން ފާހަގަކޮށް ފްލިކް ބުނީ، އެ ޓީމުގެ ކުޅުންތެރިންނަށް އޭނާ ގެ ފުރިހަމަ އިތުބާރު އޮންނަ ކަމަށެވެ.

ކުރިއަށް އޮތް ފައިނަލް މެޗަކީ އެންމެ މެޗެއް ކަމަށާއި، ކޮންމެ ގޮތަކަށް ނަތީޖާ ނިކުތް ނަމަވެސް އަލުން އެނބުރި ސްޕެނިޝް ލީގަށް ފޯކަސް ކުރަން ޖެހޭ ކަމަށް ފްލިކް ބުންޏެވެ. ސުޕަ ކަޕްގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، އެކަމަަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ބާސެލޯނާ އިން ކޮންމެ ގޮތެއް ވިޔަސް މޮޅުވާން ބޭނުންވާ ކަމަށާއި، އަމާޒަކީ ސުޕަ ކަޕްގެ ތަށި ދިފާއު ކުރުން ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. 

ރެއާލްއާ ގުޅޭ ގޮތުން ފްލިކް ބުނީ، އެ ޓީމަކީ ވަރަށް ވަރުގަދަ އަދި މޮޅު ޓީމެއް ކަމަށެވެ. ރެއާލް އަކީ ވަރަށް ހުނަރުވެރި އަދި ފެންވަރު ރަނގަޅު ކުޅުންތެރިންގެ މައްޗަށް އެކުލެވިގެން އޮތް ޓީމެއް ކަމަށް ވެސް ފްލިކް ބުންޏެވެ. އެކަމަކު ވެސް، އޭނާގެ ފޯކަސް އޮތީ ބާސެލޯނާ އަށްކަން ފާހަގަކޮށް ފްލިކް ބުނީ، ބޭނުން ވަނީ ތަށި ކާމިޔާބު ކުރަން ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު ރެއާލްއާ ދެކޮޅަށް ނިކުންނައިރު، އެންމެ ފަހުން ވެސް ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބު ކުރީ ފައިނަލްގައި ރެއާލް ބަލި ކޮށްގެންނެވެ.

ސްޕެނިޝް ސުޕަ ކަޕްބާސެލޯނާހަންސީ ފްލިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް

ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް

08 ޖެނުއަރީ 2026
ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

04 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

29 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު