Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ވަރަށް ގިނަ ކަންކަން ގޯސްކޮށް ކުރެވުނު ނަމަވެސް، ދެ ވަނަ ހާފުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ފްލިކް ޤަބޫލު ކުރެ އެވެ. އޭނާ ބުނީ، ފަހަތުން އަރައި ބާސެލޯނާ އިން މެޗުން މޮޅުވެފައިވާއިރު، ކަމްބެކާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 01:29
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްޕެއިންގެ ބާސެލޯނާ އިން ހަމަޖެހުމެއް ހޯދައިފި އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފްރޭންކްފާޓް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ފްރޭންކްފާޓް އަށް ލީޑު ނަގައިދިނީ އަންސްގާ ނައުފް އެވެ. އެ ލަނޑު އޭނާ ޖެހީ އެ ޓީމުގެ ނަތަނިއަލް ބްރައުން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.

ފަހަތުން އަރައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، އެ ދެ ލަނޑު ވެސް އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޫލްސް ކޫންޑޭ އެވެ. އެއީ މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޫންޑޭ ޖެހި ލަނޑެކެވެ.

އޭގެ ތިން މިނެޓު ފަހުން ކޫންޑޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ބާސެލޯނާ އަށް މެޗުގެ ލީޑު ހޯދައިދީފަ އެވެ. އެ ލަނޑު ޖަހަން ކޫންޑޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލަމީން ޔަމާލް އެވެ. މެޗުގައި ބާސެލޯނާގެ ދެ ލަނޑު ވެސް ޖެހީ ކޫންޑޭ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ.

މެޗުން މޮޅުވެ ބާސެލޯނާ އޮތީ ލީގު ތާވަލްގެ 14 ވަނައިގަ އެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅެފައިވާ ހަ މެޗުން ބާސެލޯނާ އަށް ލިބެނީ 10 ޕޮއިންޓެވެ. ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ ފްރޭންކްފާޓް އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި، އެ ޓީމަކީ ވެސް ނުރައްކާތެރި ޓީމެއް ކަމަށެވެ. ޚާއްސަކޮށް އެ ޓީމުން ޑިފެންސްގައި ވަރުގަދަ ކުޅުމެއް ދެއްކިކަން ފާހަގަކޮށް ފްލިކް ބުނީ، އެ ޓީމުން ބާސެލޯނާ އަށް ވަރަށް ގިނަ އުނދަގޫތައް ކުރިމަތި ކުރުވި ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ވަރަށް ގިނަ ކަންކަން ގޯސްކޮށް ކުރެވުނު ނަމަވެސް، ދެ ވަނަ ހާފުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ފްލިކް ޤަބޫލު ކުރެ އެވެ. އޭނާ ބުނީ، ފަހަތުން އަރައި ބާސެލޯނާ އިން މެޗުން މޮޅުވެފައިވާއިރު، ކަމްބެކާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިން އެއްވެސް ވަރަކަށް ހިތްވަރު އެލުވާ ނުލައި، ކުރިއަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު