Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

މޮޅާ އެކު ބާސެލޯނާ އިން ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފައި. މިހާތަނަށް ކުޅެފައިވާ 18 މެޗުން ބާސެލޯނާ އަށް ލިބެނީ 46 ޕޮއިންޓް. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 42 ޕޮއިންޓް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 05:12
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ވިޔަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ރަފީނިއާ އެވެ. އެއީ ވިޔަރެއާލްގެ އޭރިޔާ ތެރެއިން އޭނާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރަފީނިއާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ރަފީނިއާ އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ.

މެޗުގެ ފުރަތަމަ ހާާފުގައި ބާސެލޯނާ އަށް ވަނީ އިތުރު ލަނޑު ޖަހަން ވެސް ފުރުސަތު ލިބިފަ އެވެ. އެގޮތުން ބާސެލޯނާގެ ލަމީން ޔަމާލް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ. މެޗުގައި ބާސެލޯނާ އިން ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކުރީ 63 ވަނަ މިނެޓުގަ އެވެ. ފްރެންކީ ޑި ޔޯން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް އެ ލަނޑު ޖަހައިދިނީ ޔަމާލް އެވެ.

މޮޅާ އެކު ބާސެލޯނާ އިން ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 18 މެޗުން ބާސެލޯނާ އަށް ލިބެނީ 46 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 42 ޕޮއިންޓެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ އެ ޓީމުގެ ގޯލު ކީޕަރު ޖޯން ގާސިއާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން އެ މެޗުގައި ގާސިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުކަން ފާހަގަކޮށް ފްލިކް ބުނީ، ގާސިއާ ވަނީ އެތައް ފަަހަރެއްގައި ބާސެލޯނާ ސަލާމަތް ކޮށްދީފައި ކަމަށެވެ. އެކަން ފާހަގަކޮށް ފްލިކް ބުނީ ގާސިއާ އަކީ ބާސެލޯނާގައި މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. 

މީގެ އިތުރުން ފްލިކް ބުނީ އެ މެޗުގައި ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ކޮންމެ ވެސް ވަރަކަށް ވަރިބަލިކަން ފެނިފައިވާ ކަމަށެވެ. އެގޮތުން ބާސެލޯނާ އަށް ލަނޑު ޖަހަން ވެސް އިތުރު ފުރުސަތު ތަކެއް ލިބުނު ކަމަށާއި، ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުކުރެވި ދިޔައީ ކަމަށް ފްލިކް ބުންޏެވެ. މިއަހަރުގެ ތެރޭގައި ބާސެލޯނާ އިން ވަރަށް ގިނަ ކަންކަން ހާސިލު ކޮށްފައިވާ ކަމަށާއި، ވަރަށް ގިނަ ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ބާސެލޯނާ އިން ދައްކަމުން އަންނަ ކުޅުމާ ގުޅޭ ގޮތުން ފްލިކް ބުނީ، އެންމެ މުހިންމީ ފަރިތަކުރުން ތަކުގައި ކުޅުންތެރިން ކުރާ މަސައްކަތް ކަމަށެވެ. އޭނާ ބުނީ ފަރިތަކުރުން ތަކުގައި ކޮންމެ ކުޅުންތެރިޔަކު ވެސް އަންނަނީ 100 އިންސައްތަ ދައްކަމުން ކަމަށާއި، އެއީ އޭނާ އަށް އޮންނަ ހިތްހަމަ ޖެހުމެއް ކަމަށެވެ. އޭނާ ބުނީ ފަރިތަކުރުން ތަކުގައި ކުރާ މަސައްކަތުގެ ނަތީޖާ މެޗު ތަކުގައި ފެންނަ ކަަމަށެވެ.

ފްލިކް ބުނީ އެއް ވަނައިގައި ލީޑު ފުޅާ ކުރެވުމުން އޭނާ ހުރީ ހިތްހަމަ ޖެހިފައި ކަމަށެވެ. އެހެން ނަމަވެސް، ބްރޭކަށް ފަހު އެނބުރި އައިސް އިތުރު ހިތްވަރެއް ކުރަން ޖެހޭ ކަމަށާއި، ބާސެލޯނާ އިން ޙާސިލު ކުރަން ބޭނުންވާ ކަންކަން ވަރަށް ގިނަ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އަލުން އެނބުރި އައިސް، އަނެއްކާ ވެސް ކޮންމެ މެޗަކަށް ތައްޔާރު ވާނީ އެންމެ ފުރިހަމަ އަށް ކަމަށް ފްލިކް ބުންޏެވެ.

ސްޕެނިޝް ލީގުބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

21 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު